މެޗު ފެށުނުތާ އެންމެ 8 ސިކުންތު! ޖަރުމަނު ލީގުގެ ތާރީޚުގައި ވެސް ޖެހި އެންމެ އަވަސް ލަނޑު
ހޮނިހިރު ދުވަހު ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗު ފެށިގެން އެންމެ އަށް ސިކުންތުގެ ތެރޭގައި އޯގްސްބާގްގެ ރޮބިން ފެލްހައުއާ ލަނޑު ޖަހައި، ޖަރުމަނު ބުންޑެސްލީގާގެ ތާރީޚުގައި ވެސް މިހާތަނަށް ފެނުނު އެންމެ އަވަސް ލަނޑުގެ ރެކޯޑު ގާއިމުކޮށްފިއެވެ. ކުޅިވަރުގެ ތަފާސްހިސާބުތައް ދިރާސާކުރާ އިދާރާއެއް ކަމަށްވާ އޮޕްޓާ އިން ބުނީ، މިއީ 1963 ވަނަ އަހަރު ޖަރުމަނުގެ ފުރަތަމަ ޑިވިޝަން ވުޖޫދުވި ފަހުން، އެ ލީގުގެ ތާރީޚުގައި މިހާތަނަށް ކުޅުންތެރިއަކު ކާމިޔާބުކުރި އެންމެ އަވަސް ލަނޑު ކަމަށެވެ. […]