އައުޤާފް ކުންފުނީގެ އެމްޑީ އަކަށް ޔާމީން، ބޯޑު އެކުލަވާލައިފި
ދީނީ ކަންކަމަށް ހޭދަކުރުމަށާއި، މިސްކިތްތަކާއި ވަޤުފު ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށްޓަކައި “މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް” ވެރިން ޢައްޔަނުކޮށް އެ ކުންފުނީގެ ބޯޑު އެކުލަވާލައިފިއެވެ. އެ ކުންފުނީގެ އެމްޑީ އަކަށް ހަމަޖައްސާފައި ވަނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީކަން ކުރިން ކުރެއްވި ޔާމީން އިދުރީސް އެވެ. އަދި އެކުންފުނީގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ އައްސައިޚް ޢިއްޒުއްދީން އަދުނާނެވެ. އެ ކުންފުނީގެ ބޯޑު މެމްބަރަކުންގެ ގޮތުގައި ހަމަޖެއްސި ބޭފުޅުން ހުސ...