ޕެނަލްޓީގައި ރޯނު ކަނބަލުން މައްޗަށް ކުރި ހޯދައި ޒައިޒީ ޗެލެންޖާސް ޗެމްޕިއަންކަން ހޯދައިފި
ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފޯރިގަދަ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޒައިޒީ ޗެލެންޖާސް ހޯދައިފިއެވެ. ފައިނަލްގައި ޒައިޒީ ޗެލެންޖާސް އާއި ރޯނު ކަނބަލުން ބައްދަލުކުރި މެޗުގެ ފުރިހަމަވަގުތު ހަމަވީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑަކީވެސް ރޯނު ކަނބަލުންގެ އަންޖޫމް އަބްދުއްޝުކޫރުގެ ފަރާތުން ފެނުނު ލަނޑުތަކެކެވެ. އެއީ އޭނާ ރޯނު ކަނބަލުން ޓީމަށް ޖަހައިދިން ލަނޑަކާއި، އޭނާގެ އަތުން ބައިކޮޅަ...