މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރެވޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން: އދ.ގެ ވެރިޔާ
މެދުއިރުމަތީގައި ދެމެހެއްޓެނިވި ހަމަޖެހުމާއި ރައްކާތެރިކަން ގާއިމުކުރެވޭނެ ހަމައެކަނި މަގަކީ އިސްރާއީލާއި ފަލަސްތީނުގެ ދެ ދައުލަތް އެކުއެކީގައި އުފެއްދުން ކަމަށާއި، އެ ނޫން އެހެން އެއްވެސް އިޚްތިޔާރެއް ނެތް ކަމަށް އދ. ގެ އަމީން އާންމު އެންޓޯނިއޯ ގުޓެރޭޝް ވިދާޅުވެއްޖެއެވެ. އދ. ގައި ވާހަކަފުޅު ދައްކަވަމުން ގުޓެރޭޝް ވަނީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ދެ ދައުލަތް އެކުއެކީގައި އޮތުމުގެ ހައްލު (ޓޫ-ސްޓޭޓް ސޮލިއުޝަން) ހޯދައިދިނުމުގެ މުހިންމުކަން އަލުން ތަކުރާރު ކުރައްވާފައެވެ. އިޖުތިމާއީ މީޑިއާ...