Skip to main content
Editorial Archives

Explore News Archive

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ސެމީފައިނަލްގެ މެޗުތައް ކުރިއަށް
Sports

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ސެމީފައިނަލްގެ މެޗުތައް ކުރިއަށް

މަކުނުދޫ ކައުންސިލްގެ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ މުބާރާތުގެ މެޗުތައް ނިމި، ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮއްފައިވާއިރު ސެމީ ފައިނަލްގެ މެޗުތައް މިއަދު ހަވީރު ފަށައިގެން ކުރިއަށް އެބަދެއެވެ. މި މުބާރާތުގެ އަންހެން ޑިވިޜަންގެ ޓީމުތަކުގެ ތެރެއިން 13 ޕޮއިންޓާއެކު ރޯނު ކަނބަލުން ތާވަލުގެ އެއްވަނައިގައި ހިމެނިފައިވާއިރު، ފިރިހެން ޑިވިޜަނުން ތާވަލުގެ އެއްވަނައަށް ގޮސްފައިވަނީ 15 ޕޮއިންޓާއެކު ރޯނު އެފްސީއެވެ. މުބާރާތުގެ ސެމީފައިނަލުގައި ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ...

މާރާމާރީއެއްގައި ކުޑަކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ތުހުމަތުވި މީހާ ސަލާމަތްވެއްޖެ
Raajje

މާރާމާރީއެއްގައި ކުޑަކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ތުހުމަތުވި މީހާ ސަލާމަތްވެއްޖެ

މީގެ 10 އަހަރު ކުރިން މާލޭގައި ހިންގި މާރާމާރީއެއްގައި، އުމުރުން 14 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގައި އެކަމުގައި އެހީތެރިވި ކަމަށް ބުނެ ދައުވާކުރި އިރުފާން ރުޝްދީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ޖޫން, 2016 ގައި މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކެއްގެ ތެރެއިން 14 އަހަރުގެ ކުއްޖަކު މަރާލި މައްސަލާގައި މ. ކުރިރުއްގޭ އިރުފާން ރުޝްދީ ހައްޔަރުކުރީ އެ ހާދިސާއަށްފަހު އޭނާ ހޯދަމުންދާތާ ތިން އަހަރުފަހުން 2019 ވަނަ […]

އަތުލިޔުމުގެ ފުރަތަމަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
Raajje

އަތުލިޔުމުގެ ފުރަތަމަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ޢަލީ ފަހުމީގެ ވާދައިގެ ތަށްޓަށް ބާއްވާ އަތުލިޔުމުގެ ފުރަތަމަ ގައުމީ މުބާރާތް – 2026ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. ދިވެހިބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ބެހިފައިވަނީ ދެ ގިންތިއަށެވެ. އެއީ އޮފީސްތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައެވެ. އޮފީސްތަކުގެ ބައިގައި ވުޒާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އަމިއްލަ އޮފީސްތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް ދިވެހިބަހުގެ އެކަޑަމީން މައުލޫމާތުދ...

ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި އަންހެނަކު ނިޔާވެއްޖެ
Raajje

ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި އަންހެނަކު ނިޔާވެއްޖެ

ވ. ފުލިދޫގައި ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ދިވެހި އަންހެނަކު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ، އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު މި ހާދިސާ ހިނގާފައިވަނީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިން ކަމަށެވެ. އެގޮތުން، މި ހަރަކާތުގެ ވޯޓަރ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ އެ […]

ޑޮލަރުގެ އާ ގަވާއިދު: ބޭރު ފައިސާގެ ގާނޫނަށް އައި އިސްލާހާއެކު ވިޔަފާރިތަކަށް އޮތީ ކޮން އިލްތިޒާމުތަކެއް؟
Business

ޑޮލަރުގެ އާ ގަވާއިދު: ބޭރު ފައިސާގެ ގާނޫނަށް އައި އިސްލާހާއެކު ވިޔަފާރިތަކަށް އޮތީ ކޮން އިލްތިޒާމުތަކެއް؟

ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުލިބޭ ޑޮލަރަކީ، ރާއްޖޭގެ އިގްތިސާދީ މައިނާރެވެ. ނަމަވެސް، އެ ބޭރު ފައިސާ ރަސްމީ ބޭންކިން ނިޒާމުގެ ތެރެއަށް ދައުރުނުވެ، ބާޒާރުގައި ޑޮލަރުގެ ދަތިކަން ބޮޑުވުމަކީ އެތައް އަހަރެއް ވަންދެން ދިވެހި ވިޔަފާރިވެރިންނާއި އާންމުން ކުރަމުން އައި ބޮޑު ޝަކުވާއެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމުގެ މަގުސަދުގައި “ބޭރު ފައިސާއާބެހޭ ގާނޫނު” (ގާނޫނު ނަންބަރު 2024/32) އަށް މިވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. 1 ސެޕްޓެންބަރު 2026 […]

މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގެ ދެ މީހަކު ތިނަދޫން އަތުލައިގެންފި
Raajje

މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގެ ދެ މީހަކު ތިނަދޫން އަތުލައިގެންފި

ގދ. ތިނަދޫ ސިޓީގައި މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. މި އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތާ ބެހޭގޮތުން ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީގެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބ...

މާއުނގޫދޫ ކައުންސިލްގެ އިންޓާންޝިޕް: ހުނަރު ތަރައްގީކުރުމާއި ތަފާތު ތަޖުރިބާ، ބައިވެރިންގެ އުންމީދުތައް އިންތިހާއަށް!
Thiladhunmathi News

މާއުނގޫދޫ ކައުންސިލްގެ އިންޓާންޝިޕް: ހުނަރު ތަރައްގީކުރުމާއި ތަފާތު ތަޖުރިބާ، ބައިވެރިންގެ އުންމީދުތައް އިންތިހާއަށް!

ށ. މާއުނގޫދޫ ކައުންސިލުން ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން، މި ޕްރޮގްރާމާ މެދު ކުރާ ބޮޑެތި އުންމީދުތަކާއި އެ ކުދިންގެ ޝުއޫރުތައް ފާޅުކޮށްފިއެވެ. މި ޕްރޮގްރާމްގެ ތެރެއިން އަމަލީ ތަޖުރިބާ ލިބިގަނެ، ހުނަރުތައް ތަރައްގީކޮށް، އަމާޒުތަކަށް ވާސިލުވުމަށް ކުރާ ތަސައްވުރު ބައިވެރިން ވަނީ ހާމަކޮށްފައެވެ. މި އިންޓާންޝިޕްގައި ބައިވެރިވި އުމުރުން 18 އަހަރުގެ ހުސައިން ރައްޔާން ބުނީ، މި ޕްރޮގްރާމްގައި އޭނާ ބައިވެރިވި މައިގަނޑު މަގުސަދަކީ އިވެންޓްތައް ރޭވުމާއި އާންމުންގެ ކުރިމަ...

އީރާނާއި އެމެރިކާއިން ކުއްލި މަޝްވަރާތަކެއް ބާއްވައިފި
International

އީރާނާއި އެމެރިކާއިން ކުއްލި މަޝްވަރާތަކެއް ބާއްވައިފި

ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އީރާނުގެ ޝަރުޠުތައް ހުށަހެޅުމަށާއި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް އީރާނާއި އެމެރިކާއާ ދެމެދު ކުއްލި މަޝްވަރާތަކެއް ބާއްވައިފިއެވެ. އެކުވެރި ދައުލަތްތަކުގެ (އދ.) އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ މި މަޝްވަރާތަކަކީ އެމެރިކާގެ އެދުމުގެ މަތިން މެދުވެރިން މެދުވެރިކޮށް ކުރިއަށްގެންދިޔަ ބައްދަލުވުންތަކެކެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނ...

ޣައްޒާގެ އާންމުންގެ ނިކަމެތިކަން ބަލައިނުގަނެވޭނެ، ހައްލަކީ ދެ ދައުލަތް ގާއިމުކުރުން:: ކްރޮއޭޝިއާ
International

ޣައްޒާގެ އާންމުންގެ ނިކަމެތިކަން ބަލައިނުގަނެވޭނެ، ހައްލަކީ ދެ ދައުލަތް ގާއިމުކުރުން:: ކްރޮއޭޝިއާ

ޣައްޒާގައި ހާލުގައި ޖެހިފައިވާ އާންމު ރައްޔިތުންގެ ނިކަމެތިކަމާއި ތަހައްމަލުކުރަމުންދާ އުނދަގޫތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ފަލަސްތީނުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ މަޝްވަރާކޮށްގެން ދެ ދައުލަތް ގާއިމުކުރުން ކަމަށް ކްރޮއޭޝިއާގެ ބޮޑުވަޒީރު އެންޑްރޭ ޕްލެންކޮވިޗް ވިދާޅުވެއްޖެއެވެ. އެއްބައިވަންތަވެފައިވާ ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގޭ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޕްލެންކޮވިޗް ވިދާޅުވީ، ފަލަސްތީނުގައި ހިނގަމުންދާ އަނިޔާވެރިކަމުގެ ބުރު ނައްތާލުމަށްޓަކައި އާންމުން ރަ...

ކޭއާރުއެޗުގެ ''ހަށިހެޔޮ 2026'' ޕްރޮގްރާމަށް މުހިންމު ބަދަލުތަކެއް، ނަން ނޯޓުކުރުން ކުރިއަށް
Thiladhunmathi News

ކޭއާރުއެޗުގެ ''ހަށިހެޔޮ 2026'' ޕްރޮގްރާމަށް މުހިންމު ބަދަލުތަކެއް، ނަން ނޯޓުކުރުން ކުރިއަށް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “ހަށިހެޔޮ 2026” ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. ޖުމްލަ 240 ބައިވެރިންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ އިންތިޒާމުތަކަށް މިއަހަރު ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މި ޕްރޮގްރާމަކީ ކޭއާރުއެޗުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، މޯލްޑިވްސް ޕޮލިސް ސާވިސްގެ ކުޅުދުއްފުށި ސިޓީ ޕޮލިސް އަދި ޒިގްޒ...

ޣައްޒާގެ ހާލަތާމެދު ދުނިޔެ ހިމޭނުން އޮތުމަކީ ލަދުވެތިކަމެއް: މެކްރޯން
International

ޣައްޒާގެ ހާލަތާމެދު ދުނިޔެ ހިމޭނުން އޮތުމަކީ ލަދުވެތިކަމެއް: މެކްރޯން

ޣައްޒާގެ ހާލަތާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ފިޔަވަޅެއް ނާޅައި ހިމޭނުން އޮތްނަމަ ދުނިޔޭގެ އިޢުތިބާރު ގެއްލިގެންދާނެ ކަމަށް ވިދާޅުވެ، އެ ސަރަޙައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތަކަކީ “ލަދުވެތި” ކަމެއްގެ ގޮތުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ސިފަކުރައްވައިފިއެވެ. އދ. ގޭ އާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން މެކްރޯން ވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓިފައިވާ ހުއްޓުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މެކްރޯން ވިދާޅުވީ ޣައްޒާއަށް ސުލްޙަ އަތު...

އިސްރާއީލު ސަސްޕެންޑްކުރަން އެމްނެސްޓީން ފީފާއާއި ޔުއޭފާއަށް ގޮވާލައިފި
Sports

އިސްރާއީލު ސަސްޕެންޑްކުރަން އެމްނެސްޓީން ފީފާއާއި ޔުއޭފާއަށް ގޮވާލައިފި

އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑްކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) އާއި ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއޭފާ) އަށް ގޮވާލައިފިއެވެ. އެމްނެސްޓީން މިކަމަށް ގޮވާލާފައިވަނީ ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކުގައި އިސްރާއީލުން ގާއިމުކޮށްފައިވާ ގާނޫނާ ހިލާފު އާބާދީތަކަށް ނިސްބަތްވާ ފުޓްބޯޅަ ކްލަބްތަކަށް އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ތާއީދުކުރަމުންދާތީއެވެ. އަދި މިފަދަ ހާލަތެއްގައި ޔުއޭފާ ނޭޝަންސް ލީގުގައި އިސްރާ...

ރައްޔިތުންގެ އަޑުއަހައި ހާލުބެލުމަށް ތަކަންދޫ ކައުންސިލުން ގޭގެއަށް
Thiladhunmathi News

ރައްޔިތުންގެ އަޑުއަހައި ހާލުބެލުމަށް ތަކަންދޫ ކައުންސިލުން ގޭގެއަށް

ހއ. ތަކަންދޫ ރައްޔިތުންގެ ޙާލުބެލުމަށާއި، ދިމާވާ ދަތިތަކާއި ޚިޔާލުތައް ދެނެގަތުމަށްޓަކައި އެ ރަށު ކައުންސިލުން ގޭގެއަށް ޒިޔާރަތްކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޒިޔާރަތްތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން ބަލައި، ކުރިއަށް އޮތް 5 އަހަރުގެ ތަރައްޤީގެ ޕްލޭނުގައި އެ ކަންކަން ހިމެނުމެވެ. ތަކަންދޫ ކައުންސިލްގެ ރައީސް ޢަބްދުލް ރައްޒާޤް “ތިލަދުން”އަށް ވިދާޅުވީ، މި ޒިޔާރަތްތަކުގެ ތެރެއިން ރަށުގެ ސިއްޙީ މަރުކަޒުން ބައެއް ޓެސްޓުތައް ފުރިހަމައަށް ނުހެދޭ މައްސަލަ ރައ...

މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރެވޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން: އދ.ގެ ވެރިޔާ
International

މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރެވޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން: އދ.ގެ ވެރިޔާ

މެދުއިރުމަތީގައި ދެމެހެއްޓެނިވި ހަމަޖެހުމާއި ރައްކާތެރިކަން ގާއިމުކުރެވޭނެ ހަމައެކަނި މަގަކީ އިސްރާއީލާއި ފަލަސްތީނުގެ ދެ ދައުލަތް އެކުއެކީގައި އުފެއްދުން ކަމަށާއި، އެ ނޫން އެހެން އެއްވެސް އިޚްތިޔާރެއް ނެތް ކަމަށް އދ. ގެ އަމީން އާންމު އެންޓޯނިއޯ ގުޓެރޭޝް ވިދާޅުވެއްޖެއެވެ. އދ. ގައި ވާހަކަފުޅު ދައްކަވަމުން ގުޓެރޭޝް ވަނީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ދެ ދައުލަތް އެކުއެކީގައި އޮތުމުގެ ހައްލު (ޓޫ-ސްޓޭޓް ސޮލިއުޝަން) ހޯދައިދިނުމުގެ މުހިންމުކަން އަލުން ތަކުރާރު ކުރައްވާފައެވެ. އިޖުތިމާއީ މީޑިއާ...

މަރޮށި ކައިރިއަށް ހުއިފިލަނޑާ ނަގަން ގޮސް އުޅުނު ދުވާފަރު ޒުވާނަކު ނިޔާވެއްޖެ
Thiladhunmathi News

މަރޮށި ކައިރިއަށް ހުއިފިލަނޑާ ނަގަން ގޮސް އުޅުނު ދުވާފަރު ޒުވާނަކު ނިޔާވެއްޖެ

ށ. މަރޮށި ކައިރިއަށް ހުއިފިލަނޑާ ނަގަން ގޮސް އުޅެނިކޮށް ރ. ދުވާފަރު ޒުވާނަކު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ރ. ދުވާފަރު، ލިލީމާގޭ، އުމުރުން 30 އަހަރުގެ މުހައްމަދު ޝައްފާން އެވެ. ޝައްފާންގެ އާއިލާއިން ”ތިލަދުން” އަށް މައުލޫމާތު ދިން ގޮތުގައި ޝައްފާން ނިޔާވީ، މޫދުގައި ފީނަން އޮވެފައި ދޯންޏަށް ވެސް އެރި ފަހުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ފީނަން ގޮސް އުޅުނު ޒުވާނަކު ހާލު ދެރަވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ […]