މިލަންދޫ ޔުމްގެ ''ޔުމް ޑިލައިޓްސް'': އަމިއްލަ މަސައްކަތުން ހޯދި ބޮޑު ކާމިޔާބީ
އެއް ފަރާތެއްގައި ފަހާފޮށީގެ އަޑެވެ. އަނެއް ފަރާތުގައި އަވަނުން ބޭރުވަމުންދާ މީރު ކޭކުގެ ވަހެވެ. މޭޒުމަތީގައި ތައްޔާރުވަމުން އެ ދަނީ ހިތްގައިމު މާބޮނޑިއެކެވެ. މިއީ އެއް ފުރާޅެއްގެ ދަށުން ފެންނަ، ތަފާތު ތިން ފަންނެކެވެ. އެކަމަކު މި ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ އެންމެ އަތެކެވެ. އެއީ އަމިއްލަ ހުނަރާއި، ބުރަ މަސައްކަތުން ނަމޫނާ ދައްކައި، ކުރިއަރަމުން، އަންނަ ށ. މިލަންދޫގައި މިހާރު ދިރިއުޅެމުންދާ، އެ ރަށު ދިލާސާގޭ ޙައްވާ ޔުމްނާ (ޔުމް)އެވެ. ޔުމްގެ ހުނަރުން ފުރިގެންވާ […]