ހަނިމާދޫގައި މަސް ނުވިކިގެން އުކާލާ: ޢަބްދުލްޣަފޫރު
ހދ. ހަނިމާދޫގައި މަސް ނުވިގެންް މަސް އުކާލާ ކަމަށް ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލިހަށް ހުށަހެޅުއްވި މަސްވެރިކަމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ރޭ މެމްބަރު ޢަބްދުލް ޣަފޫރު ވިދާޅުވީ ރާއްޖޭގެ އުތުރުގައި ވަރަށް ގިނައިން މަސްބާނާކަމަށާއި އެހެން ނަމަވެސް އެ ބާނާ މަސް ކިރޭނެ ނިޒާމެއް މިވަގުތު ހަމަޖެހިފައެއް ނެތްކަމަށެވެ. “މިފްކޯގެ ކުދި ބޯޓު ފަހަރު މަސްކިރާލާއިރ...