Skip to main content
Editorial Archives

Explore News Archive

އޭދަފުށި ކައިރިން ދޯންޏެއް އަރިއަޅާލައި، ކަނޑަށް އެޅުނު ލަކުޑިތަކެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
Raajje

އޭދަފުށި ކައިރިން ދޯންޏެއް އަރިއަޅާލައި، ކަނޑަށް އެޅުނު ލަކުޑިތަކެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ބ. އޭދަފުށީގެ އިރުދެކުނުން ކަނޑަށް އެޅުނު ލަކުޑިފަތިތަކެއް އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. މިއީ އޭދަފުށީގެ އިރުދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ދޯންޏެއް އަރިއަޅައިލުމުގެ ސަބަބުން ކަނޑަށް އެޅިގެން އޮޔާދާ ތަކެއްޗެވެ. މި ތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ އިރުމައްޗަށެވެ. އެހެންކަމުން، މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޚާއްޞަކޮށް، ރޭގ...

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި
Raajje

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި

ދުނިޔޭގެ ޑިޖިޓަލް މިންގަނޑުތައް ކަނޑައަޅާ ދަ ޔުނިކޯޑް ކޮންސޯޓިއަމްއިން ނެރުނު ޔުނިކޯޑް ސްޓޭންޑަރޑްގެ އެންމެ ފަހުގެ ވަރޝަންގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފިއެވެ. މި އަހަރުގެ ސެޕްޓެންބަރު 16 ގައި ނެރެފައިވާ “UNICODE 18.0” ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު، އެ ނިޝާނަށް ހާއްސަކޮށްގެން ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ. ދިވެހި ރުފިޔާގެ ނިޝާނަކީ 2022 ވަނަ އަހަރުގެ ތެރޭގައި ތައާރަފުކޮށްފައިވާ ނިޝާނެކެވެ. މި ނިޝާން ބައިނަލްއަގުވާމީ ޔުނިކޯޑް ސްޓޭންޑަރޑްގައި ހިމެނިގެން ދިއުމަކީ ޑިޖިޓަލް...

International

މައްކާގެ ދެކުނުން ހޫތީން ފޮނުވި ޑްރޯނެއް ސައޫދީން ވައްޓާލައިފި

މައްކާގެ މާތް ބިމުގެ މަތިން ދަތުރުކުރުން މަނާކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ކުރިން، މައްކާގެ ދެކުނުން ހޫތީން ފޮނުވާލި ޑްރޯނެއް ސައޫދީ އެއާ ޑިފެންސުން އަންގާރަ ދުވަހުގެ ހަވީރު ވައްޓާލައިފިއެވެ. ސައޫދީ ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި މި ހަމަލާ ނާކާމިޔާބުކޮށްލާފައިވާ ކަން ހާމަކޮށްފައިވަނީ ޔަމަނުގެ ގާނޫނީ ސަރުކާރަށް އެހީތެރިވާ ކޯލިޝަނުންނެވެ. ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލްމާލިކީ ވިދާޅުވީ، ސައޫދީ ރޯޔަލް އެއާ ޑިފެންސް ފޯސަސްއިން މި ޑްރޯން ވައްޓާލާފައިވަނީ ސެޕްޓެމްބަރު 15 ވީ އަން...

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ފޯރިގަދަ 4 މެޗާއެކު މުބާރާތް ފަށައިފި
Sports

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ފޯރިގަދަ 4 މެޗާއެކު މުބާރާތް ފަށައިފި

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026” ކުލަގަދަ ރަސްމިއްޔާތަކާއެކު އިއްޔެ ފަށައިފިއެވެ. ގިނަ ޓީމުތަކެއް ވާދަކުރާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެ ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރޯނު އެފްސީ އަދި އިހްވާން އެފްސީ ބައްދަލު ކުރި އިރު، މި މެޗު، 1-11ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ރޯނު އެފްސީއެވެ. މި މެޗުގައި އެ ޓީމުގެ ޒިދާން އަޙްމަދު […]

ޕީއެންސީގެ ނައިބު ރައީސުން ހޮވައިފި
Raajje

ޕީއެންސީގެ ނައިބު ރައީސުން ހޮވައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަޤާމަށް ހަ ބޭފުޅަކު އިންތިޚާބުކޮށްފިއެވެ. މިހާރު ކުރިއަށް އެ ޕާޓީގެ މަތީ މަޖިލީހުގެ ތެރެއިން ބޭއްވި މިއިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކުރި ހޯއްދެވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ. ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިޚާބުވި ބޭފުޅުންގެ ތެރޭގައި ވަޒީރު ޢަބްދުﷲ ރާފިއުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމ...

ކާށިދޫ ކަނޑުގައި ދިޔަވަމުންދާ ސަޕްލައި ދޯންޏަކަށް ފުލުހުން އެހީތެރިވާން ފަށައިފި
Raajje

ކާށިދޫ ކަނޑުގައި ދިޔަވަމުންދާ ސަޕްލައި ދޯންޏަކަށް ފުލުހުން އެހީތެރިވާން ފަށައިފި

މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑަށް އަރިއަޅާލައި، ދިޔަވާތީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ “ސީލައިން 3” ނަމަކަށްކިޔާ ސަޕްލައި ދޯންޏެއްގައެވެ. މި ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް، ދޯނި އަރިއަޅާލައި ދިޔަވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރުއެވެ. މި ހާދިސާގ...

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (24)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (24)

13 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ: ” ދެ މީހުންގެ ލާރިން ނުވަންޏާ، މާޔާގެ އާއިލާގެ މީހުން އެހީތެރި ނުވާނެތަ؟ މި ޒަމާނުގައި ކައިވެންޏެއް ކުރަންޏާ ދެ ފަރާތުން ވެސް އެއްވަރަކަށް ހިއްސާ އޮވެގެން ބޮޑެތި ޙަފްލާތައް ބާއްވަނީ.” ޖަމީލާ ބުނެލިއެވެ. އެ ވަގުތު އާއިޒަށް ޖެހުނީ ނޭވާ ހިފަހައްޓާލާށެވެ. މާޔާގެ ހިތް ވެސް ނުތަނަަވަސްކަމާއެކު ބާރުބާރަށް ތެޅެމުންދެއެވެ. ޖަމީލާގެ ވާހަކަތަކަށް ޖަވާބުދޭކަށް މާޔާއަކަށް ފަސޭހައެއް ނުވިއެވެ. އެހެންވެ، އިރުއިރުކޮޅުން އޭނާއަށް ބަލައިލެވެނީ އާއިޒަށެވެ. ނަމަވެސް ފޯނުގެ ސްކްރީނަށ...

ކުޅުދުއްފުށީގެ ވިޔަފާރިތަކަށާއި ހދ.ކައުންސިލްތަކަށް ބޮޑު ބާޒާރުން އިތުރު ފުރުޞަތުތަކެއް
Thiladhunmathi News

ކުޅުދުއްފުށީގެ ވިޔަފާރިތަކަށާއި ހދ.ކައުންސިލްތަކަށް ބޮޑު ބާޒާރުން އިތުރު ފުރުޞަތުތަކެއް

ރަޖިސްޓްރީކޮށްގެން ހދ. ކުޅުދުއްފުށި ސިޓީގައި ހިންގާ ވިޔަފާރިތަކަށާއި ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ،  “ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު” ގައި، ހިޔާކޮށްފައިވާ ޓެންޓް ގޮޅީގެ ގޮތުގައި އިތުރު 7 ޖާގައަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ. އެ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ފުރުޞަތު ހުޅުވާލެވިފައިވަނީ ރަޖިސްޓްރީކޮށްގެން ކުޅުދުއްފުށީ ސިޓީގައި ހިންގާ ވިޔަފާރިތަކަށާއި، ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށެވެ. މިކަމާގުޅިގެން އެ ކައުންސިލުން ކޮ...

ކޮންމެ އިންތިޚާބެއްގައިވެސް މޮޅުވާ ބަޔަކާއި ބަލިވާ ބަޔަކު ތިބޭނެ، މުހިންމީ ގައުމީ މަސްލަހަތު: ރައީސް
Raajje

ކޮންމެ އިންތިޚާބެއްގައިވެސް މޮޅުވާ ބަޔަކާއި ބަލިވާ ބަޔަކު ތިބޭނެ، މުހިންމީ ގައުމީ މަސްލަހަތު: ރައީސް

ކޮންމެ އިންތިޚާބެއްގައި ވެސް މޮޅުވާ ބަޔަކާއި ބަލިވާ ބަޔަކު ތިބޭނެ ކަމަށާއި އެންމެ މުހިންމު ކަމަކީ ގައުމީ މަސްލަހަތު އިސްކުރުން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ ޕާޓީގެ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ ކުރިއަށް އޮތް ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެތެރޭގެ އިންތިޚާބަކަށް ވިޔަސް، ގައުމީ ފެންވަރުގެ...

މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރާއި ޓްރެފިކްގެ މައްސަލަތައް ހައްލުކުރާ އޮފީހުގެ ސީއީއޯއަކަށް މާނިއު
Raajje

މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރާއި ޓްރެފިކްގެ މައްސަލަތައް ހައްލުކުރާ އޮފީހުގެ ސީއީއޯއަކަށް މާނިއު

މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރާއި ޓްރެފިކްގެ މައްސަލަތައް ހައްލުކުރުމަށް އަލަށް އުފެއްދި “ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް” ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، ކަސްޓަމްސްގެ ކުރީގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު އައްޔަންކުރައްވައިފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާނިއު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. މާނިއު މީގެ ކުރިން ވަނީ މި ސަރުކާރުގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސ...

ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބަދަހިކުރަން މަތީ ފަންތީގެ ކޮމިޝަނެއް އެކުލަވާލުމުގެ މަޝްވަރާތައް ކޮށްފި
Raajje

ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބަދަހިކުރަން މަތީ ފަންތީގެ ކޮމިޝަނެއް އެކުލަވާލުމުގެ މަޝްވަރާތައް ކޮށްފި

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މަތީ ފަންތީގެ ކޮމިޝަނެއް އެކުލަވާލުމާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިކަން ހާމަކުރެއްވީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ވެރިން ދެއްވި ގުޅިފައިވާ ބަޔާނުގައެވެ. ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އެކުލަވާލުމަށް މަޝްވަރާކުރެވުނު މި ކޮމިޝަން ދާދި އަވަހަށް އެކުލަވާލެވި، އޭގެ ފުރަތަމަ ބައްދަލުވު...

5 އަހަރު ކުރިން ހަވާލުކުރި މިލަންދޫގެ 50 ހައުސިން ޔުނިޓުގެ މަސައްކަތް ނިމެނީ
Thiladhunmathi News

5 އަހަރު ކުރިން ހަވާލުކުރި މިލަންދޫގެ 50 ހައުސިން ޔުނިޓުގެ މަސައްކަތް ނިމެނީ

ށ. މިލަންދޫގައި އަޅަމުންދާ 50 ހައުސިން ޔުނިޓްތަކުގެ މަސައްކަތް ގާތްގަނޑަކަށް އެއްކޮށް ނިމިއްޖެއެވެ. ހައުސިން މިނިސްޓްރީން ބުނީ އެ ހައުސިން ޔުނިޓްތަކުގެ 95 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްގެންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. މިލަންދޫގައި 50 ހައުސިން […]

ކުޅުދުއްފުށި ސާފު ސިޓީއަކަށް ހެދުމަށް ''ސިޓީ ކުލުނު'' އިނިޝިއޭޓިވް ތަޢާރަފުކޮށްފި
Thiladhunmathi News

ކުޅުދުއްފުށި ސާފު ސިޓީއަކަށް ހެދުމަށް ''ސިޓީ ކުލުނު'' އިނިޝިއޭޓިވް ތަޢާރަފުކޮށްފި

ކުޅުދުއްފުށި ސިޓީއަކީ ހިތްގައިމު އަދި ސާފު ސިޓީއަކަށް ހެދުމަށްޓަކައި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގެ މަޤްޞަދުގައި ”ސިޓީ ކުލުނު“ ނަމުގައި ޚާއްޞަ އިނިޝިއޭޓިވްއެއް މިއަދު ފަށައިފިއެވެ. ސިޓީގެ އާންމު ޝަކުވާތަކާއި މުނިސިޕަލް މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އިނިޝިއޭޓިވްގެ ދަށުން ޚާއްޞަ ވައިބަރ ނަންބަރެއް ސިޓީ ކައުންސިލުން މިއަދު ވަނީ އިފްތިތާޙުކޮށްފައެވެ. މި ވައިބަރ ނަންބަރު މެދުވެރިކޮށް އާންމުން ހުށަހަ...

ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށް ބެލިއިރު ފެނުނީ ބަނގުރާ
Raajje

ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށް ބެލިއިރު ފެނުނީ ބަނގުރާ

ހުޅުމާލެ ފޭސް 2 ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހި މަޑުނުކޮށް ދިޔަ އުޅަނދެއް ދުއްވަން އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނީ، ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭ 19:10 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2، ބެރެބެދިމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހުމަށްފަހު މަޑުނުކޮށް ގޮސްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން […]

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް އިވެލުއޭޓްކުރާނެ ބަޔަކު ހޯދަނީ
Business

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް އިވެލުއޭޓްކުރާނެ ބަޔަކު ހޯދަނީ

އަންނަ ޑިސެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ އެމްއެމްއޭ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް ބަލައި އެސެސްކުރުމަށްޓަކައި “ޕިއާ ރިވިއު ޕޫލް”ގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ. މިއީ އެ ކޮންފަރެންސަށް ހުށަހެޅޭ އިލްމީ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް، ދިރާސާތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެމްއެމްއޭއިން ކުރިއަށްދާ ކަމެކެވެ. އެމްއެމްއޭއިން ބުނި ގޮތުގައި މި ޕިއާ ރިވިއު ޕޫލްގައި ހިމެނޭނީ ތައުލީމީ ދާއިރާގެ ބ...