Skip to main content
Editorial Archives

Explore News Archive

ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި
Raajje

ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި

ނ. ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި އެވެ. ހޮޅުދޫގައި މި ފިޓްނަސް ސެންޓަރު ގާއިމުކޮށްފައިވަނީ އެ ރަށަށް ކުޅިވަރުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ މޫސާ އިބްރާހީމް އެވެ. ހޮޅުދޫ ރައްޔިތުންނަށް އެ ރަށުގައި ފިޓްނަސް ސެންޓަރެއް ހުޅުވިއިރު، މިއީ ނ. އަތޮޅުގައިވެސް އަމިއްލަ ފަރާތަކުން އިސްނަގައިގެން ފިޓްނަސް ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ. ހޮޅުދޫ ރައްޔިތުންނަށް ފިޓްނަސް ސެންޓަރެއް އެ ރަށުގައި ހުޅުވި މޫސަ ބުނީ މި ސެންޓަރަކީ ހޮޅުދޫގެ މުޖުތަމައަށް އެތަށް […...

"މަޖިލިސް ތަޅުން" ނުކިޔަން ރާޢީ އެދިއްޖެ
Parliament

"މަޖިލިސް ތަޅުން" ނުކިޔަން ރާޢީ އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގައި “މަޖިލިސް ތަޅުން” މި ލަފްޒު ބޭނުން ނުކުރަން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޢީ އިލްތިމާސް ކޮށްފި އެވެ. އިއްޔެ އޮތް ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިރީސް ހަވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ރާޢީ ވިދާޅުވީ “މަޖިލީހުގެ ތަޅުމަށް” މިލަފްޒަކީ މަޖިލީހުގެ ތެރޭގައި އޮތް ވަރަށް ދުވަސްވީ ސަގާފަތެއް ކަމަށާއި ނަމަވެސް “ތަޅުން” މި ލަފްޒު ބޭނުން ކުރުމުން ރައްޔިތުންގެ މަޖިލީހުގެ ކަރާމާތް ގެއްލޭ ކަމަށެވެ. ރާޢީ ވިދާޅުވީ […]

އުލިގަމުގައި ހަދަން އުޅުނު ހޮޓަލަށް ކުރި ހަރަދު ބަލަނީ
Raajje

އުލިގަމުގައި ހަދަން އުޅުނު ހޮޓަލަށް ކުރި ހަރަދު ބަލަނީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހއ. އުލިގަމުގައި ހަދަން އުޅުނު 100 އެނދުގެ ހޮޓަލާ ގުޅޭ ކަންކަމަށް ކުރި ހަރަދު ދެނެގަތުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ. މި ހޮޓާ ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީޑީސީއާ ހަވާލުކުރީ ފެބްރުއަރީ 27، 2007 ގަ އެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ކުރިއަށް ނުގެންދެވި އެންމެ ފަހުން ޖުލައި 21، 2015 ގައި ވަނީ އެ އެގްރީމެންޓް އުވާލައިފަ އެވެ. އެމްޓީޑީސީން އުލިގަމުގައި ތަރައްގީ […]

ބޮޑު ތިލަދުންމަތީގެ 8 ރަށެއްގެ މަގާއި ބަނދަރު ހެދުމަށް ކޮންސަލްޓެންޓުން ހޯދަނީ
News

ބޮޑު ތިލަދުންމަތީގެ 8 ރަށެއްގެ މަގާއި ބަނދަރު ހެދުމަށް ކޮންސަލްޓެންޓުން ހޯދަނީ

ބޮޑު ތިލަދުންމަތީގެ 8 ރަށެއްގެ މަގާއި ބަނދަރު ހެދުމުގެ ކޮންސަލްޓެންޓުން ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިޢުލާންކޮށްފިއެވެ. ފިނޭންސް އިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ހއ.ކެލާ، ހއ.އިހަވަންދޫ، ހއ.މޮޅަދޫ،ހދ. ހަނިމާދޫ، ހދ.ނެއްލައިދޫ، ށ.ނޫމަރާ ށ.ފޭދޫ އަދި ށ.ބިލެއްފަހީގެ ހާބަރު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ހދ.ހަނިމާދޫ ހާބަރު އަދި މަގު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް އިޢުލާން ކުރާ ކަމަށެވެ. އަދި މިމަސައްކަތްތައް ކުރުމަ...

ހއ އިން މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Sports

ހއ އިން މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ހއ ޓީމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ އިން ގަޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، 01 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ( އެފް.އޭ.އެމް ) އިން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިކައުންސިލްގެ ފަރާތުން ބައިވެރިވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި މުބާރާތުގައި މިކައުންސިލްގެ ޓީމަށް ކުޅެން ބޭނުންފުޅުވާ ފަރ...

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރެން އަންގައިފި
Raajje

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރެން އަންގައިފި

ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އަންގައިފި އެވެ. އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އެޑިއުކޭޝަންގެ ދަށުން ހިންގާ އިދާރާތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ސަރުކާރު ބަންދު ދުވަސްތަކާއި ހުކުރު ދުވަހު މަސައްކަތަށް ނެރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ގައުމީ މުނާސަބަތެއް ފާހަގަކުރަން އެ ސްކޫލަކަށް ހަވާލުކޮށްފައިވާ މަސައްކަތެއް ކުރަން ބޭނުންވާ މުވައްޒަފުން، މިނިސްޓްރީގެ ހުއްދ...

ޚަލީލާ އައިޔޫއެމްގެ ވައިސް ޗާންސެލަރު ކަމުން ވަކިކޮށްފި
News

ޚަލީލާ އައިޔޫއެމްގެ ވައިސް ޗާންސެލަރު ކަމުން ވަކިކޮށްފި

ހދ. ވައިކަރަދޫ ބުލޫހައުސް، އާއިޝަތު ޚަލީލާ ޢަބްދުއްސައްތާރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ވައިސް ޗާންސެލަރ ކަމުން ވަކިކޮށްފިއެވެ. އައިޔޫއެމްގެ ވައިސް ޗާންސެލަރ ކަމުން ކަލީލާ ވަކިކުރައްވާ އެމަޤާމް ދީފައިވަނީ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އަށެވެ. އަދި އެމަޤާމަށް ބޭފުޅަކު ހަމަޖައްސަވާފައިވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. ވައިސް ޗާންސެލަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅުން ހަމަޖައްސާފައިވަނީ، ގައުމީ ޔުނިވާސިޓީ އާއި އައިޔޫއެމްގެ ގާނޫނަށް ރައްޔިތުން...

ކުރިނބީ ސްކޫލުގެ ޕްރިންސިޕަލް ނެގުމުގައި ކޮރޮޕްޝަން ނުހިމެނޭ - އޭސީސީ
Thiladhunmathi News

ކުރިނބީ ސްކޫލުގެ ޕްރިންސިޕަލް ނެގުމުގައި ކޮރޮޕްޝަން ނުހިމެނޭ - އޭސީސީ

ކުރިނބީ ސްކޫލުގެ ޕްރިންސިޕަލް ނެގުމުގައި ކޮރޮޕްޝަން ނުހިމެނޭ ކަމަށް ދިވެހި ރާއްޖޭގެ އެންޓި ކޮރޮޕްޝަން ކޮމިޝަން، އޭސީސީ، އިން ނިންމައިފިއެވެ. އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހދ.ކުރިނބީ ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް 16 ޑިސެންބަރ 2018 ގައި ކުރެވުނު އިޢުލާނާ ގުޅިގެން އެ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނަގާފައިވާ ފަރާތް ނަގާފައިވަނީ ކޮރޮޕްޝަންގެ އަމަލެއްގެ ދަށުން ކަމަށް ހުށަހަޅާފައިވީނަމަވެސް، އެ ކޮމިޝަނުން ކުރި ތަޙްޤީޤުން މިފަދަ ކަމެއް ހާމަވެފައިނ...

ވައިކަރަދޫ ގަބުރުސްތާނު ވަށާ ފާރު ރޭނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

ވައިކަރަދޫ ގަބުރުސްތާނު ވަށާ ފާރު ރޭނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

‏ހދ.ވައިކަރަދޫ ގަބުރުސްތާން ވަށާފާރު ރޭނުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުންކޮށްފިއެވެ. ‏މިއެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރުއެވެ. އަދި ‏ވައިކަރަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް މެމްބަރު އިބްރާހިމް މުހައްމަދެވެ. ސޮއި ކުރުމުގެ މިރަސްމިއްޔާތުގައި ކައުންސިލްގެ ޑިރެކްޓަރ މުޙައްމަދު ރަބީޢުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ވައިކަރަދޫގެ ގަބުރުސްތާން ވަށާފާރު ރޭނުމަށް އެމަޝްރޫއަށް މިނިސްޓްރީގެ ފަރާތުން ތިންލައްކަ...

ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރަން މަޝްވަރާކޮށްފި
Raajje

ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރަން މަޝްވަރާކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތެރަޕީ ދިނުމުގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ އެކު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާ ކުރައްވައިފި އެވެ. ރައީސް އޮފީހުން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާނެ ކަން އެ ބައްދަލުވުމުގައި ނައިބު ފާހަގަކުރެއްވި ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީގެ ޚިދުމަތްތައް އޭގެ ތެރޭގައި ހިމެނި މުޅި ރާއްޖޭގައި ފަސޭހަކަމާ އެކު […]

މަސްވެރިކަމާ ބެހޭ ބިލު މަޖިލީހުން ބަލައިގެންފި
News

މަސްވެރިކަމާ ބެހޭ ބިލު މަޖިލީހުން ބަލައިގެންފި

މަސްވެރިކަމާ ބެހޭ ބިލު ރައްޔިތުން މަޖިލީހުން ބަލައިގަތުމަށް ފާސްކޮށްފި އެވެ. ސަރުކާރު ފަރާތުން ހއ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 72 މެންބަރުންގެ އިއްތިފާގުންނެވެ. އެއާއެކު އެ ބިލު އިގްތިސާދީ ކޮމިޓީއަށް ފޮނުވަން ވަނީ ނިންމާފައެވެ. ސަރުކާރުން ހާމަކުރިގޮތުގައި މި ބިލަކީ މަސްވެރިންގެ ޚިޔާލާއި އިހްސާސްތަކަށް ރިއާޔަތް ކުރެވިގެން، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖްރިބާކާރުންގެ އިރުޝާދާއި ލަފާވެސް ހިމެނިގެން...

ކަނޑާލި ފިނޮޅާއި ބީނާފުށި ސާފުކުރާ ހިތްވަރު ގަދަ ޓީމް
Report

ކަނޑާލި ފިނޮޅާއި ބީނާފުށި ސާފުކުރާ ހިތްވަރު ގަދަ ޓީމް

ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ވާހަކައަކީ ރާއްޖޭގެ އިތުރުން ބޭރުގެ ގިނަ ފަރާތްތަކުންވެސް ދައްކަމުން އަންނަ ވާހަކައެކެވެ. ދޮންވެލި ޗާލު ގޮނޑުދޮއްތަކާއި ފެހި ނަލަ ޖަންގަލިތަކުގެ ވާހަކަ އަބަދުވެސް ދެކެވެ. ނަމަވެސް މިޗާލުކަން ދެމި އޮންނާނީ އަޅުގަނޑުމެންގެ ބައެއް ކަންކަން އިސްލާޙްކޮށްގެނެއެވެ. މިގޮތުން މިފަދަ ތަންތަނަށް ކުނި އެޅުމަކީ މިހާރު ދިމާވެފައިވާ އަދި ޙައްލުކަން ޖެހިފައިވާ މައްސަލައެކެވެ. ކުނި އެޅުން މައްސަލައަކަށްވަނީ ކީއްވެ؟ ކުނިއެޅުން މައްސަލައަކަށްވާ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭ...

މުށު ތެރެއަށް ބާރު ލާން އުޅެނިކޮށް އެމްޑީޕީގެ ޕީޖީ ދެބައި ވެއްޖެ: ނަޝީދު
Raajje

މުށު ތެރެއަށް ބާރު ލާން އުޅެނިކޮށް އެމްޑީޕީގެ ޕީޖީ ދެބައި ވެއްޖެ: ނަޝީދު

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދުގެ މުށު ތެރެއަށް ބާރުތައް ލާން އުޅުމުގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ބައިބައި ވެއްޖެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މެންބަރު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، “އަންނިގެ މުށުތެރެއަށް ބާރުތައް ލާން ވެގެން ހަދަން އުޅުނު ސްޕަރ ކޮމިޓީ ކަންތަކުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ދެބައިވެ، ރައީސް ނަޝީދު އަތަށް ގޮވާ” ފައިވާ ކަމަށެވެ. Anni ge mushuthere ah baaru thah […]

ހދ. ނެއްލައިދޫގައި ފުޓްބޯޅަ މެޗެއް ހޫނުވެ، މާރާމާރީއެއް ހިނގައިފި
Sports

ހދ. ނެއްލައިދޫގައި ފުޓްބޯޅަ މެޗެއް ހޫނުވެ، މާރާމާރީއެއް ހިނގައިފި

ދ. ނެއްލައިދޫ ކައުންސިލް ކަޕްގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗު ހޫނުވެ، ހަމަނުޖެހުން ހިންގައިފި އެވެ. މިއަދު ހަވީރު އެރަށު ބޯޅަދަނޑުގައި ކުޅުނު މިމެޗުގައި ބައްދަލުކުރީ އެފްސީ ފްރެންޑްސް އާއި އެފްސީ ދުންމާރި އެވެ. ހަމަނުޖެހުން ހިންގީ ދެވަނަ ހާފުގައި ދެ ޓީމު 1-1 އެއްވަރުވެފައިވަނިކޮށް އެފްސީ ފްރެންޑްސް ޖެހި ގޯލެއް ހޫނުވެ އެވެ. އެއީ އޮފްސައިޑް ގޯލެއްކަމަށް ބުނެ ކުޅުންތެރިން ހަމަނުޖެހުން ހިންގަން ފެށީ އެވެ. އެކަމަކު ރެފްރީ ނިންމީ އެއީ ގޯލެއް ކަމަށެވެ. […]