ނަންބަރު ބޯޑު ބަދަލުކޮށްގެން ވަގު ސައިކަލެއްގައި ވަންވޭއާ ހިލާފަށް ދުއްވި ލަންކާގެ ދެ މީހަކު ހައްޔަރުކޮށްފި
ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން، ގަވާއިދާ ހިލާފަށް ވަންވޭއަށް ދުއްވި މައްސަލައެއްގައި ސްރީލަންކާއަށް ނިސްބަތްވާ ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރާއި 25 އަހަރުގެ ދެ ފިރިހެނުންނެވެ. މި ދެ މީހުންނަކީ ވެސް ސްރީލަންކާގެ ދެ ރައްޔިތުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 02:14 އެހައިކަންހާއިރު ކަމަށެވެ. އެ ވަގުތު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ […...