ޔަމަނުގައި ހުރި ހޫޘީންގެ ތެލުގެ މަރުކަޒަކަށް ސައޫދީން ވަރުގަދަ ހަމަލާއެއް
ސައޫދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ހަނގުރާމަވެރިންގެ ތެލުގެ މަރުކަޒަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މިއާއެކު، ސައޫދީއަށް އަމާޒުކޮށް ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހޫޘީން ބޮޑެތި ނަތީޖާތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ ސައޫދީން ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ޔަމަނުގެ ވެރިރަށް ސަންއާ ކައިރީގައި ހުންނަ ޔަމަން ޕެޓްރޯލިއަމް ކޮމްޕެނީގެ އަލް-ސަބާހާ ސެންޓްރަލް ފިއުލް ސްޓޭޝަނަށެވެ. އަސ...