ފުލުސް މީހާ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: ހައްޔަރުކުރި ހަތަރު މީހުން ވެސް ޑްރަގަށް ޕޮޒިޓިވް
ސިނާމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން ހާމަވެއްޖެއެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓުން އެ މީހުންގެ މައްޗަށް ކުރު މުއްދަތެއް ދީފައިވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތަކަށް އެދިފައިވާތީ ކަމަށް ކޯޓުން ވަނީ ބ...