ރަންގަލި ރިސޯޓުގައި ހުރި ފަރުމާއަކުން ދުނިޔެއަށް ބޮޑު މެސެޖެއް
ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ ބާގެ ސީލިންގުގައި އެލުވާފައިވާ ފަންނުވެރި ފަރުމާ ވަރަށް ރީއްޗެވެ. ފެންނަ ފެނުމަށްވެސް އެއީ މޮޅު އުފެއްދުމެއްކަން އެނގެއެވެ. ބުރަ މަސައްކަތެއްކަންވެސް ޝައްކެއް ނެތް މިންވަރަށް އެނގެއެވެ. އެހެންނަމަވެސް، މި ފަރުމާގެ ހުރިހާ ހަގީގަތެއް ނޭނގޭ ނޫންހެވެ. މި ތަފާތު ފަރުމާ އުފައްދާފައިވާ މީހަކީ، ޖޯން ކޭ. މެލްވިން އެވެ. މިއީ ދުނިޔޭގެ މަޝްހޫރު އިކޯ އާޓިސްޓެކެވެ. ދުނިޔޭގެ އެތަން މިތަނުގައި، އެކި ސީރީޒްގެ ގޮތުގައި އޭނާގެ އުފެއްދުންތައް އުފައްދާފައިވެއެވެ. މެލް...