ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭ ގޮތް ހަދަން ނައިވާދޫ ކައުންސިލުން މުހުލަތެއް ދީފި
ހދ. ނައިވާދޫގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ގޭގޭގެ ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އެ ރަށު ކައުންސިލުން މުހުލަތެއް ކަނޑައަޅައިފިއެވެ. ނައިވާދޫ ކައުންސިލުން ބުނީ، ކޮންމެ ގެއެއްގެ ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭނެ ނިޒާމެއް 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޤާއިމުކުރުމަށް ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. މިފަދަ ނިންމުމެއް ނިންމި މައިގަނޑު ސަބަބަކީ، ވިއްސާރައިގައި ފުރާޅ...