Skip to main content
Editorial Archives

Explore News Archive

މައްކާ، ތާއިފް އަދި ޖިއްދާއަށް ކުރިމަތިވި ނުރައްކާތެރި ހާލަތު ފާއިތުވެއްޖެ ކަމަށް ސައޫދީން ޢިއުލާންކޮށްފި
International

މައްކާ، ތާއިފް އަދި ޖިއްދާއަށް ކުރިމަތިވި ނުރައްކާތެރި ހާލަތު ފާއިތުވެއްޖެ ކަމަށް ސައޫދީން ޢިއުލާންކޮށްފި

ސައޫދީ އަރަބިއްޔާގެ މައްކާ، ތާއިފް، ޖިއްދާ އަދި އެ ސަރަހައްދުތަކުގެ ވަށައިގެންވާ ހިސާބުތަކަށް ކުރިމަތިވެދާނެ ކަމަށް ބެލެވުނު ނުރައްކާތެރި ހާލަތު ފާއިތުވެ ގޮސްފައިވާ ކަމަށް ސައޫދީގެ ނޭޝަނަލް އާލީ ވޯނިންގ ޕްލެޓްފޯމުން އިއުލާނުކޮށްފިއެވެ. ސައޫދީގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ސިވިލް ޑިފެންސުން ނޭޝަނަލް އާލީ ވޯނިންގ ޕްލެޓްފޯމް މެދުވެރިކޮށް ހާމަކުރި ގޮތުގައި، މި ސަރަހައްދުތަކަށް ކުރިމަތިވި ނުރައްކާ މިހާރު ވަނީ ފާއިތުވެފައެވެ. އަދި އާންމު ރައްޔިތުންނަށް އެމީހުންގެ އާންމު ދިރިއުޅުމުގެ ކަންކަމައިގެން ކު...

ދީނީ އިލްމުވެރިންގެ މަޖިލީހާއެކު ޕީއެންސީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް
Raajje

ދީނީ އިލްމުވެރިންގެ މަޖިލީހާއެކު ޕީއެންސީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ދީނީ އިލްމުވެރިންގެ މަޖިލީހާއި އިތުރު ހަރަކާތްތަކެއް ހިމެނޭ ގޮތަށް އެ ގަވާއިދު އެ ޕާޓީގެ މަތީ މަޖިލީހުން އެންޑޯސްކޮށްފިއެވެ.   މި ބަދަލުތައް އެންޑޯސްކޮށްފައިވަނީ މިއަދު ހެނދުނު ފެށުނު ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ ދެވަނަ ދަންފަޅީގައި ބައިވެރިވެވަޑައިގެންނެވި މަންދޫބުންގެ އިއްތިފާގުންނެވެ. މިއަދުގެ ބައްދަލުވުމުގައި އަސާސީ ގަވާއިދު ފުރަތަމަ މަތީ މަޖިލީހުން ފާސްކުރުމަށްފަހު ފާއިތުވި މުއްދަތުގަ...

މެލޭޝިއާއާއެކު ދިފާއީ އަދި ދީނީ ދާއިރާއިން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
Raajje

މެލޭޝިއާއާއެކު ދިފާއީ އަދި ދީނީ ދާއިރާއިން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ދާއިރާތަަކަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ހަސަނ...

ޕީއެންސީގެ މަތީ މަޖިލިސް ފަށައިފި
Raajje

ޕީއެންސީގެ މަތީ މަޖިލިސް ފަށައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަހުގެ 18 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގެ އިފްތިތާހީ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޕީއެންސީ އަބަދުވެސް ދެމިއޮންނާނީ ގައުމަށް ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ހޯދައިދިނުމުގައި ކަމަށެވެ. އަދި ސިޔާސީ ވާދަވެރިން ގައުމުގައި ހަމަނުޖެ...

މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި
Raajje

މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ. ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވެވި މި ޚާއްޞަ ރަސްމިއްޔާތުގައި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގެ ތެރެއިން މެލޭޝިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ސަގާފީ ހުށަހެޅުމެއް ވަނީ ހުށަހަޅައިދީފައެވެ. އަދި އެއަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެން...

އުފެއްދުންތެރިކަމުގެ މައުޒަރުގެ ބޮޑުބެރު މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Business

އުފެއްދުންތެރިކަމުގެ މައުޒަރުގެ ބޮޑުބެރު މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން “ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026″ގެ ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ  ބޮޑުބެރު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން މަޢުލޫމާތުދޭ ގޮތުގައި މި މުބާރާތަކީ ދިވެހި ސަޤާފީ ފަންނުތައް ދިރުވައި އާލާކުރުމަށާއި، ސަޤާފީ ހުށަހެޅުންތަކުގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުޞަތު ފަހިކޮށް، ބޮޑުބެރުގެ ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން، މި އަހަރުގެ ބޮޑު...

ފުނަދޫ ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ ޑިޒައިނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ފުނަދޫ ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ ޑިޒައިނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ށ. ފުނަދޫ ބިންހިއްކުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ގެ ކުރެހުމަށް ރައްޔިތުންގެ ޚިޔާލުހޯދުމަށް ހުޅުވާލައިފިއެވެ. އެ ރަށު ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބިން ހިއްކާ ސަރަޙައްދު ފާހަގަކޮއްފައިވާ އެ ރަށުގެ ފޮޓޯއެއް އާއްމު ކުރުމަށްފަހު، އެ ކައުންސިލުން ބުނެފައިވަނީ، އެ ކުރެހުމާ ގުޅިގެން، އެއްވެސް ޚިޔާލެއް، މަޝްވަރާއެއް ނުވަތަ ކަންބޮޑުވުމެއް ވާނަމަ އެ އިދާރާއާ ޙިއްޞާ ކުރުމަށެވެ. އެ ގޮތުން، ރައްޔިތުންގެ ޙިޔާލުތައް، އެ ކުރެހުމާއެކު ހިމަނާފައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުމަށް ކައުންސިލުން އެދިފ...

މާޒީ އެއްފަރާތްކޮށް އެކުގައި އާ މުސްތަގުބަލެއް ބިނާކުރުމަށް އީރާނާއި ޔޫއޭއީން އެއްބަސްވެއްޖެ
International

މާޒީ އެއްފަރާތްކޮށް އެކުގައި އާ މުސްތަގުބަލެއް ބިނާކުރުމަށް އީރާނާއި ޔޫއޭއީން އެއްބަސްވެއްޖެ

މާޒީގައި ހިނގައިދިޔަ ކަންކަން އެއްފަރާތްކޮށް، ދެ ގައުމު ގުޅިގެން އާ މުސްތަގުބަލެއް ބިނާކުރުމަށް އީރާނާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަށް އާދެވިފައިވަނީ އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ ބްރިކްސް ސަމިޓުގެ ހަވާސާގައި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަދި އަބޫދާބީގެ ވަލީއަހުދު ޝެއިޚް ޚާލިދު ބިން މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ބޭއްވެވި ބައްދަލުވުމުގައެވެ. ދެ ގައުމުގެ ދެމެދުގައި ބޭއްވުނު މި ބައްދަލުވުމުގައި ސަރަހައްދީ ހަމަނުޖެހުންތައް...

ހޮޓްލައިނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ދެ ބިދޭސީއަކު އަތުލައިގަނެފި
Raajje

ހޮޓްލައިނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ދެ ބިދޭސީއަކު އަތުލައިގަނެފި

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން ބަންގްލަދޭޝްގެ ދެ ރައްޔިތަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ. މި ދެ މީހުންގެ ތެރެއިން އެމްޑީ މަސްއޫދު 2026 ސެޕްޓެމްބަރު 11 ވަނަ ދުވަހު ބަންދުކޮށްފައިވާއިރު، އަބޫ ތާހ...

ކަންމަތީ ފިހާރަތަކުގައި ޑޮލަރުގެ ކަޅު ބާޒާރު: ''ދިވެހިން ނިވާފަތްގަނޑަކަށް ހެދިޔަސް ސަލާމަތެއް ނުވެވޭނެ''
Raajje

ކަންމަތީ ފިހާރަތަކުގައި ޑޮލަރުގެ ކަޅު ބާޒާރު: ''ދިވެހިން ނިވާފަތްގަނޑަކަށް ހެދިޔަސް ސަލާމަތެއް ނުވެވޭނެ''

ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ކަމަށް ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން 12 ބިދޭސީއެއްގެ މައްސަލަ ތަޙްޤީގުކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން ނުވަ މީހަކު މިހާރު ޑިޓެންޝަނަށް ގެންގޮސްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް...

މިހާތަނަށް ބަންކަރިންގެ ހިދުމަތުން 1.2 ބިލިއަން ރުފިޔާ، މަހުން މަހަށް ލިބޭ އާމްދަނީވެސް އިތުރުވޭ: ސައީދު
Raajje

މިހާތަނަށް ބަންކަރިންގެ ހިދުމަތުން 1.2 ބިލިއަން ރުފިޔާ، މަހުން މަހަށް ލިބޭ އާމްދަނީވެސް އިތުރުވޭ: ސައީދު

ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދޭން ފެށިފަހުން މިހާތަނަށް 1.2 ބިލިއަން ރުފިޔާ (80 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވާ ކަމަށާއި، މަހުން މަހަށް އެ ހިދުމަތުން ލިބޭ އާމްދަނީ އިތުރުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ތިން މިނިސްޓްރީއެއް ގުޅިގެން ބޭއްވި މީޑިއާ ބްރީފިންގައި، އެންމެ ފަހުގެ ރިޕޯޓުތަކާ ހަވާލާދެއްވައި މިނިސްޓަރު ސައީދު ވިދާޅުވީ، ބަންކަރިން ވިޔަފާރިން 80 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ. މިއީ މީގެ […]

ބިޒްނަސް އާއި ސްޕެޝަލް ވިޒާ ގައި ރާއްޖޭ އައިސް، ވަރކް ވިޒާއަށް ބަދަލުކުރުން މަނާކޮށްފި
Raajje

ބިޒްނަސް އާއި ސްޕެޝަލް ވިޒާ ގައި ރާއްޖޭ އައިސް، ވަރކް ވިޒާއަށް ބަދަލުކުރުން މަނާކޮށްފި

ބިޒްނަސް ވިޒާ އާއި ސްޕެޝަލް ވިޒާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް، ރާއްޖޭގައި ތިބެގެން ‘ވަރކް ވިޒާ’ އަށް ބަދަލުނުވެވޭގޮތް ހަދައި، އެކަން އެގޮތަށް ކުރުން މަނާކޮށްފިއެވެ. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އުޞޫލު އިޞްލާޙުކޮށް ހަރުދަނާކުރުމުގެ ގޮތުން ނިންމި މި ނިންމުމަށް ޢަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން ކަމަށެވެ. އެހެންކަމުން އެ ތާރީޚުން ފެށިގެން ބިޒްނަސް ވިޒާ ނުވަތަ ސްޕެޝަލް ވިޒާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ރ...

21 މިލިއަން ރުފިޔާއަށް ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑު ތަރައްގީކުރަން އެމްޓީސީސީއަށް
Business

21 މިލިއަން ރުފިޔާއަށް ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑު ތަރައްގީކުރަން އެމްޓީސީސީއަށް

ހއ. ބާރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތާއި ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައް...

މެލޭޝިއާގެ ބޮޑުވަޒީރު ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
Raajje

މެލޭޝިއާގެ ބޮޑުވަޒީރު ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މެލޭޝިއާގެ ބޮޑުވަޒީރުގެ މި ފުރަމާނަ ދަތުރުފުޅަކީ މި މަހުގެ 14 އިން 15 އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރުގެ އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގ...

ސަޤާފީ ވާދައިގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
News

ސަޤާފީ ވާދައިގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން “ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026″ގެ ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ  ސަޤާފީ ވާދައިގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިވެހި ސަޤާފަތުގެ މުއްސަނދިކަން ދިރުވައި އާލާކުރުމަށާއި، ސަޤާފީ ހުށަހެޅުންތަކުގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުޞަތު ފަހިކޮށް، މި ދާއިރާއިން ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އެ ކުންފުނިން ކުރިއަށް ގެންދާ މި އަހަރުގެ ސަޤާފީ ވާދައިގައި، ސަޤާފީ އެކި ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުޞަތު ހު...