އެމްއެންޔޫ އިން 800 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ، އެމްއެންޔޫ އިން 800 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެއެވެ. ރޭ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ބޭއްވި ހަފްލާގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްއާ ހަމައަށް ހިންގި ކޯސްތަކުން 868 ދަރިވަރުން ދަސްވެނިވިއެވެ. އޭގެ ތެރޭގައި 260 ފިރިހެނުން ހިމެނޭއިރު ދަސްވެނިވި އަންހެނުންގެ އަދަދަކީ 609 އެވެ. މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ވިޔަފާރިވެރިޔާ، އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ކުރިން އަދާކުރެއްވި ބަންދު އިބްރާހިމް ސަލީމްއެވެ. ޖަލްސާގައި ވާހަކަފުޅު...