Skip to main content
Editorial Archives

Explore News Archive

ނަތަންޔާހޫގެ ގަތުލުއާންމު ކުށްވެރިކޮށް، އދ.ގެ ވީޓޯ ބާރު އުވާލަން ސްޕޭނުން ގޮވާލައިފި
News

ނަތަންޔާހޫގެ ގަތުލުއާންމު ކުށްވެރިކޮށް، އދ.ގެ ވީޓޯ ބާރު އުވާލަން ސްޕޭނުން ގޮވާލައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރުންނަށް ލިބިދީފައިވާ ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ގޮވާލައްވައިފިއެވެ. އދ. ގެ އާންމު މަޖިލީހުގައި ބުދަ ދުވަހު ތަގުރީރު ކުރައްވަމުން ސަންޗޭޒް ވިދާޅުވީ، ދުނިޔޭގެ އެކި ސަރަހައްދުތަކަށް އިންސާފުވެރި ތަމްސީލުވުމެއް ކަށަވަރުކުރުމަށްޓަކައި ސެކިއުރިޓީ ކައުންސިލް އިސްލާހުކުރަން ޖެހޭ ކަމަށެވެ. އަ...

ނައިޖީރިއާގެ ފުޓްބޯޅަ ތަރި އެކޮންގް އިސްލާމްވެއްޖެ
Sports

ނައިޖީރިއާގެ ފުޓްބޯޅަ ތަރި އެކޮންގް އިސްލާމްވެއްޖެ

ނައިޖީރިއާގެ ގައުމީ ފުޓްބޯޅަ ޓީމު “ސުޕަރ އީގަލްސް” ގެ ކުރީގެ ކެޕްޓަން އަދި ތަޖުރިބާކާރު ސެންޓްރަލް ޑިފެންޑަރު ވިލިއަމް ޓްރޫސްޓް-އެކޮންގް ރަސްމީކޮށް އިސްލާމްދީން ގަބޫލުކޮށްފިއެވެ. ގަތަރުގެ ދޯހާގައި ހުރެ ޝަހާދަތުގެ ދެ ކަލިމަ ކިޔައި އޭނާ ވަނީ އިސްލާމް ވެފައެވެ. އުމުރުން 33 އަހަރުގެ ދިފާއީ ކުޅުންތެރިޔާ ދޯހާގައި ހުރެ އަރަބި ބަހުން ޝަހާދަތުގެ ދެ ކަލިމަ ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. މި ހާދިސާގެ ހަބަރު މިޑްލް އީސްޓް އަދި […]

މީހުން ޓްރެފިކްކުރުން ހުއްޓުވުމާއި ތަހުގީގުތައް ހަރުދަނާކުރަން ފުލުހުންނާއި އައިއޯއެމްގެ މަޝްވަރާއެއް
Raajje

މީހުން ޓްރެފިކްކުރުން ހުއްޓުވުމާއި ތަހުގީގުތައް ހަރުދަނާކުރަން ފުލުހުންނާއި އައިއޯއެމްގެ މަޝްވަރާއެއް

މީހުން ޓްރެފިކްކުރުން ހުއްޓުވުމަށާއި، އެފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް) އާ ދެމެދު މަޝްވަރާކުރައްވައިފިއެވެ. މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި އައިއޯއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޖަމްޢިއްޔާއިން ދިވެހިރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން މިސް ކްރިސްޓިން ޕާރކޯއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައ...

އެމްއެމްއޭ ރިސަރޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Business

އެމްއެމްއޭ ރިސަރޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިސަރޗް ފަންޑުގެ 2026 ވަނަ އަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ޖުމްލަ 5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ގްރާންޓުގެ ދަށުން އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެމްއެމްއޭއިން ބުނި ގޮތުގައި މި ގްރާންޓްތަކުގެ މައިގަނޑު މަޤްސަދަކީ ޢިލްމީ ދިރާސާ އަދި ހެކިތަކަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ދިރާސާ ކަރުދާސް އަދި ފޮތް ލިޔުމަށް ހިތްވ...

އުރީދޫ އެޕްއިން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ
Business

އުރީދޫ އެޕްއިން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ލިބޭ “ރީޗާޖް އެންޑް ވިން” ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ. މިއީ އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހުން ފެށިގެން 31 ޑިސެމްބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ، ކޮންމެ ވަގުތަކު އަދި […]

ރާއްޖެ-ސައުދީ ގުޅުން އޮތީ އިސްލާމީ އުއްވަތްތެރިކަމާއި ބަދަހި އެކުވެރިކަމުގެ މަތީގައި: ރައީސް
Raajje

ރާއްޖެ-ސައުދީ ގުޅުން އޮތީ އިސްލާމީ އުއްވަތްތެރިކަމާއި ބަދަހި އެކުވެރިކަމުގެ މަތީގައި: ރައީސް

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމަކީ އެއް އަގީދާއަކާއި އަގުތަކެއްގެ މައްޗަށް ބިނާވެފައިވާ، އިސްލާމީ އުއްވަތްތެރިކަމާއި ބަދަހި އެކުވެރިކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއް ކަމަށާއި، ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ފެށެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ނިވާ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާއަށް ރައީ...

ފަސް ދާއިރާއެއްގެ ސްޕެޝަލިސްޓުންނާއެކު ށ.އަތޮޅު ހޮސްޕިޓަލުގެ ޓީމެއް މިލަންދޫއަށް
Thiladhunmathi News

ފަސް ދާއިރާއެއްގެ ސްޕެޝަލިސްޓުންނާއެކު ށ.އަތޮޅު ހޮސްޕިޓަލުގެ ޓީމެއް މިލަންދޫއަށް

ށ. އަތޮޅު ހޮސްޕިޓަލުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް އެ އަތޮޅު މިލަންދޫއަށް ޒިޔާރަތްކޮށް ބަލިމީހުން ބެލުމަށް ހަމަޖެހިއްޖެއެވެ. މި ދަތުރަކީ ސްޕެޝަލިސްޓް އައުޓްރީޗް ޕްރޮގްރާމުގެ ދަށުން 24 ސެޕްޓެމްބަރު 2026 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދަތުރެކެވެ.   ށ އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ، މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ސްޕެޝަލިސްޓް ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުންކަމަށެވެ. މި ދަތުރުގައި ބައިވެރިވާ ޓީމުގައި ހިމެނެނީ ލޮލުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަ...

މާއުނގޫދޫ ކަނބަލުންގެ ޞިއްޙީ ދުޅަހެޔޮކަމާއި ނަފުސާނީ ރައްކާތެރިކަމަށް ބޭއްވި ޕްރޮގްރާމްތައް ނިންމާލައިފި
Thiladhunmathi News

މާއުނގޫދޫ ކަނބަލުންގެ ޞިއްޙީ ދުޅަހެޔޮކަމާއި ނަފުސާނީ ރައްކާތެރިކަމަށް ބޭއްވި ޕްރޮގްރާމްތައް ނިންމާލައިފި

ށ. މާއުނގޫދޫގައި ކުރިއަށްގެންދިޔަ ކަސްރަތު ޕްރޮގްރާމާއި، ނަފުސާނީ ގޮތުން ކަނބަލުން ހޭލުންތެރިކުރުމަށް ބޭއްވި ޕްރޮގްރާމް، ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ. މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)އިން އިންތިޒާމްކޮށްގެން، އެ ރަށު އަންހެން ބޭފުޅުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް، އެކުވެރިކަމާއި އިޖްތިމާޢީ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި ކަސްރަތު ޕްރޮގްރާމްގައި ޖުމްލަ 83 ކަނބަލުން ބައިވެރިވެފައިވެއެވެ. އެ ރަށު އތމކ ގެ ރައީސާ ޝަރަފިއްޔާ “ތިލަދުން”އަށް ވިދާޅުވީ، ކަސްރ...

އީރާނުން ދުވަހަކުވެސް ކުޑަކަކޫ ނުޖަހާނެ، ބާރުގެ ބޭނުންކުރުމަށް ދީލައެއް ނުލާނަން: ޕެޒެޝްކިއާން
International

އީރާނުން ދުވަހަކުވެސް ކުޑަކަކޫ ނުޖަހާނެ، ބާރުގެ ބޭނުންކުރުމަށް ދީލައެއް ނުލާނަން: ޕެޒެޝްކިއާން

އެމެރިކާއިން ކުރިމަތިކުރާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބުލީކުރުންތަކުގެ ކުރިމަތީގައި އީރާނުގެ ރައްޔިތުން ދުވަހަކުވެސް ކުޑަކަކޫ ނުޖަހާނެ ކަމަށާއި، ބާރުގެ ބޭނުންކޮށްގެން މަޖުބޫރުކުރުވުމުގެ އުސޫލަށް އެ ގައުމުން ދީލައެއް ނުލާނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ. އދ. ގޭ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކުރައްވައި ޕެޒެޝްކިއާން ވިދާޅުވީ، މަޝްވަރާއާއި ދޭދޭ ވާހަކަތަކަށް އީރާނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް،...

ކުޅުދުއްފުށީ ގައި އައިސްޕްލާންޓެއް ތަރައްޤީކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮއްފި
Raajje

ކުޅުދުއްފުށީ ގައި އައިސްޕްލާންޓެއް ތަރައްޤީކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮއްފި

ކުޅުދުއްފުށި ސިޓީގެ އުތުރު ބަނދަރު ސަރަޙައްދުގައި އައިސް ޕްލާންޓެއް ތަރައްޤީކޮށް، ހިންގުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބޮޑުތިލަ ސީފުޑް އިން ސޮއިކޮށްފިއެވެ. އެ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އައިސް ޕްލާންޓް އެޅުމަށް ދޫކޮށްފައިވަނީ 3334.68 އަކަފޫޓުގެ ބިމެކެވެ. މި ބިން 25 އަހަރު ދުވަހުގެ މުއްދަތަށް ދޫކޮށްފައިވަނީ މަހަކު 4,300 ރުފިޔާގެ މަހު ކުއްޔަށެވެ. މި އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ސޮއިކުރާ ތާރ...

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވަކިވާން ޓްރަމްޕް ގޮވާލުމުން ޖަރުމަނުން ނޫނެކޭ ބުނެފި
International

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވަކިވާން ޓްރަމްޕް ގޮވާލުމުން ޖަރުމަނުން ނޫނެކޭ ބުނެފި

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ މެންބަރު ގައުމުތަކުން އެ ކޯޓުން ވަކިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވި ގޮވާލެއްވުމަށް ޖަރުމަނުވިލާތުން އިންކާރުކޮށް، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އެ ކޯޓާއެކު އެ ގައުމު ދެމިއޮންނާނެ ކަމަށް ބުނެފިއެވެ. ޖަރުމަނުން މިކަން ހާމަކުރީ އެ ގައުމުގެ ހާރިޖީ ވަޒީރު ޔޯހަން ވާޑެފުލް ދެއްވި އިންޓަވިއުއެއްގައެވެ. ޓްރަމްޕް މި ކަމަށް ގޮވާލެއްވީ ނިއުޔޯކްގައި ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ ބަހުސް ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެ […]

ހދ.އަތޮޅުގެ ފަރުތަކުގައި ކަނޑުއަޑީގެ ދިރާސާއެއް: ނޮޅިވަރަމް ކައުންސިލުން އުޅަނދުފަހަރަށް އިލްތިމާސެއް
Thiladhunmathi News

ހދ.އަތޮޅުގެ ފަރުތަކުގައި ކަނޑުއަޑީގެ ދިރާސާއެއް: ނޮޅިވަރަމް ކައުންސިލުން އުޅަނދުފަހަރަށް އިލްތިމާސެއް

ހދ. ނޮޅިވަރަމް ވަށައިގެންވާ ފަރުގެ ސަރަޙައްދުގައި ކަނޑުގެ ދިރާސާއެއް ކުރާތީ، އެ ސަރަޙައްދުގައި ދަތުރުކުރާ، އުޅަނދުފަހަރު ސަމާލުވުމަށް އެ ކައުންސިލުން އެދެފިއެވެ. މިއީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން، ނޮޅިވަރަމް ވަށައިގެންވާ ފަރުތައް ހިމެނޭހެން، ހދ. އަތޮޅުގައި ކަނޑުގެ ދިރާސާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ އެ ކައުންސިލުން ކޮއްފައިވާ އިލްތިމާސެކެވެ. އަދި މި ސާރވޭ ކުރާއިރު، ފައްތާފައިވާ ކެމެރާ ލޮކޭޓް ކުރުމަށް ބޮއި ހަރުކުރެވިފައިވާނެކަމަށް ވެސް  އެ ކައުންސިލުން ބުނެފައިވެއެވެ. މި ސ...

ނަތަންޔާހޫއަށް ބޮޑު ލަދެއް، ނުރުހުމުގެ އަޑުތަކާއެކު މަންދޫބުން މާލަން ދޫކޮށް ދިޔުމުން ވާހަކަދައްކަން ޖެހުނީ ހުސް ގޮނޑިތަކާ
International

ނަތަންޔާހޫއަށް ބޮޑު ލަދެއް، ނުރުހުމުގެ އަޑުތަކާއެކު މަންދޫބުން މާލަން ދޫކޮށް ދިޔުމުން ވާހަކަދައްކަން ޖެހުނީ ހުސް ގޮނޑިތަކާ

އދ. އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ކުރަން ޕޯޑިއަމްކައިރިއަށް ޖެހިލުމާއެކު، ގިނަ ގައުމުތަކެއްގެ ދިޕްލޮމޭޓުން އޭނާއަށް ނުރުހުން ފާޅުކޮށް މާލަމުން ނުކުމެޖެއެވެ. 100 އަށްވުރެ ގިނަ ދިޕްލޮމޭޓުން ހިމެނޭ ގޮތަށް އެތައް ގައުމެއްގެ މަންދޫބުން ވަނީ ތެދުވެ، އަޑުގަދަކޮށް ނުރުހުމުގެ އަޑުތައް ލައްވަމުން އާންމު މަޖިލީހުގެ މާލަން ދޫކޮށް ގޮސްފައެވެ. މިއާއެކު ނަތަންޔާހޫ ތަގުރީރު ކުރަން ޖެހުނީ ގިނަ ގޮނޑިތަކެއް ހުސްކޮށް އޮތް މާލަމެއްގައެވެ. މި ބޮއިކޮޓްގައި މަދުވެގެން 77 ގައ...

ބޮޑުތިލަދުންމަތި ބޮޑު ބާޒާރު: 22 ސްޓޯލާއެކު އެއްބަސްވުމުގައި ސޮއިކޮށް، ގުރުއަތުލުން ބާއްވައިފި
Thiladhunmathi News

ބޮޑުތިލަދުންމަތި ބޮޑު ބާޒާރު: 22 ސްޓޯލާއެކު އެއްބަސްވުމުގައި ސޮއިކޮށް، ގުރުއަތުލުން ބާއްވައިފި

ހދ.ކުޅުދުއްފުށީ ސިޓީކައުންސިލުން ބާއްވާ “ބޮޑުތިލަދުންމަތި ބޮޑު ބާޒާރު”ގައި ސްޓޯލްތައް ބައިވެރިކުރާ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށް، ސްޓޯލްތަކުގެ ގުރުއަތުލުން މިއަދު ބާއްވައިފިއެވެ. އެ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ކުޅުދުއްފުށީ ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށާއި، ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ހުޅުވާލި މި ފުރުޞަތުގައި، ޖުމްލަ 22 ފަރާތަކުން ވަނީ ސްޓޯލް ނަގާފައެވެ. އަދި ބައިވެރިވި މި 22 ސްޓޯލަކީ ވެސް ހަމައެކަނި ކުޅުދުއްފުށީ ސިޓީގައި ރަޖިސްޓްރީކޮށްފައިވާ...

''އިޙްތިރާމްކުރުމުގެ ޤައުމީ މަޝްރޫޢާއެކު ރިވެތި ސިފަތައް އަލުން އިއާދަވެ، އަޅާލާ މުޖުތަމަޢެއް ބިނާކުރެވޭނެ''
Raajje

''އިޙްތިރާމްކުރުމުގެ ޤައުމީ މަޝްރޫޢާއެކު ރިވެތި ސިފަތައް އަލުން އިއާދަވެ، އަޅާލާ މުޖުތަމަޢެއް ބިނާކުރެވޭނެ''

އިޙްތިރާމްއަދާކުރުމުގެ ޤައުމީ މަޝްރޫޢާއެކު ދިވެހީންގެ ތެރޭގައި ނެތެމުންދާ ރިވެތި ސިފަތައް އަށަގެނެވި، އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލާ މުޖުތަމަޢެއް ބިނާކުރެވިގެންދާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ދިވެހިންގެ ތެރޭގައި ކުރިން އޮތް ރިވެތި ސިފަތައް ޒަމާނާއެކު އެކި ސަބަބުތަކާ ހުރެ ބަދަލުވެގެން ގޮސް...