Skip to main content
Editorial Archives

Explore News Archive

އެންމެ ދެކުނުގެ ދެ ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމު އެމްޑަބްލިއުއެސްސީން ރަސްމީކޮށް ހިންގަން ފަށައިފި
Business

އެންމެ ދެކުނުގެ ދެ ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމު އެމްޑަބްލިއުއެސްސީން ރަސްމީކޮށް ހިންގަން ފަށައިފި

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރަސްމީކޮށް ހަވާލުވެ، އެ ޚިދުމަތްތައް ހިންގަން ފަށައިފިއެވެ. އެމްޑަބްލިއުއެސްސީން މި ދެ ސިޓީގެ ފެނާއި ނަރުދަމާގެ އެންމެހައި ޚިދުމަތްތަކާ ރަސްމީކޮށް ހަވާލުވެފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޯޕަރޭޓް ދާއިރާ އިޞްލާޙުކުރ...

ކްރޮއޭޝިއާ ދަނޑުގައި 7-0 އިން އެގައުމު ''ފުނޑާލައި'' އިންގްލެންޑުން ވަރުގަދަ އިންޒާރެއް ދީފި
Sports

ކްރޮއޭޝިއާ ދަނޑުގައި 7-0 އިން އެގައުމު ''ފުނޑާލައި'' އިންގްލެންޑުން ވަރުގަދަ އިންޒާރެއް ދީފި

ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ކްރޮއޭޝިއާގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑުން ވަރުގަދަ ކުޅުމެއް ދައްކައިފިއެވެ. ކްރޮއޭޝިއާގެ ރިޔޭކާގައި ކުޅުނު މި މެޗުގައި ކެޕްޓަން ހެރީ ކޭން އަދި ބުކާޔޯ ސަކާ ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، މިއީ އެ ޓީމުން ނޭޝަންސް ލީގު ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން ހޯދި ދެވަނަ މޮޅެވެ. […]

ނޮޅިވަރަންފަރުގެ ''މަދަހަވީ ބަހާރު''ގެ ފަޚުރުވެރި 1ވަނަ ރިޔާޟަށް؛ ގްރޫޕް މަދަހައިގެ 1ވަނަ މުސްތަރީއަށް
Thiladhunmathi News

ނޮޅިވަރަންފަރުގެ ''މަދަހަވީ ބަހާރު''ގެ ފަޚުރުވެރި 1ވަނަ ރިޔާޟަށް؛ ގްރޫޕް މަދަހައިގެ 1ވަނަ މުސްތަރީއަށް

ނޮޅިވަރަންފަރު ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އަދި ނޮޅިވަރަންފަރު ސްކޫލް ގުޅިގެން ކުރިއަށްގެންދިޔަ “މަދަހީ ބަހާރު”ގެ ވަކިވަކި މަދަހައިގެ ބައިން ފަޚުރުވެރި 1 ވަނަ އެ ރަށު ޓިޔުލިޕް މުޙައްމަދު ރިޔާޟަށް ލިބުނު އިރު މުޅި މުބާރާތުގެ ގުރޫޕް މަދަހައިގެ ބައިން 1 ވަނަ ހޯދާފައިވަނީ މުސްތަރީއެވެ. މި މުބާރާތުގެ ވަކިވަކި މަދަހައިގެ ބައިން މުޅި މުބާރާތުން 2 ވަނަ އާޞިމް މުޙައްމަދަށް ލިބިފައިވާއިރު 3 ވަނަ ހޯދާފައިވަނީ ސިމާނާ ޙުސައިނެވެ. […]

އިންޑިއާ އަތުން ބްރެޒިލް މޮޅުވީ 4-0 އިން، މެޗަށްފަހު ކުޅުންތެރިން ދިޔައީ ވިނީޝިއަސް ފަހަތުން ފޮޓޯ ނަގަން
Sports

އިންޑިއާ އަތުން ބްރެޒިލް މޮޅުވީ 4-0 އިން، މެޗަށްފަހު ކުޅުންތެރިން ދިޔައީ ވިނީޝިއަސް ފަހަތުން ފޮޓޯ ނަގަން

ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުން އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމު 4-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، މެޗު ނިމުމާ އެކު އިންޑިއާގެ ގާތްގަނޑަކަށް ހުރިހާ ކުޅުންތެރިންހެން ވަނީ ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާއާ އެކު ފޮޓޯ ނެގުމަށް އޭނާގެ ފަހަތުން ގޮސްފައެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ ބްރެޒިލްގެ ކުޅުންތެރިން ފެނުނީ މުޅި މެޗުގައި ވެސް ވަރަށް ޕްރޮފެޝަނަލް ކޮށެވެ. މެޗު ނިމުމަށް ފަހު ދެ ޓީމުގެ ކުޅުންތެރިން އެކަކު އަނެކަކާ ސަލާމްކޮށް ގިނަ އަދަދެއްގެ […]

ޓެސްޓު ހަދަން އެހެން ރަށްރަށަށް ދިއުން ނިމުމަކަށް، ޅައިމަގުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ޓެސްޓު ހަދަން އެހެން ރަށްރަށަށް ދިއުން ނިމުމަކަށް، ޅައިމަގުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ށ. ޅައިމަގު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ޚިދުމަތް އެ ރަށުގައި ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ޅައިމަގު ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ވަޒީރު ޤީލާ ޢަލީގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޅައިމަގު ކައުންސިލްގެ އިސްވެރިންނާއި، އެ ރަށު ޞިއްޙީ މަރުކަޒުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވ...

ވައިކަރަދޫ ޔޫތު ކްލަބްގެ "ޖާޑިކަޕް" 14 އަހަރަށްފަހު އަލުން ބާއްވަނީ
Sports

ވައިކަރަދޫ ޔޫތު ކްލަބްގެ "ޖާޑިކަޕް" 14 އަހަރަށްފަހު އަލުން ބާއްވަނީ

ހދ. ވައިކަރަދޫ “ޖާޑިކަޕް” 14 އަހަރުގެ މެދުކެނޑުމަކަށްފަހު، ފުޓްސަލް މުބާރާތެއްގެ ގޮތުގައި އަލުން ބާއްވަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޖާޑިކަޕަކީ، 2000 ވަނަ އަހަރުން ފެށިގެން، ގިނަ އަހަރުތަކެއް ވަންދެން ވައިކަރަދޫގައި ކުރިއަށްދިޔަ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތެވެ. އެންމެ ފަހުން ޖާޑިކަޕް ފުޓްބޯޅަ މުބާރާތް ބާއްވާފައިވަނީ 2012ވަނަ އަހަރެވެ. ވީއައިސީގެ ޗެއަރމަން އަޙްމަދު ވަޙީދު “ތިލަދުން”އަށް ވިދާޅުވީ،  ފުޓްސަލް މުބާރާތެއްގެ ގޮތުގައި، 16 އަހަރުން ދަށުގެ ކުދިންނ...

ޗައިނާގެ އަމިއްލަ ދަނޑުގައި 5-0 އިން ބަލިކޮށް ފަލަސްތީނުން ދުނިޔެ ސިއްސުވާލައިފި
Sports

ޗައިނާގެ އަމިއްލަ ދަނޑުގައި 5-0 އިން ބަލިކޮށް ފަލަސްތީނުން ދުނިޔެ ސިއްސުވާލައިފި

ޗައިނާގެ ޗޮންގްޗިންގް ލޮންގްޒިންގް ސްޓޭޑިއަމްގައި ހުކުރު ދުވަހު ކުޅުނު އެކުވެރިކަމުގެ މެޗުގައި، އެ ގައުމުގެ އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޗައިނާ ބަލިކޮށް ފަލަސްތީނުގެ ގައުމީ ޓީމުން ބޮޑު މޮޅެއް ހޯދައިފިއެވެ. މި ކާމިޔާބީއާއެކު ފަލަސްތީނުން ވަނީ ޗައިނާގައި ކުރިއަށްގެންދިޔަ “ފިދާއީ” ތަމްރީނު ކޭމްޕް ނިންމާލައި، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ކުރިއަށް އޮތް ބޮޑެތި މުބާރާތްތަކަށް ވަރުގަދައަށް ތައްޔާރުވެފައިވާކަން ސާބިތުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ފަލަސްތީނ...

ފައްޔާޟުގެ ހުށަހެޅުން ފާސްކޮށްފި؛ އެމްޑީޕީގެ އެންމެ ބާރުގަދަ މަގާމަކަށް ދެން ޗެއާޕާސަން
Raajje

ފައްޔާޟުގެ ހުށަހެޅުން ފާސްކޮށްފި؛ އެމްޑީޕީގެ އެންމެ ބާރުގަދަ މަގާމަކަށް ދެން ޗެއާޕާސަން

އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމު އުވާލައި، އެ ޕާޓީގެ އެންމެ އިސް މަގާމުގެ ގޮތުގައި ޗެއާޕާސަންގެ މަގާމު ހަމަޖެއްސުމަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުތައް ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފިއެވެ. އަސާސީ ގަވާއިދަށް މި ބަދަލުތައް ގެނައުމަށް ހުށަހެޅުއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޟު އިސްމާއީލެވެ. މާލޭ ސިޓީ ކައުންސިލުގެ ހޯލުގައި ކުރިއަށްދިޔަ އެމްޑީޕީގެ ކޮންގްރެސްގައި އެ އިސްލާހުތަކާ މެދު ބަހުސްކުރުމަށް ފަހު ނެގި ވޯޓުގައި، ފައްޔާޟު ހުށަހެޅުއްވި އިސްލާހުތައް ފާސްކުރަން 54...

ޒަކާތު ފައިސާ ބަލަހައްޓަނީ އެމްއެމްއޭއިން، ޚަރަދުކުރަނީ ދެފުށް ފެންނަ ގޮތަށް: ޝަހީމް
Raajje

ޒަކާތު ފައިސާ ބަލަހައްޓަނީ އެމްއެމްއޭއިން، ޚަރަދުކުރަނީ ދެފުށް ފެންނަ ގޮތަށް: ޝަހީމް

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަކީ ޤާނޫނަކުން ރައްކާތެރިކަން ލިބިފައިވާ، ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް އާރާސްތުކުރެވިފައިވާ ނިޒާމެއް ކަމަށާއި، ޒަކާތު ފައިސާ ބަލަހައްޓަމުންދަނީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަތް ފައިސާގެ ޢަދަދު، ވޭތުވެދިޔަ 2025ވަނަ އަހަރު މުޅިއެކު ލިބުނު ޖުމުލަ ޢަދަދަށް ވުރެ އިތުރުވުމާ ގުޅިގެން މީ...

ދެ ވެރިންގެ ނިޒާމަކަށް މަގުފަހިކުރާ 'ބޮޑު ބަދަލު' ކަރުދާސް އެމްޑީޕީ ކޮންގްރެސްއިން ފާސްކޮށްފި
Raajje

ދެ ވެރިންގެ ނިޒާމަކަށް މަގުފަހިކުރާ 'ބޮޑު ބަދަލު' ކަރުދާސް އެމްޑީޕީ ކޮންގްރެސްއިން ފާސްކޮށްފި

ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔަކީ ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނޭ ގޮތަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލާއި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުށަހެޅުއްވި ‘ބޮޑު ބަދަލު’ ގަރާރު އެމްޑީޕީގެ ކޮންގްރެސްއިން މިއަދު ފާސްކޮށްފިއެވެ. މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި މި ގަރާރު ފާސްވީ ވޯޓުގައި ބައިވެރިވެ...

ކޭއާރްއެޗުގެ އައު ޓާޝަރީ އިމާރާތާ ގުޅޭގޮތުން ސަރުކާރުގެ އިސް ވަފުދަކާއެކު މަޝްވަރާކޮށްފި
Thiladhunmathi News

ކޭއާރްއެޗުގެ އައު ޓާޝަރީ އިމާރާތާ ގުޅޭގޮތުން ސަރުކާރުގެ އިސް ވަފުދަކާއެކު މަޝްވަރާކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ސީނިއާ މެނޭޖްމަންޓް ޓީމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޓާޝަރީ ހެލްތު ސާވިސަސް މުޙައްމަދު ޠަލާލް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކަށް މަރުހަބާ ދަންނަވައި، މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ވަފުދުގައި ޕްރިންސިޕަލް ސެކްރެޓަރީ މުޙައްމަދު ޠަލާލްގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޙަމްދާން، ޑެޕިއުޓީ މިނިސްޓަރު ސަމާހާ އިބްރާހީމް، ސިވިލް އިންޖިނިއަރު އިސްމާޢީލް ޝިހާބް އަދި...

ޖުވާގެ ވަބާގައި ޖެހި މުޅި ދިރިއުޅުން އަނދާ އަޅިއަށް؛ ޒުވާނެއްގެ ހިތްދަތި ތައުބާއާއި އާދޭސް
Raajje

ޖުވާގެ ވަބާގައި ޖެހި މުޅި ދިރިއުޅުން އަނދާ އަޅިއަށް؛ ޒުވާނެއްގެ ހިތްދަތި ތައުބާއާއި އާދޭސް

މަޖަލަކަށް ފެށި ޖުވާކުޅުމުގެ ނުބައި ވަބާގައި ޖެހި، މުޅި ދިރިއުޅުން ބަނގުރޫޓުވެ، ކައިވެންޏާއި ރަހުމަތްތެރިން ގެއްލި އެކަނިވެރިވި ޒުވާނަކު، އޭނާގެ ކުށަށް ތައުބާވެ މުޅި މުޖުތަމަޢުގެ ކިބައިން މަޢާފަށް އެދި ހިތްދަތި އާދޭހެއް ކޮށްފިއެވެ. ”އަޅުގަނޑު މި ލިޔުން ލިޔަން މި އިށީނީ ހިތާމައާއި ލަދުވެތިކަމުން ފުރިގެންވާ ހާލުގައެވެ. ދުލުން ބުނަން ނުކުޅެދޭ ފަދަ ބޮޑު ހިތާމައެއްގެ ތެރޭގައި ހުރެ، އަޅުގަނޑުގެ އަމިއްލަ ނަފްސުގެ އިތުރުން މުޅި މުޖުތަމަޢުގެ ކިބައިން މަޢާފަށް އެދުމަށެވެ. އަޅުގަނޑު ދަންނަ ބައެއް […]

ފަލަސްތީނުގެ ސާބިތުކަމުގެ ރަމްޒު: ޣައްޒާގެ ޒައިތޫނި ދަނޑުތަކުން ފެންނަނީ ނަމޫނާ އެއްބައިވަންތަކަމެއް
International

ފަލަސްތީނުގެ ސާބިތުކަމުގެ ރަމްޒު: ޣައްޒާގެ ޒައިތޫނި ދަނޑުތަކުން ފެންނަނީ ނަމޫނާ އެއްބައިވަންތަކަމެއް

ޣައްޒާ ސިޓީގެ ދަނޑުބިންތަކުގައި ފެށިފައިވާ އަހަރީ ޒައިތޫނި ބިނުމުގެ މޫސުމާ ދިމާކޮށް، އެ ސަރަހައްދުގެ ދަނޑުވެރިންނަށް އެހީތެރިވުމަށް ފަލަސްތީނުގެ ވޮލަންޓިއަރުން ނުކުމެ ބޮޑު އެއްބާރުލުމެއް ދީފިއެވެ. 30 ސެޕްޓެމްބަރު 2026 ގައި ކުރިއަށްދިޔަ މި މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ވޮލަންޓިއަރުން ވަނީ ދަނޑުވެރިންނާއެކު ޒައިތޫނި ބިނުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވެފައެވެ. ފަލަސްތީނުގައި “މައުސިމް ގަތުފު އައްޒައިތޫން” ގެ ނަމުން މަޝްހޫރުވެފައިވާ ޒައިތޫނި ބިނުމުގެ މޫސުމަކީ ސަގާފީ ގޮތުންނާއި އިގުތިސޯދ...

ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުންނަށް އިތުރު އިންޒާރެއް ނެތް، ދެން ހިންގާނީ ޖިނާއީ ތަހުގީގު
Raajje

ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުންނަށް އިތުރު އިންޒާރެއް ނެތް، ދެން ހިންގާނީ ޖިނާއީ ތަހުގީގު

އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ފަށައި، އިތުރު އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގަން ނިންމައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި މަސައްކަތުގެ ދަށުން ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ، އެ މީހުންގެ މައުލޫމާތު ޕްރޮފައިލްކުރުމުގެ މަސައްކަ...

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާތިމަތު ސައުސަން ނިޔާވެއްޖެ
Raajje

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާތިމަތު ސައުސަން ނިޔާވެއްޖެ

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާތިމަތު ސައުސަން މިއަދު ހެނދުނު ނިޔާވެއްޖެއެވެ. ސައުސަން ނިޔާވެފައިވަނީ އިންޑިއާގައި ބޭސްފަރުވާއަކަށް ގޮސް ހުންނަވަނިކޮށް ކަމަށް ވަނީ އެނގިފައެވެ. އޭނާ ނިޔާވުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މެންބަރު ސައުސަން މިއަދު ހެނދުނު ނިޔާވުމުގެ ހިތާމައިގައި، އެ ޓްރައިބިއުނަލްގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި މަރްޙޫމާގެ އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށެވެ. ސައުސަންގެ ވަކިވެދިޔުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގ...