ނިއުޒީލެންޑް ދަތުރާ ހެދި ރާއްޖެއާއި އެއް ގްރޫޕެއްގައި އޮތް އިންޑިއާ ސާފް ޗެމްޕިއަންޝިޕް ދޫކޮށްލަނީ؟
އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިއާ ބައިވެރިވުމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. މި މައްސަލަ ކުރިމަތިވީ އެ މުބާރާތް އޮންނަ މުއްދަތުގެ ތެރޭގައި އިންޑިއާގެ ސީނިއާ ޤައުމީ ޓީމު ނިއުޒީލެންޑަށް ދަތުރުކުރުމަށް ރާވަމުންދާތީ، މެޗުތަކުގެ ތާވަލު ފުށުއަރައި ކުޅުންތެރިން ހޯދުމުގައި އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ގޮންޖެހުންތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ. ބަންގްލަދޭޝްގެ ޑާކާގައި ނޮވެމ...