ޑެންގީން ރައްކާތެރިވުމަށް އުތީމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ފަށައިފި
ވިއްސާރަ މޫސުމާ ގުޅިގެން ހއ. އުތީމުން ޑެންގީ ހުން ފެންނަމުންދާތީ، އެ ބަލިން ރައްކާތެރިވުމަށްޓަކައި އުތީމު ކައުންސިލާއި އެ ރަށު ސިއްޙީ މަރުކަޒު ގުޅިގެން ހާއްސަ އަދި ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. އެ ރަށުން، ޑެންގީ ކޭސްތައް ފެނުމާ ގުޅިގެން، ރަށުގެ ކޮންސްޓްރަކްޝަން ސައިޓުތައް ބަލައި މޮނިޓަރ ކުރެވިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. އެގޮތުން ފުރަތަމަ މޮނިޓަރ ކުރިއިރު ބޮޑެތި ބައެއް ސައިޓުތަކުގައި، ފެން ހެދި، މަދިރި ފަނި އަޅާފައި ހުރިކަން ފާހަގަކުރެވުނު ނަމަވެސް، ފަހުން […]