Skip to main content
Editorial Archives

Explore News Archive

72 މިލިއަން ޑޮލަރަށް ރާއްޖެއިން ޕްރައިވެޓް ރަށެއް، އަގު ދެއްކެނީ ކްރިޕްޓޯ ފައިސާއިން
Business

72 މިލިއަން ޑޮލަރަށް ރާއްޖެއިން ޕްރައިވެޓް ރަށެއް، އަގު ދެއްކެނީ ކްރިޕްޓޯ ފައިސާއިން

ރާއްޖޭގައި ތަރައްގީކުރަމުން އަންނަ ބަކާރާ ހޮޓެލް އެންޑް ރެޒިޑެންސަސް މޯލްޑިވްސް އިން، ޕްރައިވެޓް ރަށެއް 72 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކަން ހުޅުވާލައިފިއެވެ. މި ރަށް ގަތުމުގެ މުއާމަލާތްތައް ހާއްސަކޮށްފައިވަނީ ޑިޖިޓަލް ކަރަންސީ ނުވަތަ ކްރިޕްޓޯ ފައިސާ ގެންގުޅޭ ފަރާތްތަކަށެވެ. މި ޕްރައިވެޓް ރަށް އޮންނަނީ ބަކާރާ މޯލްޑިވްސްގެ މައި ރަށުގެ ދެކުނު ކޮޅުގައެވެ. އަމިއްލަ ގޮނޑުދޮށަކާއި ފަރެއް އޮންނަ މި ރަށުގައި، ފުރިހަމައަށް ފަރުނީޗަރު ހަރުކޮށްފައިވާ ހަތަރު ކޮޓަރީގެ ހަތަރު ވިލާ ހިމެނެއެވެ. ކޮންމެ ވިލާއެއ...

ދުނިޔޭގެ ތެލުގެ މައި މަގު، ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނުގެ ބާރުގެ ދަށަށް
International

ދުނިޔޭގެ ތެލުގެ މައި މަގު، ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނުގެ ބާރުގެ ދަށަށް

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ދުނިޔޭގެ ހަކަތައިގެ އެންމެ މުހިންމު މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށް، އެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އީރާނުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް އިއުލާނުކޮށްފިއެވެ. އީރާނުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި އައިއާރްޖީސީން ބުނެފައިވަނީ، އެ ކަނޑުއޮޅި މިހާރު އޮތީ އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށެވެ. އައިއާރްޖީސީގެ އިސް އޮފިޝަލެއް ކަމަށްވާ އެޑްވައިޒަރު ބްރިގޭޑިއާ ޖެނެރަލް މުހ...

އުތުރުގެ ފުޓުބޯޅަ ތާރީޚު ބަދަލުކޮށްލާ ތާރީޚީ މެޗު ބަލާލަން ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ދަޢުވަތު!
Sports

އުތުރުގެ ފުޓުބޯޅަ ތާރީޚު ބަދަލުކޮށްލާ ތާރީޚީ މެޗު ބަލާލަން ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ދަޢުވަތު!

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބާއި، ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާ ތާރީޚީ މެޗު ދިއްދޫ ފުޓުބޯޅަ ދަނޑުން ބަލައިލުމަށް، ބޮޑުތިލަދުންމަތީގެ އެންމެހައި ރައްޔިތުންނަށް ދިއްދޫ ކައުންސިލުން ދަޢުވަތު އަރުވައިފިއެވެ. މިއީ ރާއްޖޭގެ އެންމެ މޮޅެތި ޓީމުތައް ވާދަކުރާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގެ މެޗެއް ވެރިރަށް މާލެއިން އުތުރުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ މުޅި ބޮޑުތިލަދުންމައްޗަށް […]

ޣައްޒާގެ ފޭލިގެއަކަށް އިސްރާއީލުން ހަމަލާދީ މައުސޫމު މަންމަ ޝަހީދުކޮށްލައި، އާއިލާ ޒަޚަމްކޮށްލައިފި
International

ޣައްޒާގެ ފޭލިގެއަކަށް އިސްރާއީލުން ހަމަލާދީ މައުސޫމު މަންމަ ޝަހީދުކޮށްލައި، އާއިލާ ޒަޚަމްކޮށްލައިފި

ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގައި ޖަހާފައި ހުރި ފޭލިގެއަކަށް ބުރާސްފަތި ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ އަންހެނަކު ޝަހީދުވެ، އޭނާގެ ފިރިމީހާއާއި ދެ ދަރިން ޒަޚަމްވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ 10 އޮކްޓޫބަރު 2025 ގައި އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިއީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ގަތުލުއާންމަށް ތިން އަހަރު ފުރުނު ދުވަހުގެ އަނެއް ދުވަހެވެ. ތުރުކީވިލާތުގެ ބައ...

''އަތްމަތީގައިވާ މުދަލަކީ ވަގުތީ އަމާނާތެއް، އެއާ މެދު ޤިޔާމަތް ދުވަހު ސުވާލުވެވޭނެ''
Column

''އަތްމަތީގައިވާ މުދަލަކީ ވަގުތީ އަމާނާތެއް، އެއާ މެދު ޤިޔާމަތް ދުވަހު ސުވާލުވެވޭނެ''

މީސްތަކުންގެ އަތްމަތީގައިވާ މުދަލަކީ ވަގުތީ ގޮތުން ޙަވާލުކުރެވިފައިވާ އަމާނާތެއް ކަމަށާއި، ދުނިޔޭގައި ކޮންމެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭ ފަދައިން ޤިޔާމަތް ދުވަހު އެ އަމާނާތަކާ މެދު މާތް ﷲގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. “މުދަލަކީ މާތް ﷲގެ ޙައްޤެކެވެ” މި މަޢުޟޫޢަށް އިއްވި ޚުޠުބާގައި ވަނީ، މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވި އެއްޗެއް ނޫން ކަމަށާއި، އެއީ އިންސާނާއަށް ކުރިމަތިކުރައްވާފައިވާ އިމްތިޙާނެއް ކަމަށް ހަނދާ...

ސިޓީ ކުށްވެރިވި ނަމަވެސް ދޫކޮށެއް ނުލާނަން، މި ވަގުތު ބޭނުމީ އެއްބައިވަންތަކަން: ހާލަންޑް
Sports

ސިޓީ ކުށްވެރިވި ނަމަވެސް ދޫކޮށެއް ނުލާނަން، މި ވަގުތު ބޭނުމީ އެއްބައިވަންތަކަން: ހާލަންޑް

ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވި ކަމަށް ބުނެ 100 އަށް ވުރެ ގިނަ މައްސަލައިގައި މެންޗެސްޓާ ސިޓީ ކުށްވެރިވި ނަމަވެސް، މި ދަނޑިވަޅުގައި ކުލަބަށް އެންމެ މުހިންމީ އެންމެން އެކަތިގަނޑަކަށް ވެ އެއްބައިވަންތަކަން ދެއްކުން ކަމަށް އެ ޓީމުގެ ތަރި އާލިން ހާލަންޑް ބުނެފިއެވެ. މި މައްސަލައިގެ ނިންމުން ސިޓީން މިހާރު އިސްތިއުނާފު ކޮށްފައިވާއިރު، ހާލަންޑް ވަނީ ޓީމާއެކު ސާބިތުވެ ހުންނާނެ ކަމުގެ އިޝާރާތެއް ދީފައެވެ. މިނިވަން ކޮމިޝަނަކުން މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ، ނުވަ އަހަރު […]

އުތީމުން ޙާފިޡަކަށް ވާ ކޮންމެ ކުއްޖަކަށް ކައުންސިލުން 50،000 ރުފިޔާގެ އިނާމެއް
Thiladhunmathi News

އުތީމުން ޙާފިޡަކަށް ވާ ކޮންމެ ކުއްޖަކަށް ކައުންސިލުން 50،000 ރުފިޔާގެ އިނާމެއް

ހއ. އުތީމުން ޙާފިޡަކަށް ވާ ކޮންމެ ކުއްޖަކަށް ކައުންސިލްގެ ފަރާތުން 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަމާ ގުޅޭގޮތުން އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، ކައުންސިލްގެ އަމާޒަކީ ޤުރްއާނަށް އަޙުލުވެރި މުޖުތަމަޢެއް ބިނާކުރުން ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ރަށުގައި ޙާފިޡުން އުފެއްދުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ކީރިތި ޤުރްއާނާ ބެހޭ […]

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު އައިހަމް އަށް، އެންމެ މޮޅު ދެވަނަ ރީޖަނަލް ކްލަބަކަށް ދިއްދޫ
Sports

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު އައިހަމް އަށް، އެންމެ މޮޅު ދެވަނަ ރީޖަނަލް ކްލަބަކަށް ދިއްދޫ

ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހއ. އުތީމަށް ނިސްބަތްވާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް ހޯދައި، އެންމެ މޮޅު ރީޖަނަލް ކްލަބުގެ ދެވަނަ މަގާމު ހއ. ދިއްދޫ ސްޕޯޓްސް ކްލަބުން ހާސިލުކޮށްފިއެވެ. މި އެވޯޑުތައް ހަވާލުކޮށްފައި ވަނީ ހުޅުމާލޭގެ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ގެ ހަފުލާގައެވެ. އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު ހޯދި އައިހަމް […]

ހާޓްއެޓޭކެއް ޖެހުމުން މަދޫރޯގެ އަނބިކަނބަލުން ގޭބަންދަށް ދޫކޮށްލަން އެދުމުން އެމެރިކާއިން ދެކޮޅު ހަދައިފި
International

ހާޓްއެޓޭކެއް ޖެހުމުން މަދޫރޯގެ އަނބިކަނބަލުން ގޭބަންދަށް ދޫކޮށްލަން އެދުމުން އެމެރިކާއިން ދެކޮޅު ހަދައިފި

ހައްޔަރުކޮށްފައިވާ ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ އަނބިކަނބަލުން ސިލިއާ ފްލޯރެސްގެ ސިއްހީ ހާލުކޮޅު ޖަލުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ބުނެ، އޭނާ ގޭބަންދަށް ބަދަލުކޮށްދިނުމަށް ވަކީލުން އެދިވަޑައިގަތުމުން އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން އެކަމާ ދެކޮޅު ހަދައިފިއެވެ. ކޯޓަށް ހުށަހެޅި ލިޔުންތަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕްރޮސެކިއުޓަރުން ދެކޮޅު ހަދަނީ އޭނާ ފިއްލަވައިގެން ވަޑައިގެންފާނެ ކަމުގެ ބިރަށެވެ. އުމުރުން 69 އަހަރުގެ ފްލޯރެ...

އެންމެ މޮޅު ރެފްރީއަކަށް ސިނާން
Sports

އެންމެ މޮޅު ރެފްރީއަކަށް ސިނާން

ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ އެވޯޑް ހއ. ވަށަފަރަށް ނިސްބަތްވާ ސިނާން ހުސައިން ހޯދައިފިއެވެ. ހުޅުމާލޭގެ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ގެ ހަފުލާގައި، ސިނާން މި އެވޯޑާއި ހަވާލުވެފައިވާއިރު، އެންމެ މޮޅު ރެފްރީގެ މަގާމު އޭނާ ހޯދާފައިވަނީ ޖާވިޒު މުހައްމަދާއި ޝާތިރު އަބްދުﷲ އާ ވާދަކޮށްގެންނެވެ. މި ހަފުލާގައި ފާއިތުވި ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް ހއ. އަތޮޅަށް ނިސްބަތްވާ ކުޅުންެތެރިއެކެވެ. އެ […]

ނިރުބަވެރި ހަމަލާއެއް ދޭން އުޅުނު ކަމުގެ ދައުވާ ސާބިތެއް ނުވި؛ ސަބަބަކީ ފޯނު ޑޭޓާއަށް އުފެދުނު ޝައްކު!
Raajje

ނިރުބަވެރި ހަމަލާއެއް ދޭން އުޅުނު ކަމުގެ ދައުވާ ސާބިތެއް ނުވި؛ ސަބަބަކީ ފޯނު ޑޭޓާއަށް އުފެދުނު ޝައްކު!

ތ. ތިމަރަފުށީގައި އޮޕަރޭޓްކުރަމުންދިޔަ، އައިސިސް ޖަމާއަތަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން ދިވެހިރާއްޖޭގައި ޓެރަރިސްޓް (ނިރުބަވެރި) ހަމަލާއެއް ދޭން ރޭވި ކަމަށް ބުނެ ކުރި މައިގަނޑު ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ކޯޓުން އެ ދައުވާތައް ސާބިތުނުވާ ކަމަށް ނިންމި މައިގަނޑު ސަބަބަކީ ހެއްކެއްގެ ގޮތުގައި މައްސަލައަށް ހުށަހެޅި މޮބައިލް ފޯނަކުން ނެގި ޑޭޓާގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިފައިވުމެވެ. މި މައްސަލައިގައި ދައުލަތުން ޖުމްލަ ހަތް ދައުވާއެއް ކޯޓަ...

އެމެރިކާއަށް ބޮޑު ގެއްލުމެއް: އީރާން ހަނގުރާމާގައި 81 އަސްކަރީ ބޯޓު ހަލާކުވެ، ގެއްލުން 3 ބިލިއަން ޑޮލަރަށް
International

އެމެރިކާއަށް ބޮޑު ގެއްލުމެއް: އީރާން ހަނގުރާމާގައި 81 އަސްކަރީ ބޯޓު ހަލާކުވެ، ގެއްލުން 3 ބިލިއަން ޑޮލަރަށް

އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމަ، “އޮޕަރޭޝަން އެޕިކް ފިއުރީ” ގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާގެ 81 މަތިންދާބޯޓާއި ޑްރޯން ހަލާކުވެ ނުވަތަ ގެއްލުން ލިބިފައިވާ ކަމަށް ކޮންގްރެޝަނަލް ރިސާޗް ސާވިސް (ސީއާރްއެސް) އިން އާންމުކުރި ރިޕޯޓެއްގައި ބުނެފިއެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު މި އޮޕަރޭޝަން ފެށި ފަހުން ލިބުނު މި ގެއްލުންތައް މަރާމާތު ކުރުމަށާއި އަލުން ހޯދުމަށް ގާތްގަނޑަކަށް 1.9 ބިލިއަން ޑޮލަރާއި 3.3 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ […]

''ޓެމޫ ފަދަ ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭނަން، ރެއާ ދުވާލު މިއުޅެނީ އެކަމާ''
Raajje

''ޓެމޫ ފަދަ ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭނަން، ރެއާ ދުވާލު މިއުޅެނީ އެކަމާ''

އޮންލައިންކޮށް ވިޔަފާރިކުރުމުގައްޔާއި ޚާއްސަކޮށް ޓެމޫ މެދުވެރިކޮށް ތަކެތި ގަތުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ރައްޔިތުންގެ އަޑު” ސިލްސިލާ ޕްރޮގްރާމްގައި ބައިވެރިވި އާންމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. “ރައްޔިތުންގެ އަޑު” ސިލްސިލާގައި މި ހަފުތާގައި ކުރިއަށް ގެންދެވީ މި ސިލްސިލާގެ ނުވަވަނަ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގައި ބައިވެރިވި އާންމު...

މަކުނުދޫ މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނުނެއްޓުމަށް އިލްތިމާސްކޮށްފި
Raajje

މަކުނުދޫ މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނުނެއްޓުމަށް އިލްތިމާސްކޮށްފި

ހދ. މަކުނުދޫގެ އެކި މަގުތަކާއި ގޯޅިތަކުގައި ހަރުކުރެވިފައިވާ، މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނައްޓަމުންދާތީ، އެކަން ނުކުރުމަށް އެ ރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މި ކަމާގުޅިގެން ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނެއްޓުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމެއްކަމަށެވެ. އަދި އެ ގޮތަށް ބައްތިތަކުގެ ކަވަރުތައް ނެއްޓުމުގެ ސަބަބުން، ބައްތީގެ އެތެރޭގައި ހުންނަ ކަރަންޓު ނަރުތައް ބޭރަށް ހާމަވުމުން، މަގުމަތިން ހިނގާބިނގާވެ އުޅޭ މީހުންނާއ...

ހޫނުމިން މައްޗަށް ގޮސް ބާރަށު ކަނޑޫފަލުން ގިނަ އަދަދެއްގެ މަސް މަރުވެއްޖެ
Thiladhunmathi News

ހޫނުމިން މައްޗަށް ގޮސް ބާރަށު ކަނޑޫފަލުން ގިނަ އަދަދެއްގެ މަސް މަރުވެއްޖެ

ހއ. ބާރަށު ދެކުނު ކަނޑޫފަލުގައި މަރުވެފައިވާ މަސްތައް ނަގައި ވަޅުލުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެ ރަށު ކައުންސިލުން ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ. ބާރަށު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، އެ ސަރަޙައްދުން ގިނަ ޢަދަދަކަށް މަސް މަރުވާން މެދުވެރިވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހޫނުމިން އިންތިހާއަށް މައްޗަށް ގޮސް، ކަނޑޫފަލުގެ ފެންގަނޑު ހިނދުމުގެ ސަބަބުންނެވެ. އެހެންކަމުން، މަރުވެފައިވާ މަސްތައް ނަގައި، ވަޅުލުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ގައި ފެށުމަށް ހަމަ...