Skip to main content
Editorial Archives

Explore News Archive

ނޮޅިވަރަމުގައި ބަށިބޯޅަ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ނޮޅިވަރަމުގައި ބަށިބޯޅަ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ނޮޅިވަރަމުގައި ބަށިބޯޅައިގެ އޮފިޝަލުން ތަމްރީނުކުރުމަށް ބާއްވާ ޚާއްޞަ ސެޝަންތަކެއްގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ބަށިބޯޅަ އެސޯސިއޭޝަނާއި ނޮޅިވަރަމު ކައުންސިލްގެ އިތުރުން، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. ނޮޅިވަރަމް ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި ތަމްރީނު ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 15 އަހަރުން މަތީގެ...

ވިނީޝިއުސްގެ ޝަކުވާ، 500 ފައުލް ކުރިއިރު ވެސް ރީނދޫ ކާޑު ދައްކަނީ އަހަންނަށް، ރެފްރީން އިންސާފްވެރިއެއް ނޫން
Sports

ވިނީޝިއުސްގެ ޝަކުވާ، 500 ފައުލް ކުރިއިރު ވެސް ރީނދޫ ކާޑު ދައްކަނީ އަހަންނަށް، ރެފްރީން އިންސާފްވެރިއެއް ނޫން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު ރޯމާ އަތުން ފަހަތުން އަރައި 4-3 އިން ރެއާލް މެޑްރިޑް މޮޅުވި މެޗަށް ފަހު، ރެފްރީން އޭނާއަށް އަމާޒުކޮށްގެން ކަންކަން ކުރަމުންދާ ކަމަށާއި އޭނާ ފަދަ ހުނަރުވެރި ކުޅުންތެރިންނަށް ރެފްރީންގެ ފަރާތުން އިތުރު ރައްކާތެރިކަން ބޭނުންވާ ކަމަށް ބުނެ ވިނީޝިއުސް ޖޫނިއާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ބްރެޒިލްގެ ފޯވާޑް ބުނީ، އޭނާއާ މެދު ރެފްރީން ކަންކަން ކުރާ ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށާއި، ބާސެލޯނާގެ ލަމީން ޔަމާލް އަދި […]

އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 9 ފަރާތަކަށް، ތިން އެވޯޑާއެކު ކަމަދޫ އަށް ވިދުން
Business

އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 9 ފަރާތަކަށް، ތިން އެވޯޑާއެކު ކަމަދޫ އަށް ވިދުން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބޭއްވި “އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026” ގެ އެވޯޑުތައް ރަސްމީކޮށް ނުވަ ފަރާތަކަށް ދީފިއެވެ. މި އެވޯޑަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމާއި ގެސްޓްހައުސް ސިނާއަތުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ޚިދުމަތްތަކެއް ދެމުން އަންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ. މި އެވޯޑު ހަފުލާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ގެސްޓްހައުސްތަކަށާއި، ފަރުދުންނަށް އަދި ރަށަކަށް ވަނީ އެވޯޑު ދީފައެވެ. މި ހަފުލާގައި އެންމެ ބޮ...

ހޮރްމުޒްގެ ހަމަނުޖެހުމާ ހެދި ގަސްކާނާ ތާށިވެ، ދުނިޔެއަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުމުގެ އިންޒާރު
Business

ހޮރްމުޒްގެ ހަމަނުޖެހުމާ ހެދި ގަސްކާނާ ތާށިވެ، ދުނިޔެއަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުމުގެ އިންޒާރު

ހަމަނުޖެހުންތައް ހިނގަމުންދާ ހޮރްމުޒް ކަނޑުއޮޅިން ގަސްކާނާ ބޭރުކުރުމާ ގުޅޭގޮތުން އދ. އިން ހުށަހަޅާފައިވާ ޕްލޭނަކަށް އީރާނާއި އެމެރިކާއިން އަވަހަށް އެއްބަސްނުވެއްޖެނަމަ، އޭޝިއާ އަދި އެފްރިކާގެ ބައެއް ސަރަހައްދުތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އދ. ގެ އިސް އޮފިޝަލަކު އިންޒާރު ދެއްވައިފިއެވެ. މި އެއްބަސްވުމަށް އަވަހަށް ނާދެވިއްޖެނަމަ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ތައިލެންޑުގެ ބެންކޮކްގައި...

ކްލަބުތަކުގެ އިއްތިފާގުން ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމްގެ މެމްބަރުކަން ކަށަވަރުވެއްޖެ
Sports

ކްލަބުތަކުގެ އިއްތިފާގުން ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމްގެ މެމްބަރުކަން ކަށަވަރުވެއްޖެ

މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކުލަބާއި، ގދ. ގައްދޫގެ ގައްދޫ ރެކްރިއޭޝަން ކުލަބަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މެމްބަރުކަން ދީފިއެވެ. މި ދެ ކުލަބަށް އެފްއޭއެމްގެ މެމްބަރުކަން ރަސްމީކޮށް ދީފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ. އެފްއޭއެމްގެ މި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކުގެ އިއްތިފާގުން ދިއްދޫ އަދި ގައ...

''އަދިވެސް އިތުރު ޗުއްޓީ ބޭނުން''، ސިޓީ ބަލިކުރުމަށްފަހު ޑެމްބެލޭގެ މަޖާ ސަމާސާއެއް!
Sports

''އަދިވެސް އިތުރު ޗުއްޓީ ބޭނުން''، ސިޓީ ބަލިކުރުމަށްފަހު ޑެމްބެލޭގެ މަޖާ ސަމާސާއެއް!

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީގެ މައްޗަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން 4-2 އިން ހޯދި މޮޅަށް ފަހު، ކޯޗު ލުއިސް އެންރީކޭ ކައިރިން އަދިވެސް އިތުރު ޗުއްޓީއަކަށް އެދިދާނެ ކަމަށް ބުނެ އުސްމާން ޑެމްބެލޭ މަޖާ ސަމާސާއެއް ކޮށްފިއެވެ. ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ ޑެމްބެލޭ ވަނީ ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި މޮޅު ކުޅުމެއް ދައްކައި، ލަނޑެއް ޖެހުމުގެ އިތުރުން އިތުރު ލަނޑެއް ޖަހަން އެހީތެރިވެދީފައެވެ. ފަހުގެ ބައިނަލްއަގުވާމީ މެޗުތަކުގެ […]

ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާ އާއި އުތުރު ކޮރެއާ ގުޅުވައިދޭ ބޮޑު ބްރިޖު ހުޅުވައިފި
International

ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާ އާއި އުތުރު ކޮރެއާ ގުޅުވައިދޭ ބޮޑު ބްރިޖު ހުޅުވައިފި

ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމާއި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި ހުރަސްތަކަށް ފަހު، ވިޔަފާރީގެ މުއާމަލާތްތައް އަލުން އާލާކުރުމުގެ މަގްސަދުގައި ޗައިނާ އާއި އުތުރު ކޮރެއާ ގުޅުވައިދޭ އެންމެ މުހިންމު އެއްގަމު ބޯޑަރު ހުރަސްކުރާ ބޮޑު ބްރިޖު ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވައިފިއެވެ. ޗައިނާގެ ދަންޑޮންގް ސިޓީ އާއި އުތުރު ކޮރެއާ ގުޅުވައިދޭ ތިން ކިލޯމީޓަރު (ދެ މޭލު) ގެ މި “ނިއު ޔާލޫ ރިވަރ ބްރިޖު” ހުޅުވުމާ އެކު، ދެ ގައުމުގެ ގައުމީ […]

ރާއްޖޭގެ ބެލުމުގެ ދަށުގައި ތިބި އިންޑިއާގެ 25 މަސްވެރިން ދޫކޮށްލަން ޖައިޝަންކަރުގެ އެހީއަށް އެދިއްޖެ
International

ރާއްޖޭގެ ބެލުމުގެ ދަށުގައި ތިބި އިންޑިއާގެ 25 މަސްވެރިން ދޫކޮށްލަން ޖައިޝަންކަރުގެ އެހީއަށް އެދިއްޖެ

ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިންޑިއާގެ ޓެމިލްނާޑޫގެ 25 މަސްވެރިންނާއި އެ މީހުންގެ ތިން މަސްބޯޓު އަވަހަށް މިނިވަންކޮށްދިނުމަށް އެހީތެރިވެދެއްވުމަށް، އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރުގެ ކިބައިން ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު ޖޯސެފް ވިޖޭ އެދިވަޑައިގެންފިއެވެ. ބުރާސްފަތި ދުވަހު ޖައިޝަންކަރަށް ފޮނުއްވި ސިޓީއެއްގައި ވިޖޭ ވަނީ މި މައްސަލައިގެ ތެރެއަށް ޖައިޝަންކަރު އަމިއްލަފުޅަށް ވެދެވަޑައިގެން، ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ދިވެހި ސަރުކާރާއެކު މަޝްވަރާކުރެއްވުމަށް އެދި...

ގެދޮރު ލޯނުގެ އިކުއިޓީއަށް އަނބުރާ ދައްކަން ނުޖެހޭ ގޮތަށް 200،000ރ. ދޭ ސްކީމެއް ތައާރަފުކުރަނީ
Raajje

ގެދޮރު ލޯނުގެ އިކުއިޓީއަށް އަނބުރާ ދައްކަން ނުޖެހޭ ގޮތަށް 200،000ރ. ދޭ ސްކީމެއް ތައާރަފުކުރަނީ

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ފަދަ ހާއްސަ ސްކީމެއް ތައާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ މީޑިއާތަކުން މިރޭ ބްރޯޑްކާސްޓްކުރި “ރައްޔިތުންގެ އަޑު” ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރަގްރާމްގައި ބައިވެރިވި ދެ ފަރާތަކުން ވަނީ ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ހޯދުމުގައި ދިމާވާ ބޮޑެތި ގޮންޖެހުންތަކާއި ދަތިތައް ރައީސް...

ހޯރަފުށީ ވީނަސްގޭ އުތުރުގައި ހުރި އިމާރާތް ތަރައްޤީކޮށް ހިންގަން ޓާން އިންވެސްޓްމަންޓާ ހަވާލުކޮށްފި
Thiladhunmathi News

ހޯރަފުށީ ވީނަސްގޭ އުތުރުގައި ހުރި އިމާރާތް ތަރައްޤީކޮށް ހިންގަން ޓާން އިންވެސްޓްމަންޓާ ހަވާލުކޮށްފި

ހއ. ހޯރަފުށީ ވީނަސްގޭގެ އުތުރުގައި މަސައްކަތް ނުނިމި ހުރި ކައުންސިލުގެ އިމާރާތް ތަރައްޤީކޮށް، ވިޔަފާރި އުޞޫލުން ހިންގުމަށްޓަކައި ޓާން އިންވެސްޓްމަންޓާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އިމާރާތް އެ ފަރާތާ ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް، ކުލީ އެއްބަސްވުމެއްގެ ދަށުންނެވެ. މި މަޝްރޫޢާ ގުޅޭ ރަސްމީ ކުލީ އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފައިވަނީ 13 އޮކްޓޫބަރު 2026 ގައެވެ. އެ އެއްބަސްވުމުގެ ދަށުން، މަސައްކަތް ނުނިމި ހުރި އެ އިމާރާތް މިއަދު ވަނީ ރަސްމީކޮށް ޓާން އިންވެސްޓްމަންޓ...

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވޯޑާއެކު އައިހަމް މާދަމާ އުފަން ރަށަށް، މަރުހަބާ ކިޔަން ތައްޔާރުވެއްޖެ
Sports

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވޯޑާއެކު އައިހަމް މާދަމާ އުފަން ރަށަށް، މަރުހަބާ ކިޔަން ތައްޔާރުވެއްޖެ

ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) މާދަމާ އުފަންރަށް އުތީމަށް ދިޔުމަށް ހަމަޖެހިފައިވާއިރު އޭނާ އަށް ހޫނު މަރުޙަބާއެއް ކިޔުމަށް އުތީމު ތައްޔާރުވެއްޖެއެވެ. ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފްވެރި އެވޯޑާއެކު އައިހަމް އުތީމަށް ފޯރާނީ މާދަމާ ހެނދުނުއެވެ. އެހެންވެ އުތީމު ކައުންސިލުން ވަނީ މާދަމާ ހެނދުނު 8:30 އަށް އައިހަމަށް މަރުޙަބާ ކިޔުމަށް […]

ގުޅިފައިވާ އެއްމާބަނޑު ދެ ބެއިން ވަކިކުރަން ސައުދީން 15 ގަޑިއިރުގެ އޮޕަރޭޝަނެއް ފަށައިފި
International

ގުޅިފައިވާ އެއްމާބަނޑު ދެ ބެއިން ވަކިކުރަން ސައުދީން 15 ގަޑިއިރުގެ އޮޕަރޭޝަނެއް ފަށައިފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އިރުޝާދުގެ ދަށުން، ގުޅިފައިވާ ފިޖީގެ އެއްމާބަނޑު ދެ ކުދިން ވަކިކުރުމަށް ކުރިއަށްގެންދާ 15 ގަޑިއިރުގެ އޮޕަރޭޝަން ބުރާސްފަތި ދުވަހުގެ ހެނދުނު ރިޔާޟުގައި ފަށައިފިއެވެ. މި އޮޕަރޭޝަން ކުރަމުންދަނީ އުމުރުން 13 މަހުގެ ޖަސްޕިލީ އަދި ޑިސީސިއާ ނަމަކަށް ކިޔާ ދެ ކުދިން ވަކިކުރުމަށެވެ. ނޭޝަނަލް ގާޑް މިނިސްޓްރީގެ ދަށުން ހިންގާ ކިންގް ޢަބްދުލްޢަޒީޒް މެޑިކަލް ސިޓީގެ ކިންގް ޢަބްދުﷲ ސްޕެޝަލިސްޓް ޗިލްޑްރަންސް ހޮސްޕި...

އިންޑޮނީޝިއާގެ ވިހަ ދުންގަނޑު ފިލުވައިލަން 'ޑްރައި އައިސް' ބޭނުންކުރަނީ
International

އިންޑޮނީޝިއާގެ ވިހަ ދުންގަނޑު ފިލުވައިލަން 'ޑްރައި އައިސް' ބޭނުންކުރަނީ

އިންޑޮނީޝިއާގެ ޖަންގަލިތަކާއި ޗަކަބިންތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން އުފެދިފައިވާ ނުރައްކާތެރި ދުންގަނޑު ފިލުވައިލުމަށް، ޖައްވުގެ ތެރެއަށް ‘ޑްރައި އައިސް’ އެޅުމުގެ ތަޖުރިބާތަކެއް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ. މި އޮޕަރޭޝަންގައި ބުރާސްފަތި ދުވަހު ވަނީ ދުންގަނޑުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސައުތު ސުމާތުރާ ޕްރޮވިންސުގެ މަތިން މަތިންދާބޯޓުތައް ބޭނުންކޮށްގެން ސޮލިޑް ކާބަން ޑައިއޮކްސައިޑް ނުވަތަ ޑްރައި އައިސް ޖައްވުގެ ތެރެއަށް ދ...

15 އަހަރަށް ފަހު ކުޅުދުއްފުށީގެ ކަރަންޓު އަނެއްކާވެސް ސްޓެލްކޯގެ ބެލުމުގެ ދަށަށް!
Business

15 އަހަރަށް ފަހު ކުޅުދުއްފުށީގެ ކަރަންޓު އަނެއްކާވެސް ސްޓެލްކޯގެ ބެލުމުގެ ދަށަށް!

ހދ. ކުޅުދުއްފުށި ސިޓީގެ އިންޖީނުގެ ހިންގުމާ ސްޓެލްކޯ އިން ދެވަނަ ފަހަރަށް ހަވާލުވެ، އެ ރަށުގައި ކަރަންޓު ދިނުމުގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ކުޅުދުއްފުށީގައި ސްޓެލްކޯގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށު އިންޖީނުގޭގައި ގައުމީ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އަޒްވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޒްވަރު ވ...

ނައިވާދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރަން ހުޅުވާލައިފި، އެއްވަނައަށް 5،000 ރުފިޔާ
Thiladhunmathi News

ނައިވާދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރަން ހުޅުވާލައިފި، އެއްވަނައަށް 5،000 ރުފިޔާ

ހދ. ނައިވާދޫ ކައުންސިލްގެ ރަސްމީ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ. ނައިވާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި -/5000 (ފަސްހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ އުފެއްދުންތެރި ފަރުމާވެރިންނަށާއި ކުރެހުންތެރިންނަށް ކަމަށް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ޑިޒައިނަރުންނާއި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ އިތުރުން ސްޓޫޑ...