ދިއްދޫގައި ދޫކޮށްފައިވާ ގޯތިތައް ސާފުނުކުރާނަމަ އަތުލަނީ
ހއ.ދިއްދޫގައި، ދިރިއުޅުމަށް ދޫކޮއްފައިވާ ގޯތިތަކުގެ ތެރެއިން ސާފުނުކުރާ ގޯތިތައް ސާފުކުރުމަށް އެ ރަށު ކައުންސިލުން މުހުލަތެއްދީ، އެ މުހުލަތުގައި ސާފުނުކުރާ ގޯތިތައް ވަކިކުރުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ކޮއްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މީހުން ދިރިއުޅުމަށް ދޫކޮއްފައިވާ ބަންޑާރަ ގޯތިތަކަކީ، ސަރުކާރުން ހަދާފައިވާ ޤަވާޢިދުތަކަށް ޢަމަލު ކުރުމަށް، ޝަރުޠުކުރެވި، އެ ފަރާތްތަކާއި ޙަވާލު ކުރެވިފައިވާ ގޯތިތަކެއްކަމަށެވެ. އެ ގޮތުން ހެދިފައިވާ ޤ...