ދިރުވާލައިގެން ކިލޯއަކަށް ވުރެ ގިނަ ޑްރަގް އެތެރެކުރަން އުޅުނު ދެ ފަސިންޖަރުން އަތުލައިގެންފި
ދިރުވާލައިގެން ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ކަސްޓަމްސް އިން އަތުލައިގެންފިއެވެ. މި ދެ ފަސިންޖަރުން އަތުލައިގެންފައިވަނީ ވައިގެ މަގުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މަގުން ރާއްޖެ އެތެރެވާން އުޅުމުގެ ތެރޭގައެވެ. ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި އަތުލައިގެންފައިވަނީ ތައިލެންޑުން ރާއްޖެ އައި ނޭޕާލުގެ ދެ ފަސިންޖަރުން ކަމަށެވެ. އެ މީހުން ރާއްޖެ އައިސްފައިވަނީ 2026 ސެޕްޓެންބަރު 25 ވަނަ ދުވަހުއެވެ. އެ ދެ މީހުން ހުއްޓުވީ އެއާޕޯޓުގައި...