ނޮޅިވަރަމުގައި ބާއްވާ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
ހދ. ނޮޅިވަރަމުގައި ބާއްވާ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ނޮޅިވަރަމް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ނޮޅިވަރަމް ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޕްރޮގްރާމަކީ މިނިސްޓްރީން ކުރިއަށްގެންދާ “ހަށިހެޔޮރާއްޖެ” ޕްރޮގްރާމްގެ ދަށުން ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމުގެ މަޤްޞަދުގައި ބާއްވާ ޕްރޮގްރާމެކެވެ. 18 އަހަރުންމަތީގެ ދެ ޖިންސުގެ ފ...