Skip to main content
Editorial Archives

Explore News Archive

ނިއޯނޭޓަލް ކެއާ ހަރުދަނާކުރަން ސިއްހީ ފަންނުވެރިން ތަމްރީނުކުރުމަށް އިންވެސްޓްކުރަން މެޑަމް ސާޖިދާ ގޮވާލައްވައިފި
Raajje

ނިއޯނޭޓަލް ކެއާ ހަރުދަނާކުރަން ސިއްހީ ފަންނުވެރިން ތަމްރީނުކުރުމަށް އިންވެސްޓްކުރަން މެޑަމް ސާޖިދާ ގޮވާލައްވައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިއޯނޭޓަލް ކެއަރ ނުވަތަ އަލަށް އުފަންވާ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ތަމްރީނުކޮށް ފަންނީ ގޮތުން ކުރިއެރުވުމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ “ނިއޯކެއަރ 2026 – ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް” ފެށުމުގެ ގޮތުން މިއަދު ހެނދުނު މީރުމާގައި ބޭއްވި ރަސްމިއްޔާތު...

ފިއްލަދޫ ޓޫރިޒަމް ޒޯނަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

ފިއްލަދޫ ޓޫރިޒަމް ޒޯނަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ފިއްލަދޫގައި ތަރައްޤީކުރާ ޓޫރިޒަމް ޒޯނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން (އެމްއޯޔޫ)ގައި ފިއްލަދޫ ކައުންސިލާއި މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދު...

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުންނަށް ހަމަލާދިން މާފުށީ 6 މީހަކަށް ދައުވާކުރަނީ
Raajje

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުންނަށް ހަމަލާދިން މާފުށީ 6 މީހަކަށް ދައުވާކުރަނީ

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި މައްސަލައަކީ ކ. މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި 2026 އޮގަސްޓު 11 ވަނަ ދުވަހުގެ 13:00 އެހައިކަންހާއިރު މީހަ...

އުލިގަމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ހޭލުންތެރި ޕްރޮގްރާމެއް ބާއްވައިފި
Thiladhunmathi News

އުލިގަމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ހޭލުންތެރި ޕްރޮގްރާމެއް ބާއްވައިފި

ހއ. އުލިގަމު ކައުންސިލާއި، އަދި އެރަށުގެ އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނަސް (އަސާ) ގުޅިގެން ނަފުސާނީ ދުޅަހެޔޮކަމުގެ ޕުރޮގުރާމެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ. އެކި ސެޝަންތަކަށް ބަހާލައިގެން، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެންބަރު މަހުގެ 14 އިން 15 ވަނަ ދުވަހުގެ ނިޔަަލަށެވެ. “ހިތުގެ އަޑު” މި ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ މުދައްރިބަކީ، އެ ދާއިރާގެ ޢިލްމީ ބޭފުޅެއްކަމަށްވާ ސުލްޠާނާއެވެ. އަސާ ޖަމްޢިއްޔާއިން “ތިލަދުން”އަށް މައުލޫމާތުދިން ގޮތުގައި، ނަފްސާނީ މައްސަލ...

ދުބާއީ ބިނާކުރި އަލައްބާރުގެ އީގަލް ހިލްސްއިން ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގަނީ
Raajje

ދުބާއީ ބިނާކުރި އަލައްބާރުގެ އީގަލް ހިލްސްއިން ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގަނީ

ރަސްމާލެ ސަރަޙައްދުގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއް ހިމެނޭހެން “މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” ގެ ނަމުގައި 20 ބިލިއަން ޔޫއެސް ޑޮލަރުގެ ބޮޑު އިންޓަގްރޭޓެޑް އާބަން މަޝްރޫޢެއް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ވިޔަފާރި އުސޫލުތަކުގެ އެއްބަސްވުމެއްގައި (ކޮމާޝަލް ޓާމްސް އެގްރީމަންޓް) ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އިންފްރާސްޓަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓާއި، ޔޫއޭއީގެ އީގަލް ހިލްސް އިން ނެރުނު ގުޅިފައިވާ ބަޔާނެއްގަ...

ކުޑަހުވަދޫއިން މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި
Raajje

ކުޑަހުވަދޫއިން މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދ. ކުޑަހުވަދޫއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަންބަރު ދރ 1384 / މާލެ، ޛުލްކިފްލި ރަޝާދު އާދަމް (20އ) އާއި، ފްރެންޑްލީ / ދ. ކުޑަހުވަދޫ، ނިހާލް ނަސީމް (30އ) އަދި މާވެޔޮ / ދ. ކުޑަހުވަދޫ، ޢަބްދުލްޤައްޔޫމް ޢަބްދުއްސައްތާރު (44އ) އެވެ. މި ތިން […]

އެންމެ ފަހުން ދެއްވީ ފަތިސް ބަންގި: ހަރަމްފުޅުގެ މުއައްޒިން ޝައިޚް އިބްރާހީމް އަވަހާރަވެއްޖެ
International

އެންމެ ފަހުން ދެއްވީ ފަތިސް ބަންގި: ހަރަމްފުޅުގެ މުއައްޒިން ޝައިޚް އިބްރާހީމް އަވަހާރަވެއްޖެ

މައްކާގެ މަސްޖިދުލް ހަރާމް (ހަރަމްފުޅު) ގެ މުއައްޒިން ޝައިޚް އިބްރާހީމް އަލް މަދަނީ، މިއަދުގެ ފަތިހުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ. “އިންސައިޑް ދަ ހަރަމައިން” އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޝައިޚް އިބްރާހީމް އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ޝައިޚް އިބްރާހީމް ދެއްވި އެންމެ ފަހު ބަންގިއަކީ މިއަދުގެ ފަތިސް ނަމާދުގެ ފުރަތަމަ ބަންގިއެވެ. ސާޢޫދީ މީޑިއާތަކާ ހަވާލާދީ، އެ މަރްހޫމާ ގާތް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ޝައިޚް އިބްރާހީމްގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް...

ކުޅުދުއްފުށީ ޑަބްލިޔުޑީސީއާއި ފުލުހުން ގުޅިގެން ޑިޖިޓަލް ރައްކާތެރިކަމުގެ ސެޝަނެއް، ބައިވެރިންނަށް އަގުހުރި އިނާމުތަކެއް!
Thiladhunmathi News

ކުޅުދުއްފުށީ ޑަބްލިޔުޑީސީއާއި ފުލުހުން ގުޅިގެން ޑިޖިޓަލް ރައްކާތެރިކަމުގެ ސެޝަނެއް، ބައިވެރިންނަށް އަގުހުރި އިނާމުތަކެއް!

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން ކުޅުދުއްފުށީ ސިޓީގައި ސައިބާ ސެކިޔުރިޓީ އަދި ޑިޖިޓަލް ރައްކާތެރިކަމަށް އަހުލުވެރިކުރުމުގެ ޚާއްޞަ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ. ”ޑިޖިޓަލް ރައްކާތެރިކަން: ތިބާގެ އަތްމަތީގައި” ނަމުގައި ކުރިއަށްގެންދާ މި ސެޝަނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ޚާއްޞަ ލަކީޑްރޯއަކުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ކުޅުދުއްފުށީ އަންހެ...

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ
Raajje

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. މީގެ ތެރެއިން އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނިޔާވި ދެ ފިރިހެނު...

މޮޅު ކުޅުމެއްދެއްކި ދިއްދޫ އަށް ނަސީބު އެހީއެއް ނުވި
Sports

މޮޅު ކުޅުމެއްދެއްކި ދިއްދޫ އަށް ނަސީބު އެހީއެއް ނުވި

ދިވެހި ޕްރިމިއާ ލީގުގައި ނޯތު ޗެމްޕިއަން ހއ. ދިއްދޫ ފުޓުބޯޅަ ޓީމު ވާދަކުރި ތިން ވަނަ މެޗުގައި ހަނި ގޮތަކަށް ބިސް ބުރު ސްޕޯޓްސް ކްލަބު އަތުން ބަލިވެއްޖެއެވެ. ރޭގެ މެޗުގައި ވެސް ދިއްދޫ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ދިއްދޫގެ ތައުމީން ނޫހާއި، ޓެޓޭ ގިޑިއޯން،  ހުސައިން ޒިމްޔާން، އާދަމް އާޒިމް ފަދަ ކުޅުންތެރިން އުފެއްދި ނުރައްކާތެރި ހަމަލާތަކާއެކު ވެސް އެ ޓީމަށް ލިބުނު ފުރުސަތުތައް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ބުރު ސްޕޯޓްސްގެ އަތުގައި […]

މުމްބާއީގައި ބާރަށް ދުއްވި ބީއެމްޑަބްލިޔޫއެއް ބްރިޖުން ވެއްޓި 3 ދަރިވަރުން މަރުވެއްޖެ
International

މުމްބާއީގައި ބާރަށް ދުއްވި ބީއެމްޑަބްލިޔޫއެއް ބްރިޖުން ވެއްޓި 3 ދަރިވަރުން މަރުވެއްޖެ

އިންޑިއާގެ މުމްބާއީ ކޯސްޓަލް ރޯޑުގައި ބާރުސްޕީޑުގައި ދުއްވާފައިދިޔަ ބީއެމްޑަބްލިޔޫ ކާރެއް ބްރިޖުގެ ރޭލިންގްގައި ޖެހި، ތިރީގައި އޮތް އިމާރާތްކުރަމުންދާ ޕާކިން ސައިޓަކަށް ވެއްޓި ތިން ދަރިވަރަކު މަރުވެއްޖެއެވެ. އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ހިނގި މި ނުރައްކާތެރި ހާދިސާގައި، މަރުވީ 17 އަހަރާއި 20 އަދި 21 އަހަރުގެ 3 ފިރިހެނުންނެވެ. މި ހާދިސާގައި ސީރިޔަސް އަނިޔާވެގެން ފަރުވާދެމުންދަނީ އުމުރުން 20 އަހަރުގެ ފިރިހެނަކަށެވެ. 20 އަހަރުގެ އިތުރު ދަރިވަރަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. މި ހާދިސާ...

ސިޓީން 8 ލަނޑުގެ ފޯރިގަދަ މެޗެއް ކާމިޔާބުކޮށްފި، ޔުނައިޓެޑް ސަލާމަތްވީ ފަހުވަގުތު
Sports

ސިޓީން 8 ލަނޑުގެ ފޯރިގަދަ މެޗެއް ކާމިޔާބުކޮށްފި، ޔުނައިޓެޑް ސަލާމަތްވީ ފަހުވަގުތު

އިނގިރޭސި ޕްރެމިއާ ލީގުގައި ސަންޑަލޭންޑް އަތުން 5-3 އިން ފޯރިގަދަ މެޗެއް ކާމިޔާބުކޮށް މަންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. އަނެއްކޮޅުން، މަންޗެސްޓާ ޔުނައިޓެޑުން ވަނީ ފުލަމްއާ ވާދަކޮށް 1-1 އިން މެޗު އެއްވަރުކޮށް، ޖެހިޖެހިގެން ތިން މެޗުން ބަލިވުމުގެ ނުރައްކަލުން ފަހުވަގުތު ސަލާމަތްވެފައެވެ. އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސިޓީގެ އާ ކޯޗު އެންޒޯ މާރެސްކާ ވަނީ ސީޒަންގައި ކުޅުނު ފުރަތަމަ ފަސް މެޗުން ވެސް މޮޅުވެ، ސައްތައިން ސައްތައިގެ ރެކޯޑު […]

ހައިސަންއަށް ދެއްކި ރަތް ކާޑާއެކު ރެއާލް ބަލިވެ، އެތުލެޓިކޯއަށް ބޮޑު ނަސީބެއް
Sports

ހައިސަންއަށް ދެއްކި ރަތް ކާޑާއެކު ރެއާލް ބަލިވެ، އެތުލެޓިކޯއަށް ބޮޑު ނަސީބެއް

ސްޕެނިޝް ލަލީގާގައި ކުޅުނު ފޯރިގަދަ މެޑްރިޑް ޑާބީ މެޗުގައި 10 ކުޅުންތެރިންނާއެކު ކުޅުނު ރެއާލް މެޑްރިޑް 2-1 އިން ބަލިކޮށް، އެތުލެޓިކޯ މެޑްރިޑުން މުހިންމު މޮޅެއް ހޯދައިފިއެވެ. ދެވަނަ ހާފުގެ ކުރީކޮޅު ރެއާލްގެ ޑީން ހައިސަންއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ އޮގުއޮރަން އެތުލެޓިކޯ ކޮޅަށް އެނބުރިގެންދިޔަ މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލެހާންދުރޯ ގްރިމާލްޑޯއާއި ޖޮނަތަން ޑޭވިޑްއެވެ. ރެއާލްގެ ހަމައެކަނި ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ރޫޑިގާއެވެ. މި ނަތީޖާއާއެކު އެތުލެޓިކޯ [...

އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލާ ބޮޑު މުޒާހަރާއަކަށް ތައްޔާރުވަނިކޮށް ކޮއްކޯފުޅު ހައްޔަރުކޮށްފި
International

އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލާ ބޮޑު މުޒާހަރާއަކަށް ތައްޔާރުވަނިކޮށް ކޮއްކޯފުޅު ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް އެމަނިކުފާނުގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ސެޕްޓެމްބަރު 27 ގައި ބާއްވަން ނިންމާފައިވާ ބޮޑު މުޒާހަރާގެ އެއް ހަފުތާ ކުރިން، އިމްރާންގެ ކޮއްކޯފުޅު އަލީމާ ޚާން ޕާކިސްތާނުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. އަލީމާ ހައްޔަރުކޮށްފައިވަނީ އާދީއްތަ ދުވަހު، ޕަންޖާބު ޕްރޮވިންސްގެ ވެރިރަށް ލާހޯރުގައި ހުންނަ އޭނާގެ ދިރިއުޅުއްވާ ގޭގެ ތެރެއިންނެވެ. އަލީމާ ޚާން ހައްޔަރުކުރިކަން ލާހޯރުގެ ފުލުހުންގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދެއްވި ނަމަވެ...

ޔުނިވަސިޓީއެއްގައި މޯދީގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތަށް ނުދިޔަ ދަރިވަރުން ޖޫރިމަނާކޮށްފި
International

ޔުނިވަސިޓީއެއްގައި މޯދީގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތަށް ނުދިޔަ ދަރިވަރުން ޖޫރިމަނާކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުފަންދުވަސް ފާހަގަކުރުމަށް އިންޑިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް (އައިއައިއެމް) ޖަންމޫގައި ބޭއްވި ހަރަކާތަކަށް ނުދިޔަ ދަރިވަރުން ޖޫރިމަނާކުރަން އަންގައި ނޯޓިސް ފޮނުވި މައްސަލައެއްގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ. މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވި މި ހަރަކާތުގައި ބައިވެރިނުވި ދަރިވަރުންގެ އަތުން 500 ރުޕީސްގެ ޖޫރިމަނާއެއް ނަގާނެ ކަމުގެ އިންޒާރު ދީފައިވަނީ އެ ތަނުގެ ސްޓޫޑެންޓްސް ކައުންސިލުން ނެރުނު އެންގުމެއްގައެވެ. އައިއައިއެމް ޖަންމޫގެ ސް...