ދަރިފުޅު ސްކޫލަށް ގެންދިޔައީ ހެއްޔެވެ؟
ސްކޫލަށް ދިޔަމަގުމަތީ މިއަދު ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟ ދަރިފުޅުގެ ދުވަސް ހޭަދަކުރާނެ ގޮތުގެ ވާހަކަ ދެއްކިން ހެއްޔެވެ؟ އޭނާ މިއަދު އެންމެ “ލުކްފޯވަޑް” ކުރާ ކަމަކީ ކޮބައިކަން ބުނި ހެއްޔެވެ؟ ދަރިފުޅު ގޮވައިގެން ސްކޫލަށް ދާއިރު، އަތުގައި ހިފައިގެން ހިނގާލާފަ ދިޔުމަކީ ވަރަށް ސަޅިކަމެކެވެ. ދެމީހުންގެ މެދުގައި ލޯބި އިތުރުވެ އިތުބާރު ބޮޑުވެގެން ދާނެއެވެ. ދުވަސް ފަށާއިރު، ކުއްޖަކަށް އެންމެ ބޭނުންވާ އެއްކަމަކީ މިއަދު އޭނާއާއި ކުރިމަތިވާ ކަންތައްތަކާ ކުރިމަތިލުމުގެ ހިތްވަރެވެ. އަމިއްލަ ނަފްސުގެ މައް...