ހެޔޮވަރު ގަމީހެއް ނުލިބުނު، މަލާމާތް ވީ ހިތްވަރަކަށް، 3 މަހުން 34 ކިލޯ ލުއިކޮށްލި ފާޔިދުގެ ދަތުރު
މުޅި އުމުރަށް ދިރިއުޅުން ބަދަލުކޮއްލާފަދަ ނިންމުމެއް ނިންމަން ވިސްނެނީ، ހީވެސް ނުކުރާފަދަ އާދައިގެ ކަމަކާ ކުރިމަތިލާންޖެހޭ ވަގުތެވެ. އެފަދަ ވަގުތުތަކުގައި، ކުޑަހިނދުކޮޅެއްގެ އިޙްސާސަކުން ހިތުގައި އުފެދޭ ޢަޒުމް ވަރުގަދަވެގެންދެއެވެ. ހދ. މަކުނުދޫ އަނބުހަރީގޭ ފާޔިދު ފައުޒީގެ ބަރުދަން ލުއި ކުރުމުގެ އުނދަގޫ ދަތުރުގެ ފެށުމަކީ ވެސް އެފަދަ ކުޑަ ވަގުތުކޮޅެކެވެ. ގާތް ރަޙްމަތްތެރިއެއްގެ ކައިވެނީގެ ޙަފްލާއަކަށް ގަމީސް ގަންނަން ރައްޓެހިންނާއެކު އޭނާ، އެރޭ ފިހާރައަށް ދިޔައީ ވަރަށް ފޮނި އުއްމީދާއެކުއެވެ. ރާވާ...