Skip to main content
Editorial Archives

Explore News Archive

ހުރުމާއި ކެއުން ހިލޭ: މަނިޔަފުށީގައި ހިންގާ މެރިކަލްޗަރ ތަމްރީނަށް ކުރިމަތިލުމުގެ ފުރުސަތު
Raajje

ހުރުމާއި ކެއުން ހިލޭ: މަނިޔަފުށީގައި ހިންގާ މެރިކަލްޗަރ ތަމްރީނަށް ކުރިމަތިލުމުގެ ފުރުސަތު

2026 ވަނަ އަހަރުގެ 4 ވަނަ “މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރުތައް ދަސްކޮށްދީ، މި ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް  ގުޅިގެން، ވޯލްޑް ބޭންކުގެ އެހީގައި ހިންގާ “ޓްރާންސްފޯމް ޕްރޮޖެކްޓް” ގެ ދަށުން ކުރިއަށްގެންދާ ތަމްރީނު ކ...

ހޫތީން ޔަމަންގެ ސްޓްރެޓީޖިކް ސަރަޙައްދެއް ހިފައި، ތިންވަނައަށް އެންމެ ބޮޑު ސިޓީ ވަށާލައިފި
International

ހޫތީން ޔަމަންގެ ސްޓްރެޓީޖިކް ސަރަޙައްދެއް ހިފައި، ތިންވަނައަށް އެންމެ ބޮޑު ސިޓީ ވަށާލައިފި

ޔަމަނުގެ އަންޞާރުﷲ (ހޫތީ) ޖަމާޢަތުގެ ބާރުތަކުން އަލްޞަފިއްޔާ ސަރަޙައްދާއި އެ ސަރަޙައްދުގެ މުހިންމު ހައިވޭއެއް ހިފައި، ތާއިޒް ސިޓީއާއި ޢަދަން ގުޅުވައިދޭ މައި މަގު ބަންދުކޮށްފިއެވެ. މިއާއިއެކު ހޫތީން މިހާރު ތިބީ ޔަމަނުގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ތާއިޒް ވަށާލައި ޙިޞާރުކޮށްގެންކަމަށް ރިޕޯޓްތައް ބުނެއެވެ. އަސްކަރީ އަދި ސަލާމަތީ މަޞްދަރުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހޫތީން އަލްޞަފިއްޔާ ސަރަޙައްދު ކޮންޓްރޯލް ކުރުމާއެކު، ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ޔަމަނު ސަރުކާރުގެ ވަގުތީ ވ...

ނަރުދޫ ރައްޔިތުންގެ ބޮޑު ތަކުލީފަކަށް ނިމުން، ލެބޯޓަރީގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ނަރުދޫ ރައްޔިތުންގެ ބޮޑު ތަކުލީފަކަށް ނިމުން، ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ށ. ނަރުދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި މުހިންމު ޚިދުމަތް އެ ރަށުގައި ރަސްމީކޮށް ފައްޓަވައި ދެއްވީ، ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ އެވެ. މި ޚިދުމަތް ފެށުމަށްޓަކައި ނަރުދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޞިއްޙަތާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، ނަރުދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން ޞިއްޙީ މަރުކަޒުގެ އިސް ވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރަސްމިއްޔާތު ނިމުމަށްފަހު ވަޒީރު ޤީލާ ޢަލީ ވަނީ އަލަށް ޤާއިމުކުރެވުނު […]

ބުޅަލުގެ އާބާދީ ކޮންޓްރޯލްކޮށް ވެލްފެއާ ކަށަވަރުކުރަން "ޕްރޮޖެކްޓް ބައޯކަލޯ" އިފްތިތާހުކޮށްފި
Raajje

ބުޅަލުގެ އާބާދީ ކޮންޓްރޯލްކޮށް ވެލްފެއާ ކަށަވަރުކުރަން "ޕްރޮޖެކްޓް ބައޯކަލޯ" އިފްތިތާހުކޮށްފި

މަގުމަތީގައި އުޅޭ ބުޅަލުގެ އާބާދީ އިތުރުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، އާންމު ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އަމާޒުކޮށްގެން ހިންގާ ގައުމީ ފެންވަރުގެ މަޝްރޫއު “ޕްރޮޖެކްޓް ބައޯކަލޯ” މިއަދު ހުޅުމާލޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. “ރައްކާތެރި، ސާފުތާހިރު އަދި އޯގާތެރި މުޖުތަމައެއް” މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި، ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކާއި މަދަނީ ޖަ...

ކުޑަކުދިންނަށް ޚާއްސަކޮށްގެން އެމްއެމްއޭގެ ފިންލިޓް ފެސްޓް ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Business

ކުޑަކުދިންނަށް ޚާއްސަކޮށްގެން އެމްއެމްއޭގެ ފިންލިޓް ފެސްޓް ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި މާލީ ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޑަކުދިންނަށް ޚާއްސަކޮށްގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ “ފިންލިޓް ފެސްޓް 2026” ގެ ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް ބަހާލާފައިވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ގްރޭޑް 5 އިން 7 ގެ ކެޓަގަރީގެ އިތުރުން ގްރޭޑް 8 އިން 9 ގެ ކެޓަގަރީއެވެ. މި މުބާރާތުގައި ޑިޖިޓަލް...

ތިން ޖީލު އެކުގައި، ޕެންޝަން އޮފީހުގެ ''3ޖެން ވޯކް'' މިމަހު ހަނިމާދޫގައި
Raajje

ތިން ޖީލު އެކުގައި، ޕެންޝަން އޮފީހުގެ ''3ޖެން ވޯކް'' މިމަހު ހަނިމާދޫގައި

ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ “ތްރީ ޖެނެރޭޝަން ވޯކް” (3ޖެން ވޯކް) ގެ ހަތަރުވަނަ އެޑިޝަން، މި މަހުގެ 17 ވަނަ ދުވަހު ހދ. ހަނިމާދޫގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، މުޅި އާއިލާއަށް ހާއްސަކޮށްގެން ބާއްވާ ހިނގާލުމެކެވެ. މި ހަރަކާތަކީ ދުޅަހެޔޮކަމާއި މާލީ ރައްކާތެރިކަން އިތުރުކުރުމާއެކު، ފަހަށް ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުން އަދި ރިޓަޔާމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާމެދު އާއިލާގެ ހުރިހާ މެންބަރުންގެ މެދ...

ފުލުހުންގެ އައު ތަރުޖަމާނަކަށް އިންސްޕެކްޓަރ އަޙްމަދު ޝިޔާމް ހަމަޖައްސައިފި
Raajje

ފުލުހުންގެ އައު ތަރުޖަމާނަކަށް އިންސްޕެކްޓަރ އަޙްމަދު ޝިޔާމް ހަމަޖައްސައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް، ހަމަޖައްސަވައިފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި ޝިޔާމް މި މަގާމަށް ހަމަޖެއްސެވީ މިއަދު (4 އޮކްޓޫބަރު 2026) އިން ފެށިގެން ކަމަށެވެ. އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް މި މަގާމާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން ތަރުޖަމާނުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފްގެ ބަދަލުގައެވެ.  

ދަތިކުރުމުގެ ފިޔަވަޅުތަކުން ކަމެއް ހައްލެއް ނުވާނެ، ހައްލަކީ އިންސާފުވެރި މަޝްވަރާ: އީރާން
International

ދަތިކުރުމުގެ ފިޔަވަޅުތަކުން ކަމެއް ހައްލެއް ނުވާނެ، ހައްލަކީ އިންސާފުވެރި މަޝްވަރާ: އީރާން

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް އަސްކަރީ އެއްވެސް ހައްލެއް ނެތް ކަމަށާއި، އަދި އިތުރަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން މި ހަނގުރާމަ ހައްލު ނުކުރެވޭނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވެއްޖެއެވެ. ވޮޝިންގޓަނުން ތެހެރާނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވައި އޭނާ މިހެން ވިދާޅުވީ އާދީއްތަ ދުވަހުއެވެ. އީރާނުގެ ވެރިރަށް ތެހެރާނުގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އަރަޤްޗީ ވިދ...

ގްލޯބަލް ދުކާނުގެ ޕޭމަންޓްތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓުން ހަމަޖައްސައިދީފި
Business

ގްލޯބަލް ދުކާނުގެ ޕޭމަންޓްތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓުން ހަމަޖައްސައިދީފި

އިންޑިއާގެ އީ-ކޮމާސް މާކެޓްޕްލޭސް “ގްލޯބަލް ދުކާން” މެދުވެރިކޮށް ވިޔަފާރިކުރާ ދިވެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ތައާރަފުކޮށްފިއެވެ. މިއީ އޮންލައިންކޮށް ވިޔަފާރިކުރާ ދިވެހިންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި ޚިދުމަތެކެވެ. މޯލްޑިވްސް ޕޯސްޓުން ބުނި ގޮތުގައި، ކަސްޓަމަރުން ވިޔަފާރިކުރުމަށްފަހު ޗެކްއައުޓް ކުރާ ވަގުތު “ޕޭ ތުރޫ މޯލްޑިވްސް ޕޯސްޓް” އިޚުތިޔާރު ކުރެވޭނެއެވެ. އަދި އެތަ...

ކުދިންގެ އުނދަގޫ މިޒާޖުތައް މެނޭޖްކުރަން ދަސްކޮށްދޭ ޚާއްޞަ ސެޝަނެއް ކުޅުދުއްފުށީގައި؛ ރަޖިސްޓްރީވުން ހުޅުވާލައިފި
Thiladhunmathi News

ކުދިންގެ އުނދަގޫ މިޒާޖުތައް މެނޭޖްކުރަން ދަސްކޮށްދޭ ޚާއްޞަ ސެޝަނެއް ކުޅުދުއްފުށީގައި؛ ރަޖިސްޓްރީވުން ހުޅުވާލައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ މިޒާޖާއި އަޚްލާޤަށް އަންނަ ބަދަލުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ޚާއްޞަ ސެޝަނުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ސީ.އޭ.ޕީ.އެސް) ގުޅިގެން ކުރިއަށް ގެންދާ ސެޝަނެކެވެ. މި ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު 14 އަދި 15 ވާ ބުދަ އަދި ބުރާސްފަތި ދުވަހުއެވެ. މިއީ ބެލެނިވެރިންނާއި، ކުދިން ބަލަހައްޓާ ފަރާތްތަ...

ށ. އަތޮޅު ހޮސްޕިޓަލުގެ އައު ޚިދުމަތްތަކާއި އިމާރާތުގެ މަސައްކަތް ވަޒީރު ބައްލަވާލައްވައިފި
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލުގެ އައު ޚިދުމަތްތަކާއި އިމާރާތުގެ މަސައްކަތް ވަޒީރު ބައްލަވާލައްވައިފި

ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ، ށ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރެވިފައިވާ ޚިދުމަތްތައް ބައްލަވާލައްވައިފިއެވެ. މި ދަތުރުފުޅަކީ ށަވިޔަނި އަތޮޅުގެ ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، އައު ޚިދުމަތްތައް ތަޢާރަފުކުރުމުގެ މަޤްޞަދުގައި ކުރައްވާ ދަތުރުފުޅެކެވެ. ށ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މުވައްޒަފުންނާއި އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ އަތޮޅު ހޮސްޕިޓަލުތަކުގައި ސް...

ޝައްކުވެގެން ބަލައިފާސްކުރިއިރު އަތުން ފެނުނީ 57 ގްރާމްގެ މަސްތުވާތަކެތި
Raajje

ޝައްކުވެގެން ބަލައިފާސްކުރިއިރު އަތުން ފެނުނީ 57 ގްރާމްގެ މަސްތުވާތަކެތި

ހުޅުމާލެ ފޭސް 1 ގައި ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި ޒުވާނެއްގެ އަތުން 57 ގްރާމްގެ މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ރެއަރ، މުޙައްމަދު ޖައުޝް ޝުޖާޢު (22އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކުރީ ހުޅުމާލެ […]

2040 ގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި ދަސްވެނީންގެ ދައުރު ބޮޑު: ނައިބު ރައީސް
Raajje

2040 ގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި ދަސްވެނީންގެ ދައުރު ބޮޑު: ނައިބު ރައީސް

ދަސްވެނީންނަށް ލިބިފައިވާ ޢިލްމާއި ހުނަރުގެ އަލީގައި ޤައުމަށް ބޭނުންތެރި ދާއިރާތަކަށް އީޖާދީ ވިސްނުންތައް ހޯއްދަވައިދެއްވުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރޭ ބޭއްވި ވިލާ ކޮލެޖުގެ “ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026” ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިޔުމަކީ އެންމެހާ ދިވެހި ރައްޔިތުންގެވެ...

ބޮޑު މޮޅަކާއެކު ނައިވާދޫ ފައިނަލަށް، ދެވަނަ ޖާގައަށް އިހަވަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުމެއް
Thiladhunmathi News

ބޮޑު މޮޅަކާއެކު ނައިވާދޫ ފައިނަލަށް، ދެވަނަ ޖާގައަށް އިހަވަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުމެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކަށް ފަހު، ނައިވާދޫން ފައިނަލުގެ ޖާގަ ކަށަވަރުކޮށް، ފިއްލަދޫ މުބާރާތުން ވަކިވެއްޖެއެވެ. މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ކަނޑިތީމާ ވާދަކޮށް ނައިވާދޫން ވަނީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި ކާމިޔާބީއާއެކު އެ ޓީމު މިހާރު ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ. […]

މާލޭ ގެއަކުން 1،700 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން އަތުލައިގެންފި
Raajje

މާލޭ ގެއަކުން 1،700 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން އަތުލައިގެންފި

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީއަކު، 1،700 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރުމާއި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ ޕެރުމަލް މަޔަވަން އަދި ސްރީލަންކާއަށް ނ...