ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ: ސަލީމް
ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް މިހާތަނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރުކަން ކުރައްވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. މި މަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޫސުމާ ބެހޭ ހަޅުތާލުގެ ބައިވެރިންނާއެކު ބޭއްވުނު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އެންމެ ފުރަތަމަ ކާރބަން ނިއުޓްރަލް ގައުމަކަށް 2020 ވަނަ އަ...