ދިހަ އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް، 12 އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވެއްޖެ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. ”ދަ ނޭޝަންސް ޕާކިސްތާން” އާއި ”ދަ ނިއު ޕާކިސްތާން” ފަދަ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މިއީ ވޭތުވެދިޔަ 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން […]