ކޮންމެފަދަ ހުށަހެޅުމެއް އަޔަސް އިންޓެގްރިޓީ ހިފަހައްޓަންވާނެ: އިހުސާން
ކޮންމެ މީހަކު ކޮންމެފަދަ ހުށަހެޅުމެއް ހުށަހެޅި ނަމަވެސް، އަމިއްލަ ނަފްސަށާއި، ދައުލަތަށާއި، ދީނަށް ތެދުވެރިވެ، އިންޓެގްރިޓީ ހިފެހެއްޓުމުގައި ސާބިތުވެ ތިބުމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ނަސޭހަތްތެރިވެވަޑައިގެންފިއެވެ . މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކުރިއަށްގެންދިޔަ “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ގެ ތިންވަނަ ބެޗް ދަސްވެނިވުމަށް މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި...