ހޮސްޕިޓަލަށް ދާންވެސް ހިތްހަމަޖައްސާލަންވެސް މީހުން ކުއްޔަށް: ޗައިނާގައި އެކަނިވެރިކަން 7.4 ބިލިއަން ޑޮލަރުގެ ބޮޑު ވިޔަފާރިއަކަށް
ޗައިނާގައި އިތުރުވަމުން އަންނަ އެކަނިވެރިކަން ފިލުވައިދިނުމަށް މީހުން ކުއްޔަށް ހިފުމުގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެ، މިއީ 7.4 ބިލިއަން ޑޮލަރުގެ ބޮޑު ސިނާއަތަކަށް ބަދަލުވެއްޖެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި، އެކަނިވެރިކަން ފިލުވައިދޭނެ “ވަގުތީ ދަރިން” ކުއްޔަށް ހިފުމުގެ އިތުރުން، ބޮޑެތި ހޮސްޕިޓަލްތަކަށް މީހުންނާ އެކު ދިއުމަށާއި ފަރުބަދަތަކަށް އެރުމުގައި ބައިވެރިވުމަށް ވެސް މިހާރު އެ ގައުމުގައި ފައިސާ ދީގެން މީހުން ހޯދަ އެވެ. ބެއިޖިންގެ ރަށްބޭރުގައި ދިރިއުޅޭ އުމުރު...