ހަނިމާދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރު ހިނގާނެ: ޢަބްދުލްޣަފޫރު
ހދ. ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހިނގާނެ ހދ. ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ނަވާވީސްވަނަ ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން މެމްބަރު ޢަބްދުލްޣަފޫރު ވިދާޅުވީ ހދ. ހަނިމާދޫ ދާއިރާގައި ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހިނގާނެކަމަށާއި އަދި ހަނިމާދޫގެ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގަ...