ކުޑަ ކުޑަ ކުއްޖާގެ ބޯޑުން ބުނެދެނީ ބޮޑު ބޮޑު ވާހަކައެއް
މި ދުވަސްވަރު އެންމެ އަޑުގަދަ ވާހަކައަކީ މިއީއެވެ. ގިނަ ބަޔަކު ދައްކަމުންދާ ވާހަކައަކީވެސް މިއީއެވެ. ފޭސްބުކް ސްޓޭޓަސްތަކުން ފެށިގެން ގޮސް، އިންސްޓަގްރަމް ސްޓޯރީގައިވަނީވެސް ހަމަ މި ވާހަކައެވެ. މީގެކުރިން، މި ވާހަކައަށް މި ވަރުގެ ސަމާލުކަމެއްވެސް ނުލިބެޔޭ ބުނުމަކީ ދޮގެއް ނޫނެވެ. ރާއްޖޭގައިވެސް، އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް، މި ދުވަސްވަރު ހަމަ މި ވާހަކައެވެ. އާނ އެކެވެ. “ކްލައިމެޓް ޗޭންޖް” ގެ ވާހަކައެވެ. “ކްލައިމެޓް އެކްޝަން” އާއި “ކްލައިމެޓް ސްޓްރައިކް” ގެ ވާހަކައެވެ. މޫސުމަށް އަންނަމު...