ގޯލްޑެން ފުޓްސަލް ޗެލެންޖް 2019: ހދ އަތޮޅުގެ ޗެންޕިއަންކަން ނައިވާދޫ ހޯދައިފި
ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދިޔަ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިރޭ ހދ އަތޮޅުގެ ޗެންޕިއަންކަން ނައިވާދޫ ހޯދައިފިއެވެ. ފައިނަލުގައި މަކުނުދޫއާއި ބައްދަލުކުރި މެޗް 5-1 ނަތީޖާއަކުން ކާމިޔާބުކުރީ ނައިވާދޫއެވެ. ނައިވާދޫގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދީފައިވަނީ ޖާރޒީ ނަންބަރ 8 އަޙްމަދު ހަމީދުއެވެ. މުޙައްމަދު އަސްލަމް (7) އާއި މުޙައްމަދު ނާޝިދު ވަނީ ނައިވާދޫއަށް 2 ގޯލް ކާމިޔާބުކޮށްދީފައެވެ. މަކުނުދޫ ޓީމްގެ ހަމައެކަނި ގޯލް ކާމިޔާބް ކޮށްދިނީ ސައްމޫން އަބްދުﷲ (8) އެވެ. އެންމެ ގިނަގޯލް ޖެހި ކުޅުންތެ...