ހުޅުމާލޭ ފިހާރައަކުން އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި އަތުލައިގެންފި
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ފިހާރައެއްގައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތަކާ ގުޅިގެން، އެ ފިހާރަ ބަލައިފާސްކޮށް އެފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މައުލޫމާތު ދައުރުވުމާ ގުޅިގެން އެ އިދާރާއިން އެކަން ބަލަން ފެށި ކަމަށެވެ. އެގޮތުން، […]