150 މިލިއަން ޑޮލަރުގެ އެސްބީއައި ލޯނު ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފި
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ކުރީގެ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނު ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފިއެވެ. މިއީ ދައުލަތުގެ ބަޖެޓު ހަމަޖެއްސުމުގެ ބޭނުމުގައި 2019 ވަނަ އަހަރު ތިން ފަހަރު މަތިން ނަގާފައިވާ ލޯނެކެވެ. ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށް އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު މި ލޯނު ނަގާފައިވަނީ ތިން ބަޔަކަށް ބަހާލައިގެން 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްގެ ގޮތުގައެވެ. އެގޮތުން 2019 ވަނަ އަހަރުގެ މާރިޗު […]