އިސްލާމް ދީނުގައި އިންސާނާގެ މަޤާމު
އިސްލާމްދީނަކީ އިންސާނާއަށް އެންމެ އިސް އަދި އެންމެ ޤަދަރުވެރި މަޤާމުދީފައިވާ ދީނެވެ. މިމަޤާމު ދީފައިވަނީ ވަކި ނަސްލަކަށް، ވަކި ފަންތިއަކަށް، ވަކީ ޤަބީލާއަކަށް ނުވަތަ ވަކި ޖަމާޢަތަކަށް ބެލުމެއްނެތިއެވެ. އެހެންކަމުން އިސްލާމް ދީނުގެ ކުރިމަތީގައި ހުރިހާ އިންސާނުންވެސް ހަމަހަމަވެގެންވެއެވެ. އެހެންގޮތަކަށް ބުނާނަމަ ހަމަ ކޮންމެ އިންސާނަކީވެސް ހަމަހަމަ މީހެކެވެ. އިންސާނާ މޮޅުދެރަކަން ކަނޑައެޅިގެންދަނީ އޭނާގެ ކިބައިގައިވާ ތަޤުވާވެރިކަމުންނެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި ބަސްފުޅުން އެކަން ވަރަށް ރަނގަ...