ވައިރޮދިން ވައިކަރަދޫގައި ބާއްވާ "އުދުހިލާ 2026" ގެ މީޑިއާ ޕާރޓްނަރ އަކަށް ތިލަދުން!
ހދ. ވައިކަރަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފްލައިބޯޑިންގ ބިގިނަރ ލެސަންސް “އުދުހިލާ 2026” ގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް “ތިލަދުން” ހަމަޖައްސައިފިއެވެ. މިއީ ވައިކަރަދޫގެ ވައިރޮދި ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން، ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ގިނަ ކުދިންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި، އެ ޖަމްޢިއްޔާގެ މި އަހަރުގެ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. “ތިލަދުން” ގެ އިތުރުން، މި ހަރަކާތުގެ އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކަށް “އަންތަރީސް” (ANTHAREES) ހަމަޖައްސާފައިވާއިރ...