ކެންސަރު ދެނެގަތުމުގައި އިންގިލާބެއް ގެނައި ޕްރޮފެސަރ މަރިޔަމް، ކެންސަރ ރިސާޗް ޔޫކޭގެ އިސްވެރިޔަކަށް
ކެންސަރު ބަލި ހަށިގަނޑުގައި ބަދަލުވަމުން އަދި ފެތުރެމުންދާ ގޮތް ދެނެގަތުމުގައި ފާހަގަކޮށްލެވޭ ފަދަ އިންގިލާބީ ދިރާސާތަކެއް ކުރައްވާފައިވާ މުސްލިމް ޕްރޮފެސަރ މަރިޔަމް ޖަމާލް-ހަންޖާނީ، “ކެންސަރ ރިސާޗް ޔޫކޭ” ގެ ޗީފް ކްލިނިޝަންގެ މަގާމަށް ހަމަޖައްސައިފިއެވެ. މި މަގާމުގައި އޭނާ އިސް ދައުރެއް އަދާކުރައްވާނީ އެ ޗެރިޓީގެ ކްލިނިކަލް ރިސާޗްތައް ބައްޓަންކުރުމަށާއި، ކެންސަރުގެ ފަރުވާތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތަކުގައެވެ. ޕްރޮފެސަރ މަރިޔަމަކީ ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަރ އޮފް ކެންސަރ...