ސިޔާސީ ޕާޓީތަކުން ޤާނޫނާ ޚިލާފަށް ސާބިތުނުހިފޭ ވާހަކަދައްކާތީ އީސީގެ ކަންބޮޑުވުން
ސިޔާސީ ޕާޓީތަކުން ހިންގާ ޙަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކުގައި، ޤާނޫނާ ޚިލާފަށް ސާބިތުނުހިފޭ ވާހަކަ ދައްކަމުންދާކަން އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އެގޮތުން، އެ ކޮމިޝަނުން ބުނެފައިވަނީ ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް އެއްވެސް ޕާޓީއަކާ ނުވަތަ ޕާޓީއެއްގެ މެންބަރަކާ ބެހޭގޮތުން ފާޑުކިޔުމަކީ، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށެވެ. ޚިޔާލުފާޅުކ...