ކުރީގެ އެސްޖީ ޝަމްޢޫން ޙަމީދު އެޗްއާރްސީއެމްގެ މެންބަރުކަމަށް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަޤާމަށް، އެ ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހ. މީނާޒް، ޝަމްޢޫން ޙަމީދު، މިއަދު ޢައްޔަންކުރައްވައިފިއެވެ. މި މަޤާމަށް ޝަމްޢޫން ޢައްޔަން ކުރެއްވުމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ޝަމްޢޫން ޙަމީދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. ޝަމްޢޫން ޙަމީދަށް އެޗްއާރް...