Skip to main content
Editorial Archives

Explore News Archive

ހިނގަމުންދާ 1،273 މަޝްރޫޢަށް ވަގުތުން ފައިސާ އަދާކުރެވޭނެ: ޒަރީރު
Raajje

ހިނގަމުންދާ 1،273 މަޝްރޫޢަށް ވަގުތުން ފައިސާ އަދާކުރެވޭނެ: ޒަރީރު

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ކުރިއަށްދާ 1،273 މަޝްރޫޢަށް ވަގުތުން ފައިސާ އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިރޭ ކުރިއަށްގެންދިޔަ ”އަހާ” ފޯރަމްގައި، ނ. ވެލިދޫގެ ރައްޔިތަކު ވަނީ އެ ރަށުގައި ފަށާފައި ހުރި މަޝްރޫޢުތައް ހުއްޓިފައިވާ ސަބަބާ ގުޅޭގޮތުން ވަޒީރާ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޒަރީރު ވިދާޅުވީ، ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށްދާ ގޮތް އެ މަޝްރޫޢުތަކާ ގުޅުންހުރި...

މަނީ ޗޭންޖިން ގަވާއިދާ ޚިލާފުވި ކުންފުންފުންޏެއް ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި
Business

މަނީ ޗޭންޖިން ގަވާއިދާ ޚިލާފުވި ކުންފުންފުންޏެއް ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި

މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވުމާ ގުޅިގެން، އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 500،000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖިންގ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހިފަހައްޓައިފިއެވެ. މި ސްޕަވައިޒަރީ ފިޔަވަޅު އެޅުމަށްފަހު އެމްއެމްއޭއިން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އިލްތ...

އީރާނުގެ އާ ދިފާއީ ވަޒީރަކަށް އަޚްލާޤީ، ''އެންމެ ބޮމެއް ވައްޓާލިޔަސް އެމެރިކާ ސިފައިން އަނބުރާ ގެންދަން ޖެހޭނީ ފުރާނަނެތް މަސްގަނޑު''
International

އީރާނުގެ އާ ދިފާއީ ވަޒީރަކަށް އަޚްލާޤީ، ''އެންމެ ބޮމެއް ވައްޓާލިޔަސް އެމެރިކާ ސިފައިން އަނބުރާ ގެންދަން ޖެހޭނީ ފުރާނަނެތް މަސްގަނޑު''

އީރާނުގެ އާ ދިފާޢީ ވަޒީރުގެ މަޤާމަށް މެހްރުދާދް އަޚްލާޤީ ކެތާބްޗީ އައްޔަންކުރުމަށް އެ ޤައުމުގެ މަޖިލީހުން އާދީއްތަ ދުވަހު ފާސްކޮށްފިއެވެ. އީރާންގެ ދަޢުލަތުގެ މީޑިއާ އައިއާރުއައިބީ އިން ބުނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މަޖިލީހުގެ ޖަލްސާގައި، އަޚްލާޤީއަށް ރުހުން ދިނުމަށް 237 މެންބަރުން ވޯޓު ދެއްވި އިރު، ދެކޮޅަށް ވޯޓު ދެއްވީ 15 މެންބަރުން ކަމަށެވެ. ޖުމްލަ 277 މެންބަރުން ވޯޓުގައި ބައިވެރިވި މި ޖަލްސާގައި ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއްވެސް މެންބަރަކު ނެތެވެ. މަޖިލީހުގެ […]

"ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި": ގެދޮރުވެރިކަމުގެ އިކުއިޓީ ދައްކަން ސަރުކާރުން ބޮޑު ލުޔެއް
Business

"ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި": ގެދޮރުވެރިކަމުގެ އިކުއިޓީ ދައްކަން ސަރުކާރުން ބޮޑު ލުޔެއް

އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި “ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް”ގެ ދަށުން، އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ “ހެލްޕް ޓު ބިލްޑް” އަދި “ހެލްޕް ޓު ބައި” ސްކީމްތައް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީޢާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި މަޝްރޫޢުގެ ދަށުން އެއްބަސްވުންތައް އެކުލަވާލާފައިވަނީ ބޭންކް އޮފް މޯލްޑި...

އުނދަގޫ މެޗަކަށް ފަހު މަޑުއޭކޭގެ ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
Sports

އުނދަގޫ މެޗަކަށް ފަހު މަޑުއޭކޭގެ ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު އުނދަގޫ މެޗުން ނޯނީ މަޑުއޭކޭ ޖަހައިދިން ލަނޑާއެކު 1-0 އިން މޮޅުވެ، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު އާސެނަލުން ކުޑަކޮށްފިއެވެ. ސިޓީ ގްރައުންޑުގައި އާދީއްތަ ދުވަހު ކުޅުނު މި މެޗުގައި އާސެނަލްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް، މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރި މި ލަނޑާއެކު އެ ޓީމުން ވަނީ މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. ހޮނިހިރު […]

ބޮޑު ތިލަދުންމަތީގެ ތިން އަތޮޅު ހިމެނޭހެން ހަ އަތޮޅަކުން ރަށް ކުއްޔަށް ދޫކުރަން ލީޒް އެކުއިޒިޝަން ކޮސްޓަށް ލުއިތަކެއް ދީފި
Business

ބޮޑު ތިލަދުންމަތީގެ ތިން އަތޮޅު ހިމެނޭހެން ހަ އަތޮޅަކުން ރަށް ކުއްޔަށް ދޫކުރަން ލީޒް އެކުއިޒިޝަން ކޮސްޓަށް ލުއިތަކެއް ދީފި

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން، ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ނަގާ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓްތަކަށް ބަދަލު ގެނެސްފިއެވެ. ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ ވަކި އަތޮޅުތަކަކަށް ލުއިތަކެއް ލިބޭ ގޮތަށެވެ. ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ، މި އިސްލާޙާއެކު ކޮންސެޝަން ރޭޓްތައް ހަމަޖައްސާފައިވަނީ ބޮޑު ތިލަދުންމަތީގެ ތިން އަތ...

ޙާލުގައި ޖެހިފައިވާ މީހުން ތިބި ފޭލިގެތަކަކަށް އިސްރާއީލުން ބަޑިޖަހައި ކުޑަ އަންހެން ކުއްޖަކު ޝަހީދުކޮށްފި
International

ޙާލުގައި ޖެހިފައިވާ މީހުން ތިބި ފޭލިގެތަކަކަށް އިސްރާއީލުން ބަޑިޖަހައި ކުޑަ އަންހެން ކުއްޖަކު ޝަހީދުކޮށްފި

ޣައްޒާގެ މެދުތެރޭގައި ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވާ މީހުން ދިރިއުޅެމުންދިޔަ ފޭލިގެތަކަކަށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްޠީނުގެ ކުޑަ އަންހެން ކުއްޖަކު ޝަހީދުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު ކަމަށް ފަލަސްޠީނުގެ ރަސްމީ ޚަބަރު ފަތުރާ އިދާރާ، ވަފާ އިން ވަނީ ރިޕޯޓުކޮށްފައެވެ. ޞިއްޙީ މަޞްދަރުތަކާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޙަމަލާގައި ޝަހީދުވެފައިވަނީ މިސްކު ޙާޒިމް އަލްދަލޫ ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ޝަހީދުވީ މަޣާޒީ ރެފިއުޖީ ކޭ...

ފެސިލިޓީތަކަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ޚިދުމަތް މެދުކަނޑާލަން އެސްއެމްއީ ޑިޖިޓަލްއިން ނިންމައިފި
Business

ފެސިލިޓީތަކަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ޚިދުމަތް މެދުކަނޑާލަން އެސްއެމްއީ ޑިޖިޓަލްއިން ނިންމައިފި

އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތްތައް މެދުކަނޑާލުމަށް އެ ބޭންކުން ނިންމައިފިއެވެ. އެގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ ޚިދުމަތްތައް މެދުކަނޑާލަން ފަށާނީ އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މިއީ އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންގެ އެކައުންޓްތައް ބެލެހެއްޓުމަށް އެހީތެރިވެދިނުމުގެ މަގުސޫދުގައި އަޅާ ފިޔަވަޅެއް ކަމަށް އެ ބޭ...

ސަޢޫދީ ނޭޝަނަލް ގާޑުގެ ހެލިކޮޕްޓަރެއް ވެއްޓި ދެ އޮފިސަރަކު މަރުވެއްޖެ
International

ސަޢޫދީ ނޭޝަނަލް ގާޑުގެ ހެލިކޮޕްޓަރެއް ވެއްޓި ދެ އޮފިސަރަކު މަރުވެއްޖެ

ސަޢޫދީ ޢަރަބިއްޔާގެ ނޭޝަނަލް ގާޑުގެ އަސްކަރީ ހެލިކޮޕްޓަރެއް އެ ޤައުމުގެ ނަޖްރާން ސަރަޙައްދަށް ވެއްޓި، އޭގައި ތިބި ދެ އޮފިސަރުން މަރުވެއްޖެ ކަމަށް ޔަމަނުގެ ޝަރުޢީ ސަރުކާރަށް ތާއީދުކުރާ ކޯލިޝަނުން ހާމަކޮށްފިއެވެ. ކޯލިޝަނުން އާދީއްތަ ދުވަހު ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އަދި ވެއްޓިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ގާޑުގެ އޭއެޗް-6 އައި މަރުކާގެ ރިކޮނައިސެންސް ހެލިކޮޕްޓަރެއް ކަމަށް ވެސް ކޯލިޝަނުން ބުންޏެވެ. މި ހާދިސާއާ ގުޅޭގޮތުން މަޢުލޫ...

ކުޅުދުއްފުށީ ސިޓީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރަން ހާއްސަ ޕްރޮގްރާމެއް
Thiladhunmathi News

ކުޅުދުއްފުށީ ސިޓީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރަން ހާއްސަ ޕްރޮގްރާމެއް

ކުޅުދުއްފުށީ ސިޓީގައި ދިރިއުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް އެ ސިޓީގެ ކައުންސިލުން އިސްނަގައިގެން ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ޕްރޮގްރާމަކީ ރަށުގައި އުޅޭ އާންމު ބުޅާތައް ހިފައި، އެ ތަކެތި ނިއުޓާކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ބުޅާތައް ހިފައި، ނިއުޓާކުރުމަށްފަހު، ރައްކާތެރިކަމާއެކު އަނބުރާ ވެއްޓަށް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ސިޓީ ކައުންސިލުން ފާހަގަކުރ...

ރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ރައީސްގެ ޕާކިސްތާނު ދަތުރުފުޅު މިމަހުގެ 20 ގައި
Raajje

ރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ރައީސްގެ ޕާކިސްތާނު ދަތުރުފުޅު މިމަހުގެ 20 ގައި

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާކަމަށް ދިވެހި ސަރުކާރުން ރަސްމީކޮށް މިއަދު ޢިއުލާންކޮށްފިއެވެ. ތިން ދުވަހުގެ މި ރަސްމީ ދަތުރުފުޅު ރައީސް އޮފީހުން ކަށަވަރުކޮށްދީފައިވާއިރު، ޕާކިސްތާނުގެ ނޫސްތަކުން ވެސް ވަނީ މި ދަތުރުފުޅުގެ މަޢުލޫމާތު ރިޕޯޓްކޮށްފައެވެ. މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާ...

ޣައްޒާގެ އިމާރާތްތަކުގެ ދަށުން ފެނުނު 75 މީހެއްގެ ހަށިގަނޑު ވަޅުލައިފި، އަދިވެސް 8،000 ހަށިގަނޑު ތާށިވެފައި
International

ޣައްޒާގެ އިމާރާތްތަކުގެ ދަށުން ފެނުނު 75 މީހެއްގެ ހަށިގަނޑު ވަޅުލައިފި، އަދިވެސް 8،000 ހަށިގަނޑު ތާށިވެފައި

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގައި ސުންނާފަތިކޮށްލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުން ދާދިފަހުން ފެނުނު ފަލަސްޠީނުގެ 75 މީހެއްގެ ހަށިގަނޑުގެ ބައިތައް އެއްފަހަރާ ވަޅުލައި، ބޮޑު ޖަނާޒާއެއް ބާއްވައިފިއެވެ. އާދީއްތަ ދުވަހުގެ ހެނދުނު ބޭއްވި މި ޖަނާޒާގެ ހިނގާލުމުގައި ސަތޭކައަކަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ބައިވެރިވެފައިވާއިރު، އެ ހަށިގަނޑުތައް ވަޅުލާފައިވަނީ ޝައިޚް ރަޟްވާން ޤަބުރުސްތާނުގައެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި،...

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކޮށްފި
Raajje

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން، އެ ޚިދުމަތުގެ ހުވާކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިއަދު 133 ފުލުހަކު ހުވާކޮށްފިއެވެ. އިސްކަންދަރު ބިލްޑިންގުގައި މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒް މުޙައްމަދު ނިޝާތުއެވެ. ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މި ރަސްމިއްޔާތުގައި ހުވާކުރި 133 ފުލުހުންގެ ތެރޭގައި ސްޕެޝަލް ކޮންސްޓެބުލަރީގެ 64 ފުލުހުން ވެސް ހިމެނެއެވެ. މި ރަސްމިއްޔާތުގެ ތ...

ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026ގެ މަތީ ވަނަތައް އީލާފް، މިޝްކާ އަދި އައިރާ އަށް
Thiladhunmathi News

ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026ގެ މަތީ ވަނަތައް އީލާފް، މިޝްކާ އަދި އައިރާ އަށް

ހދ. ފިނޭ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ”ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026” ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ. މި މުބާރާތުގައި މުޅި މުބާރާތުން 1 ވަނަ ހޯދާފައި ވަނީ އީލާފް ޢަބުދުﷲ ޒިޢުނާދު އެވެ. 2 ވަނަ މަރިޔަމް މިޝްކާ މުހައްމަދު ހޯދިއިރު 3 ވަނަ ހޯދީ ޢާއިޝަތު އައިރާ ޙަސަން ރަޝީދެވެ. ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކިޔެވުން ހިމެނޭހެން ކުރިއަށް ގެންދިޔަ މި މުބާރާތުހެ ބަލައިގެން ކިޔެވުމުގެ ގޮފިން ކީސް ސްޓޭޖް 1 […]

ޔަމަނުގެ ސުލްހައިގެ މެދުވެރިއަކަށް ވާން އީރާނުގެ ހުށަހެޅުމަށް ޔަމަނުން ދެކޮޅުހަދައިފި
International

ޔަމަނުގެ ސުލްހައިގެ މެދުވެރިއަކަށް ވާން އީރާނުގެ ހުށަހެޅުމަށް ޔަމަނުން ދެކޮޅުހަދައިފި

ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ސުލްހައިގެ މެދުވެރިއަކަށް ވުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޑރ. އަފްރާޙް އަލްޒޫބާ ދެކޮޅުހައްދަވައިފިއެވެ. އޭނާ ވަނީ ހޫޘީ ހަނގުރާމަވެރިންނަށް ހަތިޔާރާއި ފައިސާ ފޯރުކޮށްދީގެން ހަނގުރާމަ އިތުރަށް ހުޅުވައި، ސަރަހައްދީ ކުރިމަތިލުންތަކުގައި ޔަމަނަކީ ސިޔާސީ މަންފާ ހޯދަން ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ތެހެރާނުން ބޭނުންކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ. އެކްސް މަންސައިގައި “ތެހެރާނުގެ ވެރިކަމަކީ ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ހަ...