ސިޓީގެ ތަށިތައް އަތުލައި ރެލިގޭޓްކުރުމުގެ ބިރު: 115 ދައުވާގެ ތެރެއިން 114 ދައުވާ ސާބިތު!
އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއާ ދެކޮޅަށް އުފުލާފައިވާ 115 ދައުވާގެ ތެރެއިން އެންމެ ދައުވާއެއް ފިޔަވައި ހުރިހާ ދައުވާއެއް އެ ކްލަބުގެ މައްޗަށް ސާބިތުވެއްޖެ ކަމަށް “ދި އެތުލެޓިކް” އިން ރިޕޯޓުކޮށްފިއެވެ. ކަންކަން އެނގޭ ފަރާތްތަކާ ހަވާލާދީ ދި އެތުލެޓިކްގެ ޑޭވިޑް އޯންސްޓީން ހުކުރު ދުވަހު ޝާއިޢުކުރި ރިޕޯޓެއްގައިވާ ގޮތުން، މި މައްސަލައިގައި ސިޓީއަށް ދޭނެ އަދަބެއް އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް އެ ކްލަބުން މި ނިންމުން އިސްތިއުނާފު ކުރާނެ […]