ހިތާމަތައް ފޮރުވައިގެން ނުތިބެ ހިއްސާކުރޭ، ހޯމްލޭންޑް މިނިސްޓްރީން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަހުލުވެރިކޮށްފި
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި، މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ޤާއިމުކުރުމަށް އަހުލުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މުވައްޒަފުންނަށް ޚާއްޞަ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކުގައެވެ. މި ބައްދަލުވުމުގައި، އިންސާނާގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމާ ދެމެދުގައިވާ ގުޅުމު...