ޣައްޒާގެ ހަނގުރާމައާއެކު އދ. ގެ އިތުބާރު ގެއްލިއްޖެ، ނަތަންޔާހޫ ހިންގަނީ ޤަތުލުޢާއްމެއް: ބްރެޒިލް
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ޣައްޒާގައި ހިންގަމުންދަނީ ޤަތުލުޢާއްމެއް ކަމަށާއި، އޭގެ ސަބަބުން ލިބޭ އަނިޔާއާއި ނަފްސާނީ އަސަރުތައް ފަލަސްތީނުގެ އަންނަން އޮތް ޖީލުތަކުން އުފުލަންޖެހޭނެ ކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދާ ސިލްވާ ވިދާޅުވެއްޖެއެވެ. އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ލޫލާ ވަނީ، ބައިނަލްއަގުވާމީ ބޮޑެތި ކުރިމަތިލުންތައް ހުއްޓުވުމަށް އދ. ގެ ސެކިއުރިޓީ ކައުންސިލް ނުކުޅެދިފައިވުމުގެ ސަބަބުން އެ ޖަމްއިއްޔާގެ އިތުބާރު ތާރީޚީ މިންވަރަކަ...