މީހުން ޓްރެފިކްކުރުން ހުއްޓުވުމާއި ތަހުގީގުތައް ހަރުދަނާކުރަން ފުލުހުންނާއި އައިއޯއެމްގެ މަޝްވަރާއެއް
މީހުން ޓްރެފިކްކުރުން ހުއްޓުވުމަށާއި، އެފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް) އާ ދެމެދު މަޝްވަރާކުރައްވައިފިއެވެ. މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި އައިއޯއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޖަމްޢިއްޔާއިން ދިވެހިރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން މިސް ކްރިސްޓިން ޕާރކޯއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައ...