Skip to main content
Editorial Archives

Explore News Archive

ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް އަނިޔާވެއްޖެ
Raajje

ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް އަނިޔާވެއްޖެ

ކ. ތުލުސްދޫ ކައިރިން މިރޭ ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ. މި ހާދިސާގައި އަނިޔާވި މީހުންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ދަނީ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ފުލުހުން ބުނި ގޮތުގައި ތުލުސްދޫ ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 19:19 ހާއިރުއެވެ. މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ މެރިން ޕޮލިސް ޑިޕާޓްމަންޓުން ދަނީ އެ ސަރަހައްދުގައި ވަގުތުން […]

'ޑިކްޓޭޓަރު' މައްސަލަ ހޫނުވެ ރެއާލުން ޗައިނާގެ ކިބައިން މާފަށް އެދިއްޖެ
Sports

'ޑިކްޓޭޓަރު' މައްސަލަ ހޫނުވެ ރެއާލުން ޗައިނާގެ ކިބައިން މާފަށް އެދިއްޖެ

ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ، ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގަކީ “ޑިކްޓޭޓަރެއް” ކަމަށް ބުނުމާ ގުޅިގެން އުފެދުނު ބޮޑު ނުރުހުމާ ހެދި، އެ ކްލަބުން ޗައިނާގެ ރައްޔިތުންގެ ކިބައިން ބުދަ ދުވަހު ރަސްމީކޮށް މާފަށް އެދިއްޖެ އެވެ. އެމްބާޕޭގެ މި ވާހަކަތަކާ ގުޅިގެން، ވިޔަފާރީގެ ގޮތުން ބޮޑު ފައިދާއެއް ލިބޭ ޗައިނާގެ މާކެޓުގައި ރެއާލްގެ ޓީވީ ޑީލްތަކަށާއި އެމްބާޕޭގެ ސްޕޮންސަރުންނަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފަ އެވެ. ރެއާލް މެޑްރިޑުން ނެރުނު […]

އިންތިހާބަށް ފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަން އެމެރިކާއިން ގަލްފް ގައުމުތަކަށް އަންގައިފި
International

އިންތިހާބަށް ފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަން އެމެރިކާއިން ގަލްފް ގައުމުތަކަށް އަންގައިފި

އެމެރިކާގެ މިޑްޓާމް އިންތިހާބަށް ފަހު އީރާނާ ދެކޮޅަށް ކުރު ނަމަވެސް ވަރުގަދަ އަސްކަރީ ކެމްޕޭނެއް ހިންގަން ތައްޔާރުވަމުންދާ ކަމުގެ އިންޒާރު ޑިޕްލޮމެޓިކް އަދި އަސްކަރީ ވަސީލަތްތައް މެދުވެރިކޮށް އެމެރިކާއިން ގަލްފުގެ އަރަބި ގައުމުތަކަށް ދީފި ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓުކޮށްފިއެވެ. މި އޮޕަރޭޝަނާ ގުޅޭ ފަހުގެ ނިންމުން ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނުނިންމެވި ނަމަވެސް، އިންތިހާބަށް ފަހު ފުޅާ ދާއިރާއެއްގައި އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ބުރަވެވަޑައިގަންނަވާ ކަ...

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު 20 އަހަރުގެ ހިދުމަތަށްފަހު ރިޓަޔާކުރައްވަނީ
Raajje

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު 20 އަހަރުގެ ހިދުމަތަށްފަހު ރިޓަޔާކުރައްވަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި އެވެ. މިއަހަރު ނިމުމުން ފަނޑިޔާރުކަމުން ރިޓަޔާވުމަށް ފަނޑިޔާރު އަލީ ރަޝީދު ހުށަހެޅުއްވީ މިދިޔަ ހަފުތާގަ އެވެ. ނަމަވެސް އޭނާއަށް ރިޓަޔާމެންޓް ދިނުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަކިގޮތެއް އަދި ނިންމާފައެއް ނުވެ އެވެ. ފަނޑިޔާރުކަމުން އަލީ ރަޝީދު ރިޓަޔަކުރައްވަން ނިންމެވި ސަބަބެއް ވެސް ސާފެއް ނުވެ އެވެ. ފަނޑިޔާރު އަލީ ރަޝީދަކީ 2007 ވަނަ އަހަރުން ފެށިގެން އެކި ކޯޓުތަކުގައި ފަނޑިޔާރުކަން […]

ޒަކާތުގެ ނިޒާމު ޒަމާނީކޮށް ފުދުންތެރިކަން އިތުރުކުރަން ތިން އަހަރުގެ މަގުޗާޓެއް އިފްތިތާހުކޮށްފި
Raajje

ޒަކާތުގެ ނިޒާމު ޒަމާނީކޮށް ފުދުންތެރިކަން އިތުރުކުރަން ތިން އަހަރުގެ މަގުޗާޓެއް އިފްތިތާހުކޮށްފި

ދިވެހިރާއްޖޭގެ ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ޒަކާތުގެ ނިޒާމު ޒަމާނީކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ފުރަތަމަ އިސްތިރާޖީ ޕްލޭން އިފްތިތާޙުކޮށްފިއެވެ. މި ޕްލޭނަކީ 2026 އިން 2028 އަށް އެކުލަވާލާފައިވާ ތިން އަހަރު ދުވަހުގެ މަގުޗާޓެކެވެ. މި އިސްތިރާޖީ ޕްލޭން ރަސްމީކޮށް ތަޢާރަފުކޮށްދެއްވީ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، މި މަގުޗާޓަކީ ޒަކާތް ބަ...

ކޮރަޕްޝަންގެ ތުހުމަތާއެކު ފުރުން މަނާކޮށްފައި ވަނިކޮށް ފްލާވިއޯ ބްރެޒިލުން ފިލައިފި
International

ކޮރަޕްޝަންގެ ތުހުމަތާއެކު ފުރުން މަނާކޮށްފައި ވަނިކޮށް ފްލާވިއޯ ބްރެޒިލުން ފިލައިފި

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ކަނާތުފިޔައިގެ ސިޔާސީ ލީޑަރު، އަދި ކުރީގެ ރައީސް ޖާއިރް ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ބޮލްސޮނާރޯ، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތުތަކާ ގުޅިގެން ފުރުން މަނާކޮށްފައި ވަނިކޮށް އެ ގައުމުން ފިލައިގެން ހިނގައްޖެއެވެ. އޭނާ ގައުމުން ފިލާފައިވަނީ އަނބިކަނބަލުންނާއި ދެ ދަރިންނާއެކު އެއްގަމު މަގުން އާޖެންޓީނާއަށް އެތެރެވުމަށްފަހު، ޕްރައިވެޓް ޖެޓެއްގައި އެކުއަޑޯ މަގުން އެމެރިކާއަށް ދިއުމަށެވެ. އާޖެންޓީނާގެ މައިގްރޭޝަން އޮތޯރިޓީން ބުނީ ފްލާވިއޯ އާއި އޭނާގ...

ޗައިނާ-މޯލްޑިވްސް އެފްޓީއޭގެ ދަށުން 124 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފި
Raajje

ޗައިނާ-މޯލްޑިވްސް އެފްޓީއޭގެ ދަށުން 124 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފި

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ޢަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން މިހާތަނަށް 124 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 އާ ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ އޮތީ ޒިންމާދާރު ވުނަކުރުންތަކަށް މަރުޙަބާ ކިޔަން ތައްޔާރ...

އަސާސީ ކާބޯތަކެއްޗާއި މަސް އެކްސްޕޯޓްކުރުން ހިމެނޭހެން، ރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއް
Raajje

އަސާސީ ކާބޯތަކެއްޗާއި މަސް އެކްސްޕޯޓްކުރުން ހިމެނޭހެން، ރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއް

ދިވެހިރާއްޖެއަށް އަސާސީ ކާބޯތަކެތި އެތެރެކުރުމާއި، ވިޔަފާރީގެ އިތުރު ދާއިރާތައް ހިމެނޭހެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއް ބަދަލުކޮށްފިއެވެ. މީގެތެރޭގައި ސަރުކާރުގެ ވުޒާރާއަކާއި ކުންފުނިތަކުގެ އިތުރުން، އަމިއްލަ ވިޔަފާރި ކުންފުންޏަކާއެކު ވެވުނު އެއްބަސްވުންތައްވެސް ހިމެނެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށް ބަދަލުކޮށްފައިވަނީ މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ހަވާސާގެ ތެރެއިން ކުރިއަށް ގެންދިޔަ “ޗައިނާ މޯލްޑިވްސް އިންވެސްޓުމަންޓް ކޯޕަރޭޝަން ފޯރަމް” ގައެވެ. މި ރަސްމިއ...

ފުއްގިރީގެ މައްސަލާގައި ޔާމީނަށް ހުކުމްކުރަން ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި
Politics

ފުއްގިރީގެ މައްސަލާގައި ޔާމީނަށް ހުކުމްކުރަން ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ނެންގެވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާއަށް ތާވަލްކުރުމަށްފަހު އެ މަޖިލިސް ކެންސަލްކޮށްފި އެވެ. ޔާމީންގެ ވެރިކަމުގައި ފުއްގިރި ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި, އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިމަހުގެ ކުރީކޮޅު ނިންމާލުމަށްފަހު މާދަމާ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން އޮތީ ތާވަލްކޮށްފަ އެވެ. […]

ޑިންގީއަކާއި އިންޖީނެއް ވިއްކާނެ ކަމަށް ބުނެ ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފި
Raajje

ޑިންގީއަކާއި އިންޖީނެއް ވިއްކާނެ ކަމަށް ބުނެ ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފި

މުދާ ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ، ޢަލީ ޢައްފާން (32އ) އާއި، އެ ރަށު ޕްލާޒާ، މުޙައްމަދު ޙަމީދު (34އ) ގެ އިތުރުން ނ. ވެލިދޫ، ވީނަސް، ޙައްސާނު ޢަލީ (34އ) އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ […]

ހައްލުނުކުރެވޭ ގޮންޖެހުންތަކެއް ހުރިކަމަށް ވިދާޅުވެ، އެމްއެމްބީސީގެ ރައީސް ފަރުޝަތު އިސްތިއުފާ ދެއްވައިފި
Raajje

ހައްލުނުކުރެވޭ ގޮންޖެހުންތަކެއް ހުރިކަމަށް ވިދާޅުވެ، އެމްއެމްބީސީގެ ރައީސް ފަރުޝަތު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ މަސައްކަތްތައް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ހިންގުމަށް ހައްލުނުކުރެވޭ ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވެ، އެ ކޮމިޝަނުގެ ރައީސް މުހައްމަދު ފަރުޝަތު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އެމްއެމްބީސީގެ ރައީސްކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 27 އޮކްޓޯބަރު 2025 ގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފަރުޝަތު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ކޮމިޝަނުގެ ރައީސްކަމާއި މެން...

ބޮޑު ކާރިސާއަކަށް ތައްޔާރުވުމަށް 3 ދުވަހުގެ ކާބޯތަކެތި ރައްކާކުރަން ޖަޕާނުން ރައްޔިތުންނަށް އަންގައިފި
International

ބޮޑު ކާރިސާއަކަށް ތައްޔާރުވުމަށް 3 ދުވަހުގެ ކާބޯތަކެތި ރައްކާކުރަން ޖަޕާނުން ރައްޔިތުންނަށް އަންގައިފި

ގުދުރަތީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ކޮންމެ ގޭބިސީއަކުން ވެސް މަދުވެގެން ތިން ދުވަހަށް ފުދޭވަރަށް ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ރައްކާކޮށްގެން ތިބުމަށް ޖަޕާނުގެ ސަރުކާރުން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ. ކާރިސާއެއްގެ ވަގުތުގައި އަމިއްލައަށް ކަންކަން ހަމަޖައްސައިގެން އުޅެވޭނެ މިންވަރަށް ތަކެތި ހަމަކުރުމަށް އަންގާފައިވާއިރު، އެންމެ އެކަށީގެންވާ ލަނޑުދަނޑިއަކީ އެއް ހަފުތާގެ މުއްދަތަށް ބޭނުންވާ ސާމާނު ރައްކާކުރުން ކަމަށްވެސް ރަސްމީ އިރުޝާދުތަކުގައި ފާހަގަކޮށްފައިވެއެވެ. ސަރުކާރ...

ނަތަންޔާހޫގެ ބާރު ކެނޑި، ވެރިކަން ބަދަލުކުރުމުގެ ތަޅުދަނޑި އަރަބި ޕާޓީތަކުގެ އަތަށް
Sports

ނަތަންޔާހޫގެ ބާރު ކެނޑި، ވެރިކަން ބަދަލުކުރުމުގެ ތަޅުދަނޑި އަރަބި ޕާޓީތަކުގެ އަތަށް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ބަދަލުކޮށް، ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރުމުގެ އުންމީދު އެބައޮތް ކަމަށް ޔުނައިޓެޑް އަރަބް ލިސްޓް (ރާމް) ގެ ލީޑަރު މަންސޫރު އައްބާސް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އާންމު އިންތިހާބަށް ފަހު ނެރުނު އެގްޒިޓް ޕޯލްތަކުން އެއްވެސް ބޮޑު ބްލޮކަކަށް ސާފު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ނުދައްކާ ދަނޑިވަޅެއްގަ އެވެ. އިޒްރޭލުގެ ޗެނަލް 12 އަށް ބުދަ ދުވަހުގެ ފަތިހު ދެއްވި […]

ފުރާވަރުގެ ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރުތަކަށް އަހުލުވެރިކުރުވަން ދިއްދޫގައި ޕްރޮގްރާމެއް
Thiladhunmathi News

ފުރާވަރުގެ ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރުތަކަށް އަހުލުވެރިކުރުވަން ދިއްދޫގައި ޕްރޮގްރާމެއް

ފުރާވަރުގެ އުމުރުގެ ކުދިންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން، ހއ. ދިއްދޫގެ ބެލެނިވެރިންނަށް ޚާއްޞަ ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ. މި ވޯކްޝޮޕަކީ ވައިބް ޖަމްޢިއްޔާ އަދި ރާއްޖެ ކުރިމަގު އެންޖީއޯ ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތެކެވެ. މި ވޯކްޝޮޕް އިންތިޒާމުކުރުމުގައި ހއ. ދިއްދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގެ އިތުރުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ވެސް ބައިވެރިވާ ކަމަށް މަޢުލޫމާތު ލިބެއެވެ....

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (34)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (34)

25 އޮކްޓޯބަރުގެ އަދަދާއި ގުޅޭ: އެއާއެކު، އަވަސް ނޭވާތަކެއް ދޫކުރަމުން ދިޔަ ސާދުނާ އަވަސް އަވަހަށް މޭޒުކައިރީ އިށީނެވެ. ފެންޑާގެ އެއްފަރާތެއްގައި މަޑުކޮއްލައިގެން ހުރި ލީނާއަށް އެ ދެ މީހުން ދެއްކި ހުރިހާ ވާހަކައެއް ސާފުކޮށް އިވުނެވެ. އޭރު އޭނާގެ މޭ ވެސް ނެގިނެގިފައި ޖެހެމުންދެއެވެ. މަސްލަޙަތު ވަރަށް ގޯސްވެއްޖެކަން އޭނާއަށް އެނގުނެވެ. މަންމަގެ އެ ނުބައި ޢަމަލުތައް ކުށްވެރި ކުރެވުނު ނަމަވެސް އޭނާއަކަށް މަންމަދެކެ ރުޅިއެއް ނާދެވުނެވެ. ރަށު މީހުންގެ މަލާމާތާއި ރުޅިވެރިކަން މަންމައަށް ރައްދުވާނެކަން [...