Skip to main content
Editorial Archives

Explore News Archive

ބިލެތްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ޗެމްޕިއަންކަން ކްރިސްޓަލް އެފްޓީ ހޯދައިފި
Sports

ބިލެތްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ޗެމްޕިއަންކަން ކްރިސްޓަލް އެފްޓީ ހޯދައިފި

ށ. ބިލެތްފަހި ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި “ބިލެއްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާ” ގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްރިސްޓަލް އެފްޓީން ހޯދައިފިއެވެ. މި މުބާރާތުގެ ރަނަރަޕް މަޤާމު ހޯދާފައިވަނީ ދަ ޗެލެންޖާސް އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމު، ކްރިސްޓަލް އެފްޓީއަށް 15,000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައިވާއިރު، ރަނަރަޕް ޓީމު ދަ ޗެލެންޖާސްއަށް ވަނީ 7,500 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މި މުބާރާތުގެ ޚާއްޞަ މަޤާމުތަކަށް ހޮވުނު ފަރާތްތަކަށް ވެސް އެ ކައުންސިލުން ވަނީ ޓްރޮފީ...

ހއ.އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އަޕްޑޭޓް ދީފި
Business

ހއ.އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އަޕްޑޭޓް ދީފި

ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ސައިޓުގައި މިހާރު ކުރިއަށްދަނީ ލީން ކޮންކްރީޓް އެޅުމާއި، ސްޓްރިޕް ފޫޓިންގ ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން ޓައި ބީމް ރީއިންފޯސްމަންޓް އަދި ޝަޓަރިންގ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 22 ނޮވެމްބަރު 2025 ގައެވެ. މި މަޝްރޫޢުގެ ދަށުން 4 ފަންގިފިލާ ހިމެނޭ ގޮތަށް 50 އެނދުގެ ޖާގައިގެ ހޮސްޕިޓަލެއް ޢިމާރާތް ކުރުމާއި، […]

އީގަލް ހިލްސްއިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅަނީ، އާންމުންގެ ގޯތިތަކަށް އަސަރެއް ނުކުރާނެ
Raajje

އީގަލް ހިލްސްއިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅަނީ، އާންމުންގެ ގޯތިތަކަށް އަސަރެއް ނުކުރާނެ

ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން މިއަދު ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅައިދޭނެކަމަށް އިންފްރާސްޓަކްޗަރ ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނިގޮތުގައި، ރަސްމާލޭގެ މި މަޝްރޫއުގެ ސަބަބުން އާންމުންނަށް ދޭން ކަނޑައަޅާފައިވާ ގޯއްޗާއި ފްލެޓްތަކުގެ އަދަދަ...

ނޫސްވެރިން ބޭރުކުރުމުން އެމެރިކާގެ ބޮޑެތި މީޑިއާތަކުން ޓްރަމްޕްގެ ހަރަކާތްތައް ބޮއިކޮޓްކޮށްފި
International

ނޫސްވެރިން ބޭރުކުރުމުން އެމެރިކާގެ ބޮޑެތި މީޑިއާތަކުން ޓްރަމްޕްގެ ހަރަކާތްތައް ބޮއިކޮޓްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބައެއް ނޫސް އިދާރާތަކުގެ ނޫސްވެރިންގެ އެކްރެޑިޓޭޝަން ބާތިލްކޮށް ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، އެމެރިކާގެ އެންމެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން އޭނާގެ އާންމު ހަރަކާތްތައް ކަވަރުކުރުން ވަގުތުން ސަސްޕެންޑްކޮށްފިއެވެ. ވައިޓް ހައުސްގެ ޓީވީ ޕޫލްގައި ހިމެނޭ އޭބީސީ، ސީބީއެސް، ސީއެންއެން، އެންބީސީ އަދި ފޮކްސް ނިއުސް އިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ ރިޕޯޓިންއާ މެދު ހިތްހަމަނުޖެހިގެން އެއްވެސް އިދާރާއަކުން ނޫސް އިދާރާއެއްގެ މަސަ...

ރައީސް މުއިއްޒުގެ މަސައްކަތްޕުޅާއެކު ރާއްޖޭގެ އިޤްތިޞާދު ނަގާކޮޅަށް ޖެހޭނެ: ޝުޖާޢު
Raajje

ރައީސް މުއިއްޒުގެ މަސައްކަތްޕުޅާއެކު ރާއްޖޭގެ އިޤްތިޞާދު ނަގާކޮޅަށް ޖެހޭނެ: ޝުޖާޢު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދު ނަގާކޮޅަށް ޖެހި، ރާއްޖެއަކީ އިންވެސްޓަރުން އިތުބާރުކުރާ ޤައުމަކަށް ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ، ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެންނެވެ. މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑު ހެޔޮ ބަދަލެއް ގެނުވާނެ ކާމިޔާބު މަޝ...

މަކުނުދޫ ރައްޔިތުންނަށް ސޯލާ ޕެނަލަށް އަހުލުވެރި ކުރުމުގެ ސެޝަނެއް ބާއްވަނީ
Thiladhunmathi News

މަކުނުދޫ ރައްޔިތުންނަށް ސޯލާ ޕެނަލަށް އަހުލުވެރި ކުރުމުގެ ސެޝަނެއް ބާއްވަނީ

އިޔާދަ ކުރެވޭނެ ހަކަތަ ނުވަތަ އަވިން ހަކަތަ އުފެއްދުމަށް ސޯލާ ޕެނަލް ބޭނުން ކުރުމާ ބެހޭގޮތުން ހދ. މަކުނުދޫ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ. މި ސެޝަނަކީ އެއޯން އެނަރޖީއާއި މަކުނުދޫ ކައުންސިލް ގުޅިގެން އިންތިޒާމްކުރާ ސެޝަނެކެވެ. 22 ސެޕްޓެމްބަރ 2026ވާ އަންގާރަ (މާދަމާ)ގެ މެންދުރުފަހު 13:00ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަން އޮންނާނީ އެ ރަށު ކާނިމާލަމުގައެވެ. އަދި މި ސެޝަނުގައި ބައިވެރިވުމުގެ ފުރުޞަތު އެންމެހައި ރައްޔިތުންނަށް ވަނީ ހުޅުވާލެވިފައެވެ. މަކުނުދ...

އީރާނުގެ އަސްކަރީ އުފެއްދުންތައް ދެގުނައަށް: ''ދުނިޔެ ސިއްސައިގެންދާވަރުގެ އާ ހަތިޔާރުތަކެއް ނެރެނީ''
International

އީރާނުގެ އަސްކަރީ އުފެއްދުންތައް ދެގުނައަށް: ''ދުނިޔެ ސިއްސައިގެންދާވަރުގެ އާ ހަތިޔާރުތަކެއް ނެރެނީ''

އެމެރިކާއާއި އިސްރާއީލާއެކު އޮތް މަޝްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ދުނިޔެއަށް މީގެ ކުރިން ފެނިފައިނުވާ ފަދަ އާ ހަތިޔާރުތަކެއް އުފައްދާފައިވާ ކަމަށާއި، އަސްކަރީ ކުރިމަތިލުމެއް އަތުވެއްޖެނަމަ ކުރިން ނުފެންނަ ފަދަ ބޮޑު ރައްދެއް ދޭނެ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތައް މެދުވެރިކޮށް އެ ގައުމުގެ އަސްކަރިއްޔާއިން މިކަން ހާމަކޮށްފައިވަނީ ސަރަހައްދީ މަޝްރަހު އިންތިހާއަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ތަރު...

''1965 ގައި ހޯދީ ބަލައިގަތުން، މިއަދު ރާއްޖެ އޮތީ އދ. ބައްޓަންކުރާ އިސް ސަފުގައި'' 
Raajje

''1965 ގައި ހޯދީ ބަލައިގަތުން، މިއަދު ރާއްޖެ އޮތީ އދ. ބައްޓަންކުރާ އިސް ސަފުގައި'' 

އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާ (އދ.) އަށް މާނަހުރި އިޞްލާޙުތައް ގެނައުމަށާއި އެ ޖަމުޢިއްޔާގެ ތެރޭގައި އެންމެހާ ޤައުމުތަކަށް ހަމަހަމަ ތަމްސީލުވުން ލިބިދިނުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. ދިވެހިރާއްޖެއަށް އދ. ގެ މެންބަރުކަން ލިބިފައިވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ. ރައީސްގެ ...

މާނޭގެ ރަށުގައި 20 މިލިއަން ޑޮލަރުގެ މަޝްރޫއެއް، 78،000 އަނބުގަސް އިންދައި 2،500 ވަޒީފާގެ ފުރުސަތު
Sports

މާނޭގެ ރަށުގައި 20 މިލިއަން ޑޮލަރުގެ މަޝްރޫއެއް، 78،000 އަނބުގަސް އިންދައި 2،500 ވަޒީފާގެ ފުރުސަތު

ސެނެގާލްގެ ގައުމީ ޓީމާއި ސައޫދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުންދާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސާޑިއޯ މާނޭ، އޭނާގެ އުފަން ރަށް ކަމަށްވާ ސެނެގާލްގެ ބަމްބާލީގައި 20.4 މިލިއަން ޑޮލަރު (15 މިލިއަން ޕައުންޑް ނުވަތަ 11.7 ބިލިއަން ސީއެފްއޭ ފްރެންކް) ގެ ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ނިންމައިފިއެވެ. “އެސްއެމް10 އެގްރޯ” ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ އެ ސަރަހައްދުގެ ދަނޑުވެރިކަން ކުރިއަރުވައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މަގުސަދުގައި ފަށާ މަޝްރޫއެކެވެ. މި މަޝްރޫއުގެ […]

ޗައިނާއާ ގުޅިގެން މަސްވެރިކަމާއި ބްލޫ އިކޮނޮމީގެ ޚާއްސަ ތަމްރީނެއް ފަށައިފި
Raajje

ޗައިނާއާ ގުޅިގެން މަސްވެރިކަމާއި ބްލޫ އިކޮނޮމީގެ ޚާއްސަ ތަމްރީނެއް ފަށައިފި

މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއާއި ޗައިނާގެ ހައިނާން ޔުނިވަސިޓީ ގުޅިގެން، މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި މަހުގެ 21 އިން 22 އަށް ކުރިއަށްދާ މި ތަމްރީނު ވަރކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ބައިވެރިވެވަޑައިގަންނަވައެވެ. ދެ ދުވަހުގެ...

ޔޫއޭއީގެ ޝައިޚް އަޙްމަދު އަވަހާރަވުމުން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި
Raajje

ޔޫއޭއީގެ ޝައިޚް އަޙްމަދު އަވަހާރަވުމުން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ދުބައިގެ ވެރިޔާ، ނައިބު ރައީސް އަދި ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އަޚް، ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި، ޝާހީ އާއިލާއަށް އަދި ޔޫއޭއީގެ އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާއާއި ހަމްދަރުދީ […]

މާމަކުނުދޫ ފުޓްސަލް: ބިއްލެޑޭ އެފްސީ އަށް ބޮޑު މޮޅެއް، ދަގަތަ އެފްސީ، ރޯނު އެފްސީން އަދި ޒައިޒީ ޗެލެންޖާސް އަށް ކާމިޔާބު
Sports

މާމަކުނުދޫ ފުޓްސަލް: ބިއްލެޑޭ އެފްސީ އަށް ބޮޑު މޮޅެއް، ދަގަތަ އެފްސީ، ރޯނު އެފްސީން އަދި ޒައިޒީ ޗެލެންޖާސް އަށް ކާމިޔާބު

ހދ މަކުނުދޫ ކައުންސިލްގެ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް”ގެ އިއްޔެގެ މެޗުތަކުން އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ބިއްލެޑޭ އެފްސީއެވެ. އެ ޓީމުން ވަނީ އިހްވާން އެފްސީގެ މައްޗަށް 10-2ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބިފައިވަނީ އެ ޓީމަށް 4 ލަނޑު ޖަހައި ޕޯކާ ފުރިހަމަކޮއްފައިވާ މުޙައްމަދު ޔަފާޢުއެވެ. މީގެއިތުރުން މުޙައްމަދު ނައިސަމް ވަނީ އެ ޓީމަށް 3 ލަނޑު ޖަހައިދީ ހެޓްރިކް ފުރިހަމަކޮއްފައެވެ. އިއްޔެ ކުޅުނު އަންހެން ޑިވިޜަނުގެ މެޗުތަކުން، […]

ނޫމަރާ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި
Sports

ނޫމަރާ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި

ށ. ނޫމަރާ ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށް ގެންދާ “ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026” އިއްޔެ ފަށައިފިއެވެ. އެގޮތުން މުބާރާތުގައި ފުރަތަމަ ބައްދަލުކުރި “ކަތިރިޔަންސް” އަދި “ޗެމްޕިއަން” ގެ މެޗު ކާމިޔާބުކުރީ ޗެމްޕިއަން ޓީމެވެ. ނޫމަރާ ކައުންސިލް ރައީސް އިބްރާހީމް ފުއާދު “ތިލަދުން”އަށް ވިދާޅުވީ، މި ފިއެސްޓާގައި ބޭއްވުމަށް ހަމަޖެހިފާ ވޮލީ މުބާރާތުގައި އަންހެން 3 ޓީމާއި، ފިރިހެން 3 ޓީމާއެކު ޖުމްލަ 6 ޓީމު ވާދަކުރާނެ ކަމަށެވެ. މުބާރާތުގެ އެއްވަނަ ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމު […]

ރަސްމާލެއިން މާލީ ދަތިކަމަށް އަވަސް ހައްލެއް ނުލިބޭނެ، ރަނގަޅީ ދައުލަތުގެ ހަރުމުދާ ވިއްކާލުން: ރައީސް ނަޝީދު
Politics

ރަސްމާލެއިން މާލީ ދަތިކަމަށް އަވަސް ހައްލެއް ނުލިބޭނެ، ރަނގަޅީ ދައުލަތުގެ ހަރުމުދާ ވިއްކާލުން: ރައީސް ނަޝީދު

ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ޕްރައިވެޓައިޒް ކުރުން ނުވަތަ ހަރުމުދާ ވިއްކާލުމަކީ ރަނގަޅު ކަމެއް ކަމަށާއި، ރަސްމާލެއިން މި ވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް އަވަސް ހައްލެއް ނުލިބޭނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މީސް މީޑިއާގައި ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރަސްމާލޭގައި ވޯޓަރފްރަންޓެއް ތަރައްޤީ ކުރުމަކީ ރަނގަޅު ޚިޔާލެއް ކަމަށެވެ. ނަމަވެސް، އެ ކަމަކީ މި ވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމާ ކުޑަކޮށްވެސް ގު...

ތާރީޚާއި ސަގާފަތް ދައްކައިދޭ މަކުނުދޫގެ ފޯރިގަދަ ޑްރާމާ މުބާރާތް މި މަހުގެ 26 ގައި
Raajje

ތާރީޚާއި ސަގާފަތް ދައްކައިދޭ މަކުނުދޫގެ ފޯރިގަދަ ޑްރާމާ މުބާރާތް މި މަހުގެ 26 ގައި

ހދ. މަކުނުދޫ ކައުންސިލުން، އެ ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ ޑްރާމާ މުބާރާތުގެ ފޯރިގަދަވެ، ބައިވެރިވާ ޓީމުތަކުން ޑްރާމާތައް އިޝްތިހާރު ކުރުމާއި ފޯރިގަދަ ޕްރެކްޓިސްތައް ކުރިއަށް އެބަދެއެވެ. މަކުނުދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދު “ތިލަދުން”އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި މުބާރާތަކީ މަކުނުދޫގެ މުއްސަނދި ތާރީޚާއި ސަގާފީ އާދަކާދަތައް އާންމުންނަށް ދައްކާލުމާއެކު، މުޅި މުޖުތަމަޢަށް ފައިދާކުރަނިވި މުހިންމު މެސެޖުތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ....